ހދ. ކުޅުދުއްފުށީގެ މަގެއް: މި ރަށުގައި 1400 ހައުސިން ޔުނިޓް އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
20 ފެބުރުއަރީ 2022 - 11:54
ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަމުން އަންނަ ކަމަށާއި އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. އަންނަ މާޗު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މި ފައިސާ ބަލައިގަންނާނީ މިނިސްޓްރީގެ ބަންޑޭރި ޕޭ މެދުވެރިކޮށެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީއަކީ 2.1 މިލިއަން ރުފިޔާ ކަމަށް ވާއިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. މި މަޝްރޫއުގެ ބީލަން ހުޅުވުން އޮންނާނީ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގަ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ ކުޅުދުފުއްޓަށް މިދިޔަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައި ވަނީ އެ ރަށުގައި 1،400 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 400 ޔުނިޓް އަޅަން ބަޔަކު ހޯދަން އިއުލާން ކުރިއިރު، މި އަހަރުގެ ބަޖެޓްގައި ވެސް އެކަން ހިމަނާފައިވެ އެވެ. އަދި ބާކީ 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ބޭރުގެ ބަޔަކާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
20 February 2022
ތިޔައިން ފުލެޓަކަށް މާލޭ މީހަކަށް ކުރިމަތި ލެވޭނެބާ!
ތިނަދޫކުއްޖާ
20 February 2022
ކުޅުދުއްފުޢްޓެކޭ އެއްގޮތަށް ތިނަދޫގައި ހައުސިން ޔުނިޓް އެޅުމާއި ގޯތި ދިނުމާއި ފުލެޓުއެޅުމަކީ ކޮންބައެއްގެ ޒިންމާއެއްހެއްޔެވެ. ބިންހިއްކަނީ ރައްޔިތުންނަށްޓަކައެވެ. ސަރުކާރުހޮވައި މިހުރިހާކަމެއް މިކުރަނީ ރައްޔިތުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށެވެ. އުޅޭނެތަނެއް ލިބުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެކެވެ.
އަހަންމާ
20 February 2022
ތި ގޮތައް މުޅި ޤައުމުގައި ތަންތަން ހެދުމުގެ ނަމުގައި ގާތް ރަހުމެތް ތެރިންނަށް އަންނަނީ ޕްރޮޖެކްޓްތައް ދެމުން . އެއްވެސް ވަރަކަށް އެއީ އެކަމަށް ޤާބިލް ބައެއްތޯވެސް ބަލާލުމެއްނެތި . ސަރުކާރުން އަހަރެއްގެ މައްޗަށް 3 ފަހަރު ލާރި ޗާޕްކޮށް މި ދެނީ މި ބުނާ ގާތްރަހުމެތެރިންނަށް . މިކަން ސީދާ މި ކުރަނީ 2023 ގެ އިންތިހާބު ކާމިޔާބުކުރުމުގެ ނިޔަތުގައި . މިހެން ހެދުމުން ޤައުމުގެ ކުރިމަގު އެއްކޮށް ފުޑޭނީނޫންބާ!
އިއްލަ ބޭ
20 February 2022
މިފޮޓޯ އިން ކުޅުދުއްފުށި މާލޭގެ ސަރަހައްދަކާ ވަރަށް ވައްތަރު
ހިންނަވަރޭ
20 February 2022
ރައީސް ޔާމީންގެ ތަރައްގީ
ކެނެރީ ނިޒާމް
20 February 2022
ހެހެހެހެ. މަމެން ހުށަހަޅާ ބިލުގައި އޮންނަނީ 30% ވޯޓުން އިންތިޚާބު ކާމިޔާބުކުރެވޭ ގޮތަށް. 65 މެމްބަރުންގެ ތެރެއިން އާޒިމަށް ލިބުނީ 25 ވޯޓް، އެއީ 38% ވޯޓް. އެހެންވީމާ، މަމެންގެ ހިސާބުން އާޒިމްވެސް މިވަނީ ޕީޖީ ގްރޫޕްގެ ލީޑަރކަމަށް އިންތިހާބުވެފަ. ވަރަށް ބޮޑަށް މަރުހަބާ. މިކަމުންވެސް ބަރުލަމާނީ ނިޒާމަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ވަރަށް ބޮޑަށް ހާމަވެއްޖެ. މަމެންގެ ކެނެރީ ނިޒާމުގައި ފްލެޓް އަޅާނީވެސް މަޖިލީހުން، އިތުރު ބަޔަކު ހޯދާކަށް ނުޖެހޭނެ
ޢަރުތަ
20 February 2022
އެބުނާ "%30" ގެ މުޅި މަޙްފޫމު އޮޅޭ ގޮތަށް ވާހަކަ ދެއްކީމަ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުން އަރާނެ، ކަން އޮތްގޮތަށް ބުނަން ނުކެރޭނަމަ އެއްޗެއް ނުބުނުން ބުއްދިވެރި.