ޖޯސެފް--
31 މާޗް 2022 - 06:40
މަލަޔާލަމް ފިލްމު "ޖޯސެފް"ގެ ހިންދީ ރިމޭކެއް ހަދަން ނިންމައި، އެ ފިލްމުގެ ލީޑް އެކްޓަރަކަށް ސަނީ ޑިއޯލް ހަމަޖައްސައިފި އެވެ.
"ޖޯސެފް" އަކީ އެމް ޕަދްމާކުމާރު ޑައިރެކްޓްކޮށް، 2018 ގައި ނެރުނު ކްރައިމް ތުރިލާއެކެވެ. އެއީ ކުރީގެ އަނބިމީހާ މަރުވެފައިވާ ރިޓަޔާޑް ޕޮލިސް އޮފިސަރަކު ކުރާ ތަހުގީގަކުން ދިމާވާ އާދަޔާ ހިލާފު ކަންތައްގަނޑެއް ދިމާވާ ފިލްމެކެވެ. އެއީ އިންސާނުންގެ ގުނަވަންތަކުގެ ވަގުވިޔަފާރިކުރާ މައްސަލައެއް ފަޅާއަރާ ފިލްމެކެވެ.
ޖޯސެޕްގެ ޕޯސްޓަރެއް--
އެ ފިލްމުގެ ޝޫޓިންތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ.
އެ ފިލްމުގެ ޕްލޮޓް ހަމަ މަލަޔާލަމް ފިލްމެކޭ އެއްގޮތަށް ބައިންދަން ނިންމާފައިވާއިރު، ހިންދީ އޯޑިއަންސާ ގުޅޭ ބައެއް ބަދަލުތައް ގެންނާނެ އެވެ.
ސަނީ ޑިއޯލްގެ އިތުރުން އެ ފިލްމުން ދެން ފެންނާނީ އަނިލް ޝަރްމާ އާއި އަމީޝާ ޕަޓޭލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލް އޮސްކާ ވަލް ސްލްލެޕް
31 March 2022
ބޮލީވްޑު މީހުންނާހެދި ނެތް އެހެން ބަޔަކަށް ފިލްމެއް ހެދޭކަށް، ހަމަ އެއްޗެއް ހަދާލާއިރަށް އޭތި ކޮޕީކޮށްގެން އެއްޗެއް އެބަހަދާ. އެހެންވެ ކަންނޭގޭ އަހަރުމެންގެ ޓެޑްރީވެސް ފިލްމު ހެދުން އެހާލަހީ!