އެކްސިޑެންޓާ ގުޅިގެން ފަރުވާ ދެނިކޮށް ނިއާވި އައިމިނަތު އީމާން
01 މާޗް 2022 - 09:20
ހުޅުމާލޭގައި ބަންޕަރެއްގެ މައްޗަށް އެރިތަނުން ސައިކަލް ކަހާލައިގެން އާދިއްތަ ދުވަހުގެ ހަވީރު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު އައިމިނަތު އީމާން ވެންޓިލޭޓަރުގައި ބާއްވާފައި އޮންނަތާ ގިނައިރުތަކެއް ފަހުން މީގެ އިރުކޮޅެއް ކުރިން ނިޔާވެއްޖެ އެވެ.
އޭނާގެ މަރު އޭޑީކޭ އިން ކަށަވަރުކޮށްދެމުން ބުނި ގޮތުގައި، މަރުވީ މިއަދު ހެނދުނު 7:45ހާ އިރު އެވެ.
އިމާން މަރުވި ކަމަށް އިއްޔެ ހެނދުނު އަޑުތައް ފެތުރިފައި އޮތް ނަމަވެސް، އޭޑީކޭ އިން އިއްޔެ ބުނެފައި ވަނީ މަރުވި ކަމަށް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު 29 އަހަރުގެ އީމާން މަރުވި ވާހަކަތަކާ އެކު އޭޑީކޭ ދޮށަށް ދެ ފަހަރެއްގެ މަތިން އޭނާގެ އާއިލާ އާއި ރަހުމަތްތެރިން ޒިޔާރަތްކުރި އެވެ.
ނިރޮޅުމަގުން ދެވަނަ ފިޔަވަހީގެ ބްރިޖުތައް ކައިރީގައި ހިނގި އެކްސިޑެންޓުގައި ސައިކަލާ އެކު ވެއްޓި އަނިޔާވި އިމާންއަކީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލޭގެ ދާއިރާގެ މެމްބަރެވެ.
އެކްސިޑެންޓުގައި އަނިޔާވީ އީމާންގެ ބޮލަށެވެ. ހަށިގަނޑުގެ ބޭރުން އަނިޔާގެ ނިޝާނެއް ނެތަސް ބޯ ފަޅައިގެން ގޮސް އޭނާގެ ސިކުނޑި ވެސް ދުޅަވެފައި އޮތްއިރު އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.
އީމާންގެ ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލައި ވެންޓިލޭޓަރުން ނަގަން ނިންމީ އޭނާގެ ހާލަތަށް އެއްވެސް ބަދަލު އައިސްފައިނުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށްދެރަ
02 March 2022
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن
ހާމިދު ޝާހިދު
01 March 2022
އަހަންނަކީ ވަރަށް މަޑުން ދުއްވާ މީހެއް. އެކަމަކު ބާރަށް ދުއްވާ މީހުން ވައަތުން ލާފަޔާ ހުޅުނބުފަތެއްވަރު ދޭތެރެއެއް އޮތަސް ދެމިގަނެގެންދޭ. ވަރަށް ނުރައްކާތެރިކަމެއް. އެކަމަކު މިކަން ހުއްޓުވުމަށްޓަކާ ސައިކަލްތަކުގައި 50 އަށްވުރެއް މަތީ ސްޕީޑެއް ނުދެވޭގޮތަށް ޤާނޫނެއް ހަދާ ސްޕީޑު ލިމިޓްކުރުމަށް ސީލްއެއް ޖަހާ ހަރުކަން އަމުރު ކުރެވިދާނެ. އޭރުން މުއްގަނޑު ފެލިއަސް 50 އަށްވުރެއް މަތިނުވާނެ. ސަރުކާއި ފުލުހުން މަޖްލިސް މެމްބަރުން މިކަން ކުރަންލަސްވެއްޖެ.
ަްަިއައިޝާ
01 March 2022
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنމާތް اَللّٰهُ , މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮރަހްމަތް ލައްވައި ސުވަރުގެ މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
ނައީމް
01 March 2022
އެކްސިޑެން ކަން ނިމާގެން ނުވާނެ. ހަމަ މީހަކު އޭނަޔަށް އެޓޭކެތް ވެސް ކޮށް ފާ ނެތްނު.ފުލުހުން ތަހްގީގު ކުރަން ޖެހޭނެ.
ހަސަނު
01 March 2022
ބާރަށް ދުއްވުމަކީ ވަރަށް ހިތާމަވެރި ކަންކަން ދިމާވާކަމެއް.
ހައްސަ
01 March 2022
ހެލްމެޓް އަޅުއްވާ.
އެމްސް
01 March 2022
ޤަވާޢިދުން ދުއްވަން ފަށަންވީ، އެކަމަކު ދަގަނޑުދަހަނާ އެޅިޔަސް މަރުވާންވީމަ މަރުވާނެ!
މަންމަ
01 March 2022
އަހަރުމެން ގަވާއިދުން މަޑުން ދުއްވިޔަސް ބާރަށް ދުއްވާ މީހުން ގިނަ ނަމަ، މަޑުން ދުއްވާ މީހާއަށް ވެސް ސަލާމަތެއް ނޯންނާނެ. ވާރޭ ވެހިފައި އޮތް ދުވަހަކު މަޖީދީ މަގުން މީހަކު މާ ބާރަށް އަންނަ އަޑު އިވިގެން އޭނާ ދަންދެން އަހަރެން މަގުގެ އެއް ފަރާތުގައި މަޑުކުރީ. ބާރަށް އައި މީހާ ކަހާލައިގެން ވެއްޓި އޭނާގެ ސއިކަލު މާގޭ ސްކޫޓަރުގަ ޖެހުނީ. އެ ދުވަހު ހިތަށް އެރި ސަލާމަތެއް ނެތޭ.
ލުބްލާ2022
01 March 2022
އެޗްޑީސީ އާ ދެކޮޅަށް އާއިލާއިން ދައުވާކުރަން ޖެހޭނެ. އިއްޔެ ދުށިން ބަންޕަރު ތަކުކަ ކުލަލާން ތިއްބާ. ކޮންމެ ފަހަރަކު މިމީހުން ހޭލާނީ މީހަކު މަރުވީމަ. ދޫކޮއްނުލާތި. ދައުވާ ކޮއްފަ މިލިއަނުން މަރުގެ ބަދަލު ހޯދުމަށް ގޮވާލަން.
އެމްސް
01 March 2022
ބަމްޕަރު ޖުރިމަނާ ކުރަމާ؟ ރާއްޖޭގަ އިންޖީނުލީ އުޅަނދު ދުއްވާ ގިނަމީހުން ދުއްވަނީކީ ޤަވާޢިދަކުނެއް ނޫން، %1 މީހުން ލޯގަނޑުވެސް ބޭނުން ނުކުރޭ!
އެދައުވާ
01 March 2022
އެޗްޑީސީގެވެސް މައްސަލައެއްއެއީ ބަންޕަރުތަކުގައި ކުލަ ނުޖައްސާހުރުން. އެކަމަކު ހެލްމެޓް އަޅައިގެން މަޑުން ސައިކަލު ދުއްވަންޏަކާ މިކަހަލަ އެކްސިޑެންޓްތަކުގައި ނިޔާވުމުގެ ފުރުސަތު ކުޑަވާނެ.
ހަސަނުުު
01 March 2022
އެއްކަލަ އިހުމާލު ކިޔާ މީހާ ހޯދަންވީދޯ؟ އެކްސިޑެންޓް ވީމައި ގޯހީ މަގު! މަގު ހުރަސްކުރަނިކޮށް މީހެއް ގައިގައި ޖެހުނީމައި ގޯހީ ޒިބްރާ ކްރޮސިންގ! ބްރިޖު މަތިން އެކްސިޑެންޓު ވީމައި ބްރިޖުމާ ކަތިކޮށް ހަދާފައި ހުރެގެން އެ ހެދި މީހުން.. އެންމެ ފުރަތަމަ ޒިންމާ ނަގަންވީ ތިމާ.. ތިމާ ބާރަށް ނުދުއްވަންވީ. އީމާންއަށް ދިމާވީ ދެރަގޮތެއް. އެކަމަކު ދެންވެސް މަގަށް އެއްޗިހި ގޮވައިގެން މިކަމުން ލިބޭނޭ އިބުރަތެއް ނެތް. އީމާންވެސް ބޭނުންވާނީ ބާރަށް ނުދުއްވާށޭ ބުނުން
ހާމިދު ޝާހިދު
01 March 2022
އެޗްޑީސީ އިންތޯ ކުލަ ނުޖައްސާ ހުރީ. ނޫނީ ކޮންސްޓްރަކްޝަން ކުންފުނިން ހޮޅި އަޅަން އުސްކޮށް ހަދާފައިވާ ބަންޕަރުގައި ކުލަ ނުލާ ހުރީތޯ! ކޮންމެ ގޮތެއްވިއަސް އެކަށީގެންވާ އާދައިގެ ސްޕީޑެއްގައި ހުރިނަމަ މިފަދަ ހާދިސާތައް މަދުކުރެވިދާނެ. އަދި ހުޅުމާލޭގައި ދިރިއުޅެ އާންމުކޮށް ދަތުރު ކުރާމީހަކަށް ބަންޕަރުތައް ހުރިތަންތަން އިނގޭނެ. ބެލެވެނީ އަވަހަށް ދާން ހަމަ ސްޕީޑް ހިފަހުރިއްޔޭ. ވަﷲ އައުލަމު. ފުރާނައަށް ސުވަރުގޭގެ ދާއިމީދާނެއް މިންވަރުކޮށްދެއްވާށިއެވެ.
ރަދީފްއޮފިޝިއަލް
01 March 2022
އީމާންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި.އާއިލާއަށް ލިބުނު ފުން ހިތާމައިގަ ބައިވެރިވަން.