ލޯކަލް މާރުކޭޓުގައި ބަޔަކު ތަކެތި ގަންނަނީ. ކޮންމެ އަހަރެއްގެ ރޯދަ މަހަކު ކާބޯތަކެއްޗަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވޭ--ފޮޓޯ:ނިޝާން އަލީ|މިހާރު
02 އެޕްރީލް 2022 - 14:37
"ކަރާގެ އަގު ކިހިނެއް؟ ކޮޕީ ފަތުގެ އަގު އުޅެނީ ކިހިނެއް؟ ކުރުނބާ އެބަހުރިތަ؟" މިއީ މި ދުވަސްވަރު މާރުކޭޓަށް ވަނުމުން އެންމެ ގިނައިން އިވޭނެ އަޑެވެ.
ރޯދަ މަހު މާލޭގެ އެންމެ ބާރު ބޮޑު އެއް ސަރަހައްދަކީ ލޯކަލް މާރުކޭޓެވެ. ހެނދުނުން ފެށިގެން ހަވީރަށް އެތައް ބަޔަކު ލޯކަލް މާރުކޭޓަށް ގޮސް މޭވާ އާއި ތަރުކާރީ އާއި އެނޫން ވެސް ކެއުންތައް ތައްޔާރު ކުރަން ބޭނުންވާ ސާމާނު ގަނެވެ. އެހެން ރޯދަ މަސްތަކޭ އެއްގޮތަށް މިއަދުގެ މާރުކޭޓުން ސަރަހައްދުން ފެނުނީ ހަމަ އެ މަންޒަރެވެ.
ލޯކަލް މާރުކޭޓުގައި ގިނަ އަދަދެއްގެ ބާވަތްތައް މިއަދު ވެސް ލިބެން ހުއްޓެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިއާ އަޅާބަލާ އިރު، ގިނަ ގޮޅިތަކުގައި މޭވާ އާއި ތަރުކާރީގެ އެކި ބާވަތްތައް ވަރަށް ގިނައިން އެބަހުއްޓެވެ. މާރުކޭޓަކީ ދިވެހިން އުފައްދާ ބާވަތްތަކަށް ހާއްސަކޮށްފައިވާ ތަނެއް ނަމަވެސް މިހާރު ލޯކަލް މާރުކޭޓުން އިމްޕޯޓު މުދާ ވެސް ލިބެ އެވެ.
ރޯދަ އަށް އެންމެ ޑިމާންޑް ބޮޑު ކަރާ ކިލޯއެއް ލިބެން ހުރީ 20ރ. އަށެވެ. މީގެ ހަފްތާއެއް ކުރިން ކަރާ ކިލޯއެއް އުޅުނީ 15ރ. އާއި 18ރ. އާ ދެމެދުގެ އަގެއްގަ އެވެ. ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ މީހަކު ބުނީ، ވޭތުވެދިޔަ ދެ ދުވަހު ވެސް އެންމެ ގިނަ ބަޔަކު ގަންނަނީ ވެސް ކަރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކަރާގެ ޑިމާންޑު އިތުރު ވާނެ ކަމަށް އޭނާ ބުންޏެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކާ ކަރާތަކެއް: ކަރާ ކިލޯއެއް މި ވަގުތު އުޅެނީ 20ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ |މިހާރު
"މި ދުވަސްކޮޅު ސަޕްލައި ވެސް ރަނގަޅު. މިގޮތަށް ކަރާ ލިބެންޏާ 20ރ. ގައި އަގު ހިފަހައްޓާލެވޭނެ،" " އޭނާ ބުންޏެވެ.
"އެކަމަކު ހީވޭ ރޯދަ މަހު މެދަކާ ހަމައަށްދާ އިރު 25ރ. ކަރާގެ އަގު އަރާނެ ހެން."
ރޯދަ މަހު ކަރާގެ އިތުރުން އެންމެ ބޮޑު ޑިމާންޑެއް އިތުރުވާ އެއްކައްޗަކީ ކުރުނބަ އެވެ. ކުރުނބާ ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގަކަށެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ވިޔަފާރިވެރިޔަކު ބުނީ ރޯދަ މަހު ޖުމްލަކޮށް ހުރިހާ އެއްޗެއް ވެސް ގަންނަ ވަރު އިތުރާ ކަމަށެވެ.
ލޯކަލް މާރުކޭޓުގައި ގޮޅިއަކުން މީހަކު މުދާ ގަންނަނީ. އެހެން ދުވަސް ތަކެކޭ ހިލާފައް މި ދުވަސް ވަރު މާޒާރުމަތި ފެންނަނީ ހަލަބޮލިކޮށް.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"އާންމުކޮށް އާމްދަނީ ދެގުނަ ވާނެ. ދެން ރޯދަ މަސް ނިމުނީމަ އެނގޭނީ. އުންމީދު ކުރަނީ މިއަހަރު ރަނގަޅުވާނެ ކަމަށް،" އޭނާ ބުންޏެވެ.
މިއަހަރުގެ ރޯދައަކީ ކޮވިޑްގެ ހާލަތަށް ފަހު ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިންނަށް ވެސް ވިޔަފާރި ހަމައަށް އަޅުވާލަން ލިބުނު ފުރުސަތެކެވެ. އެހެންވެ ގިނަ ވިޔަފާރިވެރިން މިއަހަރުގެ ރޯދަ މަހަށް ކުރާ އުންމީދުތައް ބޮޑެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ބަޔަކު މިރުސް ގަންނަނީ، މިރުހުގެ އަގު މިއަދު އުޅެނީ ކިލޯއެއް 290ރ. އަށް--. ފޮޓޯ: ނިޝާން އަލީ | މިހާރު
މާރުކޭޓުގައި ދެން އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކޮފީ ފަތުގެ ތިން ފަތް ބޮޑިއެއް ލިބެނީ 10ރ. އަށެވެ. ލުބޯ ކިލޯއެއް އުޅެނީ 80ރ. އަށެވެ. ކަނޑޫދޫ މިރުސް ކިލޯއެއް އުޅެނީ 290ރ. އަށެވެ. މީގެ އިތުރުން ދޮންކެޔޮ ކިލޯއެއް 30ރ. އަށް ލިބޭ އިރު ކިއުކަމްބާ ކިލޯއެއް އުޅެނީ 25ރ. އަށެވެ.
ރޯދަ މަހު މަސް މާރުކޭޓުގައި މަހުގެ އަގުތައް އުފުލުން ފިޔަވައި، އަގުތަކަށް އައި މާ ބޮޑު ބަދަލެއް އަދި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
03 April 2022
ލުނބޮ އަކީ -/20 ރ އަށް ކިލޯ ލިބޭ އެއްޗެއް! ލޯކަލް މާރުކޭޓުގަ އެންމެ ގިނައީ ބިދޭސީން!
މުލޭ
02 April 2022
އަޅުހަނޑު ކަރާ ގަންނަން ދިޔައިރު ނަމުން ލޯކަލް މާރުކޭޓުގައި ހުރީ 25ރ އާއި 30ރ އާ ދެމެދު. އެއްގަމ7 ފިހާރަތަކުން 20ރ އަށްް ލިބުނު ކިލޯއެއް.
އަޖައިބުވާ
02 April 2022
މިދިވެހީންނަށް މިތިބީ ކިހިނެތްވެފަތަ. ؟ ރޯދަހިފަން ޖެހުމަކީ ގިނަބާވަތްތައް ކާންޖެހޭ ސަބަބެއްނޫން.
ކޮރަލް
02 April 2022
ޓީވީ ކައިރީގަ ހުރި ލޯކަލް މާރުކޭޓް ވަނީ ހައްދު ފަހަނަ އަޅާފަ އެވެ. ހުސް ބިދޭސީންނެވެ. ލޯކަލް މާރުކޭޓަށް ވުރެ އަގުތައް ބޮޑެވެ. ކިރާ ކައްޓާ ފެންނާކަށް ނުހުރެއެވެ. 100 ގްރާމް ބޭނުން ވެގެން ބުނީމަ 200 ގްރާމް ދޭނއެވެ. ދެން އޭގަ ނުހިފާ ސަލާމަތެއް ނުވެވޭނެ އެވެ. ދިވެހީން އުޅޭ ބާޒާރު ލޯކަލް މާރުކޭޓް އާއްމު މައްސަތަކުގަ 7 ޖަހާއިރު ބަންދު ކުރެ އެވެ. ޓީވީ ކައިރި މާރުކޭޓް 12 ޖަހާއިރ ވެސް ވިއްކަ ފާނެ އެވެ. އެއްވެސް ބަޔަކު އަޅަ އެއް ނުލަ އެވެ. ބިދޭސީންގެ ތަނެ
އަހައްމަދު.
02 April 2022
އަދިވެސް އެމީހުން ބަލަނީ އިންޑިޔާ އައުޓު ގޮވުމަށާއި އަދި އިންޑިޔާ އިން ކުރެވޭތޯ. ބޮނދުންތައް މިޤައުމު ހިފައިފި.
އަކަސަކަ
02 April 2022
މިރޭ ގޮސް ބަލާލިއިރު އެންމެ ފޭރެއް އެތާ ހުރީ 28ރ އައް.
އަސްލަުވެސް
02 April 2022
އަޅުގަޑުގެ އުމުރުން މިވީ 56 އަހަރު، މަދު އަހަރުތަކެއް ފިޔަވާ، އުޅެމުން މިއަންނަނީ މާލޭގަ، ކޮންމެ ރޯދަމަހަކީ، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް "އުފުލާ" އަހަރުތަކެއް އެކަމު، 2021 ގެ ރޯދަމަހަކީ އަޅުގަޑަށް އެންމެ ތިޔާގި ރޯދަމަސް!! އަޅުގަޑަކީ މެދުފަންތީގަ އުޅެމުން އަންނަ މީހެއްކަމުން، އެއްވެސް ކަމަކަށް ދަތިނުވެ، ރޯދަމަސް ނިޔާމަކަމާއެކު ނިންމާލެވުނު. އަޅުގަޑަށް ފެންނަގޮތުގާ އެކަންއެހެން އެވީ، ކޮންމެސް ބަޔަކު ކޮންމެސްކަމެއް ރަގަޅަށް ކުރީމަ.
ޚައިޜ
02 April 2022
ކަރާގެ އަގު އުފުލުނީ 25 %، މަހުގެ މެދުތެރޭ 56% އުފުލޭނެ ކަމައް ބެލެވެނީ. މިހާވަރަކަ އަގުތަ ރަގަޅުވާނީ.
ރަބަރޭ. .
02 April 2022
އަޅުކަމުގެ ދަރަޖަ އެއްވެސް މިންވަރަކަށް އުފުލުނުތަ ؟ ގައިމު އެއީ ބޭނުން މިންވަރަކަށް އުފުލަން ފުރުސަތު އޮތްކަމެއް.
އެނދިމަރިޔަނބު
02 April 2022
އެހެން ރޯދަމަސްތަކާ ބަލާއިރު އަގުތައް ހެޔޮ.
ރަދީފު ބިން ރަފައިދާ
02 April 2022
މަސްނިމެންދެން މިއަދުތަކުގާ ހިފާއްޓާލެވޭބާ؟
އަކަސަކަ
02 April 2022
ވަރައް ހީނުވޭ ތިހެން ތިކަން ވާނެހެން ކޮންމެސް ބޯޓެއް ކޮންމެވެސް ފަރަކައް އަރައަގެނޭ ކިޔާ އަގުބޮޑު ކޮއް ނުލާނެ ގޮތެއް ނޯންނާނެ.މީ އާދަކާދަ.