ގޯލްކީޕަރު އިމްރާން މުހައްމަދު (ކ) އަދި ފޯވާޑް ސެންޓޭ: ދެ ކުޅުންތެރިން ވަނީ ނިއު ރޭޑިއަންޓަށް ސޮއިކޮށްފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޑިސެމްބަރ 2016 - 16:21
ނިއު ރޭޑިއަންޓުން 2013 ވަނަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބުކުރިއިރު މުުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އަލުން އެ ކްލަބާ ގުޅިއްޖެ އެވެ.
މިދިޔަ ދެ ސީޒަނުގައި މާޒިޔާ އަށް ކުޅުނު އިމްރާނާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ސެންޓޭ ނިއު އަށް ސޮއިކުރީ ސޯލްޓް ކެފޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ކްލަބް ވެލެންސިއާގެ އަކްރަމް އަބްދުލްގަނީ ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. މި ސީޒަނުގައި ނިކަމެތިކޮށް ފެނުނު ނިއު އަލުން ވަރުގަދަކުރަނީ އެ ކްލަބާ އަލަށް ހަވާލުވާ އެގްޒެކެޓިވް ބޯޑުންނެވެ. އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ބާއްވާ އިންތިހާބުގައި ކްލަބުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ. އަދި ބޯޑް މެމްބަރުންގެ ގޮތުގައި ވިޔަފާރިވެރިންތަކެއް އަންނާނެ އެވެ.
އީގަލްސް އިން ކެރިއަރު ފަށައި ވިކްޓަރީ އާއި ވީބީ އައްޑޫ އެފްސީ އަށް ވެސް ކުޅެފައިވާ އިމްރާން ނިއު އަށް މީގެ ކުރިން ކުޅުނީ 2012-2014 އަށެވެ. އިމްރާން ވަނީ އެ ތިން ސީޒަނުގެ ދިވެހި ލީގާއި ގައުމީ ފުޓްބޯޅަ މުބާރާތް އަދި 2013 ވަނަ އަހަރުގެ އެފްއޭ ނިއުގެ ޖާޒީގައި ކާމިޔާބުކޮށްފަ އެވެ. އަދި 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުން ނިއު ޖާގަ ހޯދިއިރު އިމްރާން ވަނީ މުހިއްމު ދައުރެއް އަދާކޮށް ކެޕްޓަން ބޭންޑް ވެސް އަޅައިފަ އެވެ.
މިއީ ސެންޓޭ ނިއު އަށް ކުޅޭ ތިން ވަނަ ފަހަރެވެ. އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.
ނިއު ދޫކޮށް މި ސީޒަނުގައި ޓީސީ އަށް ބަދަލުވެ ސެންޓޭ ވަނީ ކެރިއަރުގައި މިހާތަނަށް ދެއްކި އެންމެ މޮޅު ކުޅުން ދައްކައިފަ އެވެ. މި ސީޒަނުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދި ނަމަވެސް ޓީސީއާ އެކު ތަށްޓެއްގައި އަތްލެވޭ ގޮތެއް ނުވި އެވެ. ލީގުގެ ދެ ވަނަ އަށް ދިޔައިރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ވެސް ބަލިވީ އެވެ.
އެނގިފައިވާ ގޮތުގައި ނިއު އިން އަންނަނީ ސެންޓޭ އާއި އިމްރާނާ އެކު ކުރިން ނިއު އަށް ކުޅެ މި ސީޒަނުގައި ޓީސީގެ ޖާޒީގައި ފެނުނު އަހުމަދު އަބްދުﷲ (ލިލީ) ހޯދުމަށް ވެސް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
22 December 2016
ވަރަށް އުފާވެރިޚަބަރެއް މޮޅުވެވޭނީމޮޅުމީހުންނާއިއެކު. ހުސްދެރަމީހުންލައިގެން މޮޅެއްނުވޭނެއެއްނު.
އީގަލްސް
22 December 2016
މޮޅެތި ކުޅުންތެރިން އެއްޓީމަކަށް ގެނައުމަކީ މުޅި ދިވެހި ފުޓުބޯޅައަށް މޮޅު ތަކެއް ވާ ކަމެއްތަ ހެޕީވެގެން ފުމެ ނަގާވަރުގެ ؟؟؟...... ތިއުޅެނީ ވަކި ކުލަބެއް މޮޅު ނުކުރެވިގެން.. އަމިއްލަ އެދުމުން ގޮސް ފޯވެފަ.... ނިކަން ތި ޓިމުތަކުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން އެމީހުން މޮޅުކޮށްބަލަ.... ހީވާ ކަހަލަ މިކުރެވުނީ މާ މޮޅުކަމެކޭ... ނިކަން އީގަލްސް ގޮތަށް މޮޅެތި ކުޅުންތެރިން އުފައްދައިގެން ނެރެބަލަ !!!
އާރިފް
22 December 2016
ސުކުރިއްޔާ ޒިޔާދުސަރ
ނަޝީދު
21 December 2016
"އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ ބާއްވާ އިންތިހާބުގައި ކްލަބުގެ ރައީސްގެ މަގާމަށް ވަޑައިގަންނަވާނީ ދިވެހި ސިފައިންގެ ކްލަބުގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ." ދެން ކީއްކުރަންބާ އިންތިހާބެއް ބާއްވަނީ.. ރައީސް ކަމަށް އަންނާނެ މީހާ ނިމިފަ އިންދަ.
ސިޔާދުބެ
21 December 2016
މިވަރުގެ ދުވަހެއް އަންނާނެތަ؟ އެޅެ ބުނެބަލަ. މިވަރުގެ ދުވަހެއް އަންނާނެތަ؟ ހަމަ ހެޕީވަނީ. ހާދަ އުފާވެއްޖެއޭ ސިޔާދުބެ. އަދި އިތުރު ކުޅުންތެރިން ހޯދާނެ ކަމަށް ހޫކުރަން. ސިޔާދު، ގޯލްޑް ކޯސްޓް ސިޓީ
ތޭރާވާ
21 December 2016
ދެން ދަގަނޑޭ ޔާ ޕޮޕޯވް ގެނޭ .... ތީ ޕެކޭޖެއް ، މާޒިޔާ ދުވަސް ދުއްވާލާފަ މިހާރު ތިބެޗީ
ޢަލީ
22 December 2016
ދަގަނޑޭ ޢާ ޕޮޕޯފް ވެސް ގެނެވޭނެ މާޒިޔާ ފުޑާލާނަން
ޒިނަމް
21 December 2016
ސެންޓޭ އަކި މި ސީޒަނުގެ އެންމެ މޮޅު ކުޅުންެތެރިޔާ. ގުޑްލަކް ސެންޓޭ
ހޮހޯ
21 December 2016
މަށައް ހީވަނީ އިމްރާން ކެރިޔަރު ފެށީ ކުލަބް އީގަލްސް އިން