ވިޔަފާރި / ބީއެމްއެލް

ތިން އާއިލާއަކަށް ބީއެމްއެލުން ހިލޭ ގެ އަޅައިދެނީ

ބީއެމްއެލް ހެޑް އޮފީސް--

އަސާސީ ބޭނުންތައް ފުއްދަން ދަތި ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދޭން ބީއެމްއެލުން ނިންމައިފި އެވެ.

އެ ގެތައް އަޅާނީ ބީއެމްއެލްގެ ހައުސިން ގްރާންޓުގެ ދަށުންނެވެ. އެ އެހީގެ ދަށުން އަޅާ ގެތަކަށް ބޭނުންވާ ފަރުނީޗަރު ވެސް ބޭންކުން ދޭނެ އެވެ.

އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށް ހުޅުވާލައިފަ އެވެ. ނޮމިނޭޓް ކުރަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު އަންނަ މަހުގެ 31ގެ ކުރިން [email protected] މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި، އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ގްރާންޓުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ބޭންކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ދަށުން އިއުލާން ކުރި ގްރާންޓެކެވެ. އަހަރީ ދުވަހާ ގުޅިގެން މުޖުތަމައަށް ފައިދާހުރި 12 ހަރަކާތެއް ހިންގާނެ އެވެ.

މިހާތަނަށް ބޭންކުް ފަށާފައިވާ ހަރަކާތްތަކުގެ ތެރޭގައި ސްކޮލާޝިޕް ފަންޑާއި ނޭޝަނަލް ލައިބްރަރީ ތަރައްގީ ކުރުމާއި އަލަށް ފަށާ ވިޔަފާރިތަކަށް ހާއްސަ ގްރާންޓް ހިމެނެ އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިކަދި

27 February 2022

ތި ބޭންކްގެ ސީ އީ އޯ އަށް ނޭގެނީތަ ތި ބޭންކްގެފައިސާޔަކީ ރައްޔިތުންގެ ފައިސާކަމެއް؟ ބޭންކްގެ ބޯޑުގަވެސް ވަރަށް ކޮރަޕްޝަން އޮތްހެންހީވެ. ކޮންމެސް އެއްޗެކޭ ކިޔާފަ ލާރިކޮޅު ތަޅާ ބުރުވަނީ.

The name is already taken The name is available. Register?

ކެެކކެކކެ

27 February 2022

މިއަށް ކިޔަނ ވެންމަސް ވެނަށް ކާނދިނުން. ވިސްނާލާ މި ބުނި އެއްޗެއްކަށް.

The name is already taken The name is available. Register?

ޕްރިމިއާ

27 February 2022

ރަނގަޅަށް ކޮށްދޭ ކަންކަން އެޕްރިޝީއޭޓް ކުރަންވާނެ، ނިކަމެތި ވަރަށް ގިނަ ބަޔަކަށް އުފާވެރި ކަމެއް މީ.

The name is already taken The name is available. Register?

ސުޕަލަންޓަން

27 February 2022

ކަލޭމެންނަށް އަހަރަކު ބިލިއަން ރުފިޔާ ފައިދާވާއިރުވެސް އެންމެ 3 ގޭދޯ ހަދާލެވެނީ ކީއްތަވާނީ އަހަރަކު 10 ވަރަކަށް ގޭ އަޅާލަދޭނަމަވެސް

The name is already taken The name is available. Register?

ރިހަބެ

27 February 2022

ހާސްނުވޭ، 3 ގެ އަޅާދިނަސް 10 ގެ ހަދާވަރަށް ފައިސާ ޚަރަދުކޮއްލާނެ.

The name is already taken The name is available. Register?

1828

27 February 2022

ތިގޮތަށް އަހަރަކަށް ގެއެއް އަޅައިދިން ނަމަވެސް ނިކަމެތި އާއިލާތަކަށް ފުދޭ ވަރެއްގެ ބޯހިޔާ ވަހިކަމެއް މިހާރު ހުންނާނީ ލިބިފައި. ބޭންކް ތަކުގެ ބުރާންޗްތައް މީހުންގެ ގޭގޭގައި ކުއްޔަށް ހިންގުމުގެ ބަދަކުގައި އަމިއްލަ ބިންތަކުގައި ހިންގާނަމަ މިފަދަ އެތައްކަމެއް ނިކަމެތި އާއިލާތަކަށް ބޭންކަށް ކޮށްދެވޭނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

27 February 2022

ސާބަހޭ ބީއެމްއެލް.ވަރަށް ރަނގަޅުކަމެއް.ވޭތުވެދިޔަ 40 އަހަރުތެރޭގަ ބޭންކުން ކުރާ އެންމެ ސަޅިކަމޭ ވެސް ބުނެވިދާނެ.

The name is already taken The name is available. Register?

ނޫމާނު.

27 February 2022

ބީއެމްއެލްއަކީ ކަސްޓަމަރުންނަށް އެހީތެރި އަޅާލާ ތަނެއްނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

27 February 2022

މިފަދަ ކަންކަންކުރާންވާނީ ދެމެހެއްޓެނިވި އަދި އޭގެ ރަނގަޅު ނަތީޖާ ނިކުންނަ ގޮތަކަށް. މިގޮތުން ކެލާ، ފިއްލަދޫ، ހަނިމާދޫ، ކާށިދޫ، ތުލުސްދޫ، ކުޑަހުވަދޫ، ތ. ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާ ހުރިހާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، ފަރެސްމާތޮޑާ އަދި އައްޑޫފަދަ ބިންބޮޑުރަށަކުން ބެންކަށް ގޯތިގަނެފައި ގޯތީގައި 4 ބުރިއަށް އިމާރާތްކޮށް ތިރީ ދެބުރިން އިންވެސްޓްމަންޓްގެ އަދި ލިބޭގޮތަށް ހަދާފައި މަތީ 2 ފްލޯރ 30 އަހަރަށް ހިލޭ ދެއްވާ.

The name is already taken The name is available. Register?

ނޫމާނު.

27 February 2022

ދީދީ ތިބުނާގޮތް ރަނގަޅު. އެކަމަކު ބެންކުން ތިކަން ތިގޮތަކަށް ނުކުރާނެ.

The name is already taken The name is available. Register?

ލުތުފީ

27 February 2022

މިއީ ވަރަށް އުފާވި ޚަބަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454