ޚަބަރު / މަރު

ހާލު ދެރަވެ، އަރީޝާ ނިޔާވެއްޖެ

އަރީޝާ.

ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަނާއި ޝޯގްރީން ސިންޑްރޯމް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، އަރީޝާ އަބްދުﷲ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އާއިލާއިން ބުނީ އަރީޝާ، 23، ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެން ކަމަށެވެ.

އޭރު އާއިލާއިން މަސައްކަތް ކުރަމުން ދިޔައީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އޭނާ އިންޑިއާއަށް ގެންދިއުމަށް ތައްޔާރުވަމުންނެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފައާ އެކު 2017 ގައި އިންޑިއާއިން ހެދި ޓެސްޓުން ޔަގީންވީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް އަރީޝާ އަށް ޖެހިފައިވާ ކަމެވެ. އެއީ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ހަށިގަނޑު ބަލިކަށިކޮށްލާ ޝޯގްރީނެވެ.

އޭނާގެ ފިރިމީހާ، އަލީ ޝިފްރާޒް "މިހާރު" އަށް ކުރިން ބުނީ ގަވައިދުން ބޭސްތައް ކައި، ޓެސްޓުތައް ހަދަމުން މި ފަހަކާ ހަމައަށް އަރީޝާ އުޅެމުން ދިޔައީ އާދައިގެ ދިރިއުޅުމެއް ކަމަށެވެ. އޭނާގެ ހާލަތު ގޯސްވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ގަދައަށް ކެއްސައި، އަނގައިން ލޭ އަންނަން ފެށި ފަހުންނެވެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އެނގުނީ ނިއުމޯނިޔާ ޖެހިފައިވާކަމެވެ.

އެ ހާލަތު އިތުރަށް ގޯސްވީ މިދިޔަ ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އެ މަހުން ފެށިގެން އަރީޝާއަށް ދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

16 ކޮމެންޓް, 246 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 96%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1677

07 March 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އަރީޝާ އަބްދުﷲ ގެ އާއިލާއަށް މިލިބުނު ފުންހިތާމައިގަ ބައިވެރިވަން.

The name is already taken The name is available. Register?

ނަސީމް

06 March 2022

إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

0789

05 March 2022

إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

0000

05 March 2022

ހެޔޮ ރަހުމަތް ލައްވާށި. އާމީން

The name is already taken The name is available. Register?

ވަހީދު

05 March 2022

ހަޔާތުގެ ހުޅުކޮޅަކީ ކޮންމެ ވަގުތެއްގައި ވެސް ނިވިދާނެ ހުޅު ކޮޅެއް.

The name is already taken The name is available. Register?

ވަކަރުމީޙަ

05 March 2022

ތިކަންނޭގޭ މީހަކު އުޅޭނެހެނެއް ހިޔެއްނުވޭ. އާއިލާއަށް ކެއްތެެރިކަން ދެއްވާ އަޜީޝާއަށް ސުވަރުގޭގެ ނިއުމަތް ދެއްވާށި.

The name is already taken The name is available. Register?

120687

05 March 2022

މަރުހޫމާގެ ފުރާނަޔަށް ހެޔޮ ރަހުމަތް ލައްވައި، ޖަންނަތުލް ފިރްދައުސްގެ އަހުލުވެރިޔަކު ކަމުގައި ލައްވާށިއެވެ. ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އާމީން. ޔާ ރައްބް. ?

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 March 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އަރީޝާ އަބްދުﷲ ގެ އާއިލާއަށް މިލިބުނު ފުންހިތާމައިގަ ބައިވެރިވަން.

The name is already taken The name is available. Register?

އަހްމަދު އިބުރާހީމް

05 March 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون އަރީޝާ އަބްދުﷲ ގެ އާއިލާއަށް މިލިބުނު ފުންހިތާމައިގަ ބައިވެރިވަން.

The name is already taken The name is available. Register?

ށ.

05 March 2022

މަރުހޫމާގެ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާށި!

The name is already taken The name is available. Register?

ހުސެން ބެންގަލޫރު

05 March 2022

ދައުލަތުން ކަންކަމުގައި އިސްކަން ދޭންޖެހޭ ތަރުތީބު އޮޅި، ކިތައް ފުރާނަ މިދަނީ.. ހާދަ ދެރަވެއޭ... އާޢިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން..

The name is already taken The name is available. Register?

ޙުސައިންނާސިފް

05 March 2022

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454