ލައިފްސްޓައިލް / ކާޑުގެ ބާވަތްތައް

މި ކާއެއްޗެހިތައް ފްރިޖާ ދުރުގައި ބަހައްޓާ!

.

ކާއެއްޗެހި ފިނިކޮށްފައި ބެހެއްޓުމަކީ އެ ތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓޭނެ އެންމެ ރަނގަޅު އެއް ގޮތެވެ. ނަމަވެސް ފްރިޖުގައި ބަހައްޓަން ރަނގަޅު ނުވާނެ ބައެއް އެއްޗެއްހި ވެސް ހުރެ އެވެ.

މާ ފިނިކޮށް ބެހެއްޓުމުގެ ސަބަބުން ބައެއް ކާއެއްޗެއްސަކީ ވަރަށް އަވަހަށް ނުބައިވެ، ބޭނުންކުރަން ރައްކާތެރި ނޫން އެއްޗެއްސަށްވެ އެވެ.

ލޮނުމެދު

.

މާ ގިނައިން ވައިގެ ތެތްކަން ލިބި ފިނިވުމުގެ ސަބަބުން ލޮނުމެދު ވަރަށް އަވަހަށް ހަލާކުވެ އެވެ. އެކަމަކު ލޮނުމެދުގެ ތޮށި ފިލުވާފައި، ވަކިކޮށް ތައްޓަކަށް އަޅައި ބަންދުކޮށްފައި ފްރިޖަށް ލައިފި ނަމަ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ އެވެ. ލޮނުމެދުގެ ތޮށި ނުފިލުވާ ބަހައްޓާ ނަމަ، އެންމެ ބުއްދިވެރި ގޮތަކީ އަވި ނުދޭ ހިސާބެއްގައި ބަދިގެތެރޭގައި ބެހެއްޓުމެވެ.

އެކި ކަހަލަ ނަޓްސް

.

ކެޝޫނަޓް އާއި ޕިސްޓާޝިއޯ ފަދަ ތަފާތު އެކި ކަހަލަ ބަދަނުގެ ވައްތަރުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބޭނުންކޮށް ހުސްކޮށްލަން ވިސްނާ ނަމަ، ފްރިޖުގައި ބަހައްޓަން އެންމެ ރަނގަޅެވެ. ނަމަވެސް ގިނަ ދުވަސް ވަންދެއް އެ ތަކެތި ރައްކާތެރިކޮށް ބަހައްޓަން ބޭނުންވާ ނަމަ، ވައި ނުވަންނާނެހެން ފުޅިއެއް ނުވަތަ ދަޅަކަށް އަޅާފައި ބަހައްޓާށެވެ.

މާމުއި

.

މާމުޔަކީ އަމިއްލަ ޒާތުގައި ގިނަ ދުވަސްވަންދެން ފިނިކޮށް ހުންނަ އެއްޗެކެވެ. އެހެންވީމަ ފްރިޖަށް އެ ފިނިކުރަން ލާންވީ އެއްވެސް ސަބަބެއް ނެތެވެ. ފްރިޖަށް ލުމުން ވަރަށް އަވަހަށް މާމުއި ސަކަރާތްވެ އެވެ. މާމުއި ފްރިޖަށް ލުމުން އޭގައި ހުންނަ ގުދުރަތީ ހަކުރުގެ ބާވަތްތައް ގަނޑުވެ، ކްރިސްޓަލައިޒް ވާން މެދުވެރިވެ އެވެ.

ބަޓާނާ

.

ބަޓާނާ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ފްރިޖުގެ ވައިގައި ހުންނަ ތެތްކަމުގެ ސަބަބުން ބަޓާނާ އަކީ ވަރަށް ފަސޭހައިން ހަލާކުވާ އެއްޗެކެވެ. ބަޓާނާ އެއްވެސް ވަރަކަށް ނުފަޅާ ނަމަ، ފްރިޖަށް ނުލާށެވެ. އަދި ފްރިޖަށް ލާން ބޭނުންވާ ނަމަ، އެންމެ ރަނގަޅު ގޮތަކީ ބަޓާނާ ކިޔުބްކޮށް ކޮށާލުމަށް ފަހު، ޒިޕްލޮކް ކޮތަޅަކަށް އަޅައި ބަންދުކޮށްލާފައި ލުމެވެ.

ޕާން

.

ޕާނަކީ ވަރަށް އަވަހަށް ބޭނުންކޮށްފައި ހުސްކޮށްލަން ޖެހޭ އެއްޗެކެވެ. އެކަމަކު ޕާން ރައްކާކުރުމަށް ފްރިޖަށް ލައިގެން ފައިދާއެއް ނުވާނެ އެވެ. ފްރިޖަށް ލުމުން ޕާނުގެ ސްޓްރަކްޗާ އެއްކޮށް ބަދަލުވެ އެވެ. އޭގެ ސަބަބުން ޕާން ހަރުވެ، ފުނޑުފުނޑުވުން އެކަށީގެންވެ އެވެ.

6 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 27%
icon angry icon angry 18%
icon wow icon wow 18%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު123

11 March 2022

ޕިސްތާ: ނ. ފެހިކުލައިގައި ހުންނަ ކުދި ބަދަނެއް. މީގެ ތޮށީގަނޑު ހަރުވާނެއެވެ. ކަޖޫ: ނ. ފުށެތިކާލު އަނބު. ފުށެތިކާލުއަނބު: ނ. ކެޖޫނަޓް. ފުށެތިކާލުއަނބުއޮށުމަދު: ނ. ކަޖޫމަދު. ދިވެހިނަން ހުންނަ އެއްޗެއްސަށް އެ ބަސްތައް ބޭނުންނުކުރަނީ ކީއްވެބާ.

The name is already taken The name is available. Register?

ާއ.ސ

08 March 2022

ލިޔުމުގައި މާބޮޑު އޮއްޓަރެއް ހުރިކަމަކަށް ނުފެނޭ… ނަޓްސް އެބަހުރި މިހާރުވެސް ފްރިޖްގަ، މަހަކަށް ވުރެ މާގިނަދުވަސްވީ އެކަމްް މިހާރުވެސް ވަރަށް ރީތިކޮއް ހުރީ…

The name is already taken The name is available. Register?

ށަވިޔަނި

06 March 2022

ތިބުނި އެއްވެސް ބާވަތެއް ފްރިޖަށް ނުލަން. ލޮނުމެދު ޕޭސްޓް ލަން. ތި މައުލޫމާތަށްޓަކައި ޝުކުރިޔާ.

The name is already taken The name is available. Register?

ގުލްޒާރު

06 March 2022

ތެރަސް ފުރިޖަށްލާމީހުންވެސް އުޅޭ.

The name is already taken The name is available. Register?

ސިލިކޯން

06 March 2022

ފްރިޖުގައި ބެހެއްޓީމާ ގިނަ ދުވަސްތަކެއްވަންދެން ހަލާކުނުވެ ހުރޭ.

The name is already taken The name is available. Register?

މުޙައްމަދުޙޓ

11 March 2022

ކާބޯތަކެތި ހުންނަ އައިސްއަލަމާރިއަކަށް ސިލިކޯނާއި އެނޫންވެސް ކެމިކަލް އެއްޗެތި ލުމުގެ ފައިދާއަކީ ކޮބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454