ރިޕޯޓް / އެމްއޭސީއެލް

ދެ އަހަރުގެ ތެރޭގައި ދެން ފެންނާނީ މުޅި މަންޒަރު ބަދަލުވެފައިވާ އެއާޕޯޓެއް!

"ރާއްޖޭގެ ނިސްބަތުން އެންމެ ކޮލިފައިޑް މީހުން މިތާނގައި އެބަތިބި. އެހެންވީމާ މި ފެންނަނީ އެ ބޭފުޅުންގެ ހިތްވަރު. މި ގަޑީގައި އަޅުގަނޑަށް ލިބެނީ ލީޑް ކުރުމުގެ ފުރުސަތު"

އެމްއޭސީއެލްގެ އެކްޓިން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވާއިރު އޭނާގެ އަރިހުގައި ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަން ހަސަން އަރީފް.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މީގެ ހަތަރު މަހެއްހާ ދުވަސް ކުރިން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމާ އިބްރާހިމް ތޯހާ ހަވާލުވެވަޑައިގަތުމާ އެކު، ސަރުކާރުން އެ ކުންފުނީގައި އެދުނީ އެ ވަގުތަށް ވެސް ދެ ކަމެއް ހައްލު ކޮށްދޭށެވެ. އެއް ކަމަކީ އެއާޕޯޓް ބިޒީވެ، ފްލައިޓްތައް މަތީގައި އުދުހޭ ވަގުތުތައް އިތުރުވެ، ގަޑިއަށް ފްލައިޓްތަކަށް ނުޖެއްސޭ މައްސަލަ ހައްލު ކޮށްދިނުމެވެ. އަނެއް ކަމަކީ އާ ވީއައިޕީ ޓާމިނަލް އަވަހަށް ބޭނުންކުރެވޭނެ މަގެއް ހޯދައިދިނުމެވެ.

އެކްޓިން އެމްޑީގެ ހައިސިއްޔަތުން ތޯހާ ދެއްވި އިރުޝާދުގެ ބޭނުން އެ ތަނުގެ މުވައްޒަފުން ވަރަށް ރަނގަޅަށް ހިފި އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރައްވާތާ 32 އަހަރު ވެފައިވާއިރު، ތަޖުރިބާގެ އަލީގައި، ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ތޯހާ ނެރެދެއްވި އެވެ. ކުރެއްވީ ކުޑަކުޑަ ކަމެކެވެ. އާ ރަންވޭ މި ވަގުތަށް ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ އެވެ. އެއީ ދުރުގައި ބަލަން ތިބި ބައެއް މީހުން ވެސް ބުނަމުން އައި އެއް ވާހަކަ އެވެ. ފްލައިޓްތައް އެއާޕޯޓަށް ޖެއްސުމާއި ފުރުން ޑިލޭވާ މައްސަލަ އަށް އޮތް ވަގުތީ ހައްލެވެ.

"އަޅުގަނޑުމެން ކުރިން ވެސް އައީ ސްޓަޑީތަކެއް ހަދަމުން، ތައްޔާރީތަކެއް ވަމުން. އެހެންވީމާ ބާ ރަންވޭ އަށް ޖައްސާފައި ބޯޓުތައް [މިހާރު] މި ފައިބަނީ އާ ރަންވޭ އަށް. ބޯޓުތައް މި ވެކޭޓް ކުރަނީ އާ ރަންވޭ އަށް. ވެކޭޓް ކުރުމާއެކު، ގާތްގަނޑަކަށް ތިން މިނިޓުން ބޯޓެއް ޖައްސާނެ. އެހެންވީމާ އެ ބައި [ރަންވޭ އިން ޖާގަ ނުލިބި ފްލައިޓްތައް ޖެއްސުން ލަސްވާ މައްސަލަ] މިހާރު ވެސް ގާތްގަނޑަކަށް ހައްލުވެފައި އެ އޮތީ،" ތޯހާ ވިދާޅުވި އެވެ.

"އަދި އާ ރަންވޭއާއެކު އެ އަށް ވުރެ ވެސް އެފިޝަންސީ އިތުރު ވެގެންދާނެ."

މީގެ ދުވަސްތަކެއް ކުރިން ފެނުނީ ފްލައިޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާއި ޑިލޭވުން ލަސްވެ، އެއާޕޯޓުގައި ފަސިންޖަރުން އެއްފަހަރާ ތޮއްޖެހި، އެތައް ބައެއްގެ ޝަކުވާތައް އިތުރުވި ތަނެވެ. އެންމެ ޕީކް ގަޑީގައި ނަމަ އެއްފަހަރާ ފަސް ފްލައިޓް ވެސް ރަންވޭ އަށް ނުޖެއްސިގެން މަތީގައި އުދުހިއުދުހި ތެޔޮ އަންދައިއަންދައި ތިބެން ޖެހުނެވެ. ނަމަވެސް މިހާރުގެ ހާލަތަކީ އެއާޕޯޓަށް ޖައްސަން އޮންނަ ޝެޑިއުލަށް ވުރެ ކުޑަތަންކޮޅެއް އަވަހަށް އަންނަ ފްލައިޓް ވެސް އެ ޝެޑިއުލަށް ވުރެ އަވަހަށް ޖެއްސުމެވެ. އެއާޕޯޓުން ޖާގަ ލިބެންދެން މަތީގައި އުދުހި، ތެޔޮ އަންދާ އެންދުން ގާތްގަނޑަކަށް ނިމުނީ އެވެ. އެއާއެކު، ފަސިންޖަރުންގެ ޝަކުވާ ވެސް ހުއްޓުނީ އެވެ.

"އަޅުގަނޑު މި އެއާޕޯޓްގައި މަސައްކަތް ކުރާތާ 32 އަހަރު މި ވީ. އެހެންވީމާ ކަންކަން ހައްލު ކުރުމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުންނާނެތާ. މި ހުންނަނީ ކުޑަކުޑަ ކަމަކުން ވެސް ހައްލު ކުރެވިދާނެ ކަންކަން."

ގަތަރު އެއާލައިންގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދަނީ: އެއާޕޯޓުން ޖާގަ ނުލިބިިގެން ޖެއްސުން ލަސްވާ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައި.

"އަޅުގަނޑު މި އެއާޕޯޓްގައި މަސައްކަތް ކުރާތާ 32 އަހަރު މި ވީ. އެހެންވީމާ ކަންކަން ހައްލު ކުރުމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުންނާނެތާ. މި ހުންނަނީ ކުޑަކުޑަ ކަމަކުން ވެސް ހައްލު ކުރެވިދާނެ ކަންކަން. ހަގީގަތުގައި މާ ބޮޑު ކަމެއް ނޫން އަޅުގަނޑުމެން މި ކޮށްލީ. ވަރަށް ކުޑަކުޑަ ކަމަކުން މައްސަލަ އެ ހައްލުވީ،" ތޯހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެކަން އެ ގޮތަށް ނިންމުމުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް ބެލި އެވެ.

"އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން ކޮމްޕްރޮމައިޒްޑް ކުރާނެ ކަންކަމެއް ނޫން."

ވައި ހުންނަ ގޮތުން ކޮންމެ ފްލައިޓެއް ވެސް ޖައްސަނީ ހުޅުލޭގެ ދެކުނު ކޮޅަށެވެ. އެންމެ ރަންވޭއެއް އޮތުމުން ކޮންމެ ފްލައިޓެއް ވެސް ހުޅުލޭގެ ދެކުނު ކޮޅަށް ޖެއްސުމަށް ފަހު އުތުރުކޮޅަށް ގޮސްފައި އަނެއްކާ އެނބުރި ދެކުނުކޮޅަށް ދާން ޖެހެ އެވެ. އެހެން ހަދަން ޖެހެނީ ފްލައިޓް ޕާކިން ވެސް އޮންނަނީ ހުޅުލޭގެ ދެކުނުކޮޅުގައި ކަމަށް ވާތީ އެވެ. ބޮޑު ފްލައިޓެއް ނަމަ އެ ހާލަތުގައި ރަންވޭ ހުސްކުރަން ހަތް މިނިޓް ނަގާއިރު ރަންވޭ އެއްކޮށް ހުސްނުކޮށް އެހެން ބޯޓަކަށް ޖާގައެއް ނުލިބޭނެ އެވެ.

އެމްއޭސީއެލްގެ އެކްޓިން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މަސައްކަތް ކުރައްވާތާ 32 އަހަރު ވެފައިވާއިރު، މި ވަގުތަށް ހުރި މައްސަލަތައް ހައްލު ކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވި.---ފޮޓޯ: ފަޔާޒް މޫސާ| މިހާރު

"އެކަމަކު އާ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި މިހާރު ބޭނުންކުރަން ފެށީމާ ވަރަށް އަވަހަށް ރަންވޭ އެބަ ހުސްވޭ. ހުސްވުމާ އެކު ޖައްސަން ބޭނުންވާ ބޯޓަށް ވަގުތުން ރަންވޭ އަށް އެބަޖެއްސޭ. އަދި ފުރަން ބޭނުންވާ ބޯޓުތަކަށް ގަޑިއަށް އެބަ ފުރޭ. ގަޑިއަށް އަންނަ ބޯޓުތަކަށް އެބަޖެއްސޭ،" ތޯހާ ވިދާޅުވި އެވެ.

އާ ރަންވޭ ރަސްމީކޮށް އޮކްޓޫބަރުގައި ބޭނުންކުރަން ފަށާނެ

އާ ރަންވޭ ރަސްމީކޮށް ބޭނުން ނުކުރެވި ލަސްވާ މައިގަނޑު ސަބަބަކީ އެ ތަނާ މާ ދުރު ނޫން ތަނެއްގައި މިހާރުގެ ޓީއެމްއޭގެ ސީ ޕްލޭން ޓާމިނަލް ހުންނާތީ އެވެ. ޓީއެމްއޭގެ ބައެއް ފެސިލިޓީތައް ގާއިމުކޮށްފައި ވަނީ އާ ރަންވޭއާ ވަރަށް ކައިރީގައި ކަމަށް ވާތީ ފްލައިޓްތައް ޖައްސަން ބޭނުންވާ ރައްކާތެރިކަމުގެ މިންގަނޑުތައް ހަމައެއް ނުވެ އެވެ. އެމްއޭސީއެލުން އޮޕަރޭޓް ކުރަން ފަށާ އާ ޓާމިނަލް އަންނަ މޭ މަހުގެ ނިޔަލަށް ބޭނުންކުރަން ފެށުމާ އެކު، ޓީއެމްއޭގެ އޮޕަރޭޝަންތައް ވެސް އެ ޓާމިނަލަށް ބަދަލުކުރާނެ އެވެ.

"އޭގެ ފަހުން އެ އިމާރާތް [ޓީއެމްއޭގެ ސީ ޕްލޭން ޓާމިނަލް] ތަޅައި ނިންމަން އަޅުގަނޑުމެންނަށް ބޭނުންވާނެ 2-3 މަސް. ކޮންމެވެސް ވަރަކަށް ހިއްކަން ވެސް ޖެހޭ. އެ ހުރިހާ ކަމެއް ނިންމާފައި އަޅުގަނޑުމެން މި ކިޔަނީ އަންނަ އޮކްޓޯބަރު ހިސާބުގައި އާ ރަންވޭ ހުޅުވަން،" ތޯހާ ވިދާޅުވި އެވެ.

މިއީ މުޅިން ތަފާތު އެއާޕޯޓެއް ފެންނާނެ ދެ އަހަރު

ރާއްޖެ އަންނަ އެތައް ލައްކަ ޓޫރިސްޓުންނާއި އެ ތަން ބޭނުންކުރާ ދިވެހިން ވެސް މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވަނީ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ޓާމިނަލެއް ލިބުމެވެ. އެ ހުވަފެން ހަގީގަތަށް ހެދުމުގެ މަސައްކަތް ހަލުވި ސްލީޑްގައި ކުރިއަށް ދާއިރު ތޯހާ ގަބޫލު ކުރައްވަނީ އަންނަ އަހަރަށް އެ ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިންމައިލެވޭނެ ކަމަށެވެ.

"ފަންޑިން އެޖެންސީތަކުން ފައިސާ ހުރީ ހަމަޖެހިފައި. ފައިސާގެ އެއްވެސް މައްސަލައެއް ނެތް ޓާމިނަލްގެ މަސައްކަތް ނިންމާކަށް. އެކަމާ ގުޅޭ މީޓީންތައް ވެސް ބާއްވައި ނިންމައިފި. ވަރަށް ޕޮޒިޓިވްކޮށް އުޅެނީ. މިހާރު ވެސް އެ ތަނުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.

"އަމާޒަކީ އާ ޓާމިނަލްގެ ކޮންސްޓްރަކްޝަން މަސައްކަތް އަންނަ އަހަރަށް ނިންމައިލުން."

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު ހަދަމުން އަންނަ އާ ޓާމިނަލް: ކޮންސްޓްރަކްޝަން މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްއޭސީއެލުން ބުނޭ.---ފޮޓޯ: އެމްއޭސީއެލް

މިހާރު ވެލާނާ އެއާޕޯޓްގައި އޮތީ ސާޅީހަކަށް އަހަރު ވެފައިވާ ރަންވޭއެކެވެ. އެކަމަކު، އެއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއާލައިންތަކާއި އެންމެ ބޮޑެތި ބޯޓުތައް ޖައްސާ އެއާޕޯޓެކެވެ. އެހެންވެ، ޒަމާނީ ފެންވަރުގެ ރަނގަޅު ރަންވޭއެއްގެ ބޭނުންތެރިކަން އެ ހުރިހާ ގޮތަކަށް ވެސް ބޮޑެވެ. އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަަސްވަރު ހެދި އާ ރަންވޭ ވީހާ ވެސް އަވަހަށް ބޭނުންކުރަން ފެށުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ.

ތޯހާ ވިދާޅުވިގޮތުގައި މި އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އާ ރަންވޭ އަށް ފްލައިޓްތައް ޖައްސަން ފަށާއިރު، އޭގެ ނަތީޖާއަކީ ފްލައިޓްތައް ޖައްސަން އިތުރު ސްލޮޓްތައް ލިބުމެވެ.

"އެރައިވަލް ޓާމިނަލާއި ޑިޕާޗާ ޓާމިނަލް ކުޑަވެފައި މި އޮތީ. މި އެއާޕޯޓް ޑިވެލޮޕް މި ކުރަނީ 7.5 މިލިއަން ފަސިންޖަރުން ގެންނަން އެމްއޭސީއެލް އާއި ސަރުކާރުން އަމާޒު ހިފާފައިވާތީ. މި ވަގުތަށް އެ ވަރަކަށް ކޭޓަ ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އާ ވީއައިޕީ ޓާމިނަލް: މި ތަނުގެ އެކްސްޓެންޝަނެއް ވެސް ވަރަށް އަވަހަށް ފަށާނެ.---ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލް ޕްރޮޖެކްޓްގެ ތެރެއިން އެއާޕޯޓުން ފެންނާނެ އެންމެ މުހިންމު އެއް ބަދަލަކީ ބައެއް މަގުތައް ފުޅާކުރުމެވެ. އެއާޕޯޓަށް އަރަން އޮންނަ މަގާއި އެތެރޭގެ ބައެއް މަގުތައް ފުޅާކުރާނެ އެވެ. ކައިރި ރިސޯޓަކަށް ދާ ދޯނިފަހަރާއި ލޯންޗުފަހަރަށް ފަސޭހައިން ހުޅުލެ އަށް ކައިރި ކުރެވޭނެ ގޮތް ވެސް ހަދާނެ އެވެ.

"ޓާމިނަލް ކައިރީގެ މަގުތައް ހާއްސަކޮށް އިންޓަނޭޝަނަލް ޓާމިނަލާ ދިމާއަށް އަރައިގެން އަންނަ މަގު ފުޅާވާނެ. އަދި ދެ ލޭނުގެ ދެ ސެޓް މަގު އަދި ހަދާނެ. ވާ ގޮތަކީ އެއާޕޯޓްގެ ކާގޯ ވެސް މި ހުންނަނީ އެއާޕޯޓްގެ ވަރަށް އުތުރުގައި. އެހެންވީމާ ކާގޯ އަށް ވެސް ފަސޭހައިން އެކްސެސް ވާންޖެހޭ. މަގުތައް ފުޅާކޮށް، ފަސޭހައިން އެތެރޭގެ ދަތުރުފަތުރު ކުރެވޭނެ ގޮތް ހަދަން ޖެހޭ. އެއީ ޓާމިނަލްގެ ޕްރޮޖެކްގެ ތެރޭގައި ހިމަނާފައިވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ، މަގުތައް ފުޅާކުރުމާއެކު ފުރަން އަންނަ މީހުންގެ ވެހިކަލްތައް ޕާކް ކުރުމަށް ހާއްސަ ޕާކިން ޒޯންތަކެއް ހަދާނެ ކަމަށެވެ.

"މިސާލަކަށް ބޭނުންވީ ބައްޕަ ދެކިލަން ރަށަށް ދާން. އެހެން ވެއްޖިއްޔާ ފުރަން އަންނަ ގޮތަށް އެފޯޑަބަލް ކާރު ޕާކިންއެއް ވެއްޖިއްޔާ އޭނާ ދާނީ ކާރު މި ތަނުގައި [އެއާޕޯޓްގައި] ބާއްވާލާފައި. އޭނާ އަންނަންދެން އޭތި އޮންނާނެ. އެ އަށް ޗާޖް ކުރާނެ. އެއީ ވެސް އެއާޕޯޓަށް ލިބޭނެ ވަރަށް ބޮޑު އާމްދަނީއަކަށް ވާނެ،"

"މިސާލަކަށް ބޭނުންވީ ބައްޕަ ދެކިލަން ރަށަށް ދާން. އެހެން ވެއްޖިއްޔާ ފުރަން އަންނަ ގޮތަށް އެފޯޑަބަލް ކާރު ޕާކިންއެއް ވެއްޖިއްޔާ އޭނާ ދާނީ ކާރު މި ތަނުގައި [އެއާޕޯޓްގައި] ބާއްވާލާފައި. އޭނާ އަންނަންދެން އޭތި އޮންނާނެ. އެ އަށް ޗާޖް ކުރާނެ. އެއީ ވެސް އެއާޕޯޓަށް ލިބޭނެ ވަރަށް ބޮޑު އާމްދަނީއަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އާ ސީ ޕްލޭން ޓާމިނަލް މޭގެ ނިޔަލަށް ބޭނުންކުރަނީ

އާ ޓާމިނަލަށް ވުރެ ކުރިން ބޭނުންކުރަން ފަށާނީ އެމްއޭސީއެލުން މުޅިން އަލަށް ހިންގަން ފަށާ ސީ ޕްލޭން ޓާމިނަލެވެ. އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ސީ ޕްލޭން ޓާމިނަލް އަންނަ ޖޫން މަހުގެ ކުރިން ބޭނުންކުރަން ފަށާއިރު، އެ ތަނުގެ މުޅި އޮޕަރޭޝަނަށް އެކަނިވެސް 200 އާ ގާތްކުރާ އަދަދަކަށް އަލަށް މުވައްޒަފުން ނަގަން ޖެހެ އެވެ.

"އެ ތަނަށް މުވައްޒަފުން ނަގާއިރު ވެސް އަޅުގަނޑުމެން އިސްކަންދޭނީ ދިވެހިންނަށް. އެމްއޭސީއެލުން ދަތުރު މި ކުރަނީ ވަރަށް ބޮޑަށް ހޮސްޕިޓަލިޓީ އިންޑަސްޓްރީއާ ދިމާ އަށް. އެހެންވީމާ ދިވެހިންނަށް އިސްކަންދޭންޖެހޭ،" ތޯހާ ވިދާޅުވި އެވެ.

އާ ސީ ޕްލޭން ޓާމިނަލް އެމްއޭސީއެލުން ހަދާފައި ވަނީ އެންމެ ޒަމާނީ ގޮތަށް އަދި ކަނޑަށް ޖައްސާ ބޯޓުފަހަރަށް ފަސޭހައިން ޕްލެޓްފޯމަށް އެކްސެސްވެވޭނެ ގޮތަކަށެވެ. ކަނޑަށް ޖައްސާ ބޯޓުފަހަރުގެ ހިދުމަތް ދޭ އެންމެންނަށް ސީ ޕްލޭން ޓާމިނަލް ޖާގަތައް ދޫކުރާނެ އެވެ. ރާއްޖެއަކީ ސީ ޕްލޭންގެ ވިޔަފާރީގައި ދުނިޔޭގައި ވެސް ގުނައިލެވޭ ތަނަކަށް ވުމުން އާ ސީ ޕްލޭން ޓާމިނަލް އެ ކުންފުނިން ހިންގަން ފެށުމަކީ އެމްއޭސީއެލްގެ ތާރީހުގައި ވެސް ފާހަގަކުރެވޭ ކާމިޔާބެއް ކަމަށް ތޯހާ ދެކެވަޑައިގަންނަވަ އެވެ.

އެމްއޭސީއެލުން ފުރަތަމަ ފަހަރަށް ހިންގަން ތައްޔާރުވަމުން އަންނަ ސީ ޕްލޭން ޓާމިނަލް: ކުރިއަށް އޮތް ކުޑަ އީދަށް ފަހު އެ ތަން ބޭނުންކުރަން ފަށާނެ.---ފޮޓޯ: އެމްއޭސީއެލް

ކުރިއަށް އޮތް މޭ މަހުގެ ނިޔަލަށް އާ ސީ ޕްލޭން ޓާމިނަލް އަދި އޮކްޓޫބަރު މަހު އާ ރަންވޭ ބޭނުންކުރަން ފެށުމަކީ އެއާޕޯޓް ތަރައްގީގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. ޑިމާންޑާ އެއްވަރަށް ވަސީލަތްތައް ގާއިމުކޮށް، ޓޫރިސްޓުންނަށް ރާއްޖެ ތަޖުރިބާ ކޮށްލަން އިތުރު މަގުތަކެއް ފަހިވާނެ އެވެ.

"އާ ސީ ޕްލޭން ޓާމިނަލާއެކު، ސީ ޕްލޭންގައި ދަތުރުކުރާ މީހުންނަށް ފެންވަރު ރަނގަޅު ފެސިލިޓީއެއް އެ ލިބުނީ. އާ ރަންވޭއާއެކު އެފިޝަންސީގެ އިތުރުން ސޭފްޓީ އިތުރަށް ވަރުގަދަވީ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ތޯހާ ވިދާޅުވި އެވެ.

ވަގުތީ ބޭފުޅެއް ކަމަކު ވީ އެންމެ މައްޗަކަށް ނަތީޖާ ނެރެން ބޭނުންވޭ

ތޯހާގެ ލީޑަޝިޕްގައި އެއާޕޯޓަށް ގެންނާނެ ބަދަލުތަކާއި ކުރިމަގާ ގުޅޭ ގޮތުން ކުރާ ކޮންމެ ސުވާލަކާއެކު ހަނދާން ކޮށްދެއްވީ އޭނާއަކީ މަގާމަށް އަދި ވަގުތީ ބޭފުޅެއް ކަމެވެ. ނަމަވެސް ވީ އެންމެ މައްޗަކަށް ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"މި ވަގުތުކޮޅު ވެސް އަޅުގަނޑުގެ މެކްސިމަމް ނެރެން ބޭނުން. އަޅުގަނޑު އެކަންޏެއް ނޫން. ރާއްޖޭގެ ނިސްބަތުން އެންމެ ކޮލިފައިޑް މީހުން މިތާނގައި އެބަތިބި. އެހެންވީމާ މި ފެންނަނީ އެ ބޭފުޅުންގެ ހިތްވަރު. މި ގަޑީގައި އަޅުގަނޑަށް ލިބެނީ ލީޑް ކުރުމުގެ ފުރުސަތު. ގާބިލް، ޝައުގުވެރި، މަސައްކަތް ކުރެވޭ ވަރުގެ ޓީމެއް އޮތުން ކުރިއެރުމަކީ،" ތޯހާ ވިދާޅުވި އެވެ.

އާ ޓާމިނަލާއި އާ ސީ ޕްލޭން ޓާމިނަލް އަދި އާ ރަންވޭ އެކަންޏެއް ނޫނެވެ. އެއާޕޯޓްގެ އާ ފަޔާ ސްޓޭޝަނަކާއި އާ ފިއުލް ފާމަކާއި އާ ކާގޯ ޓާމިނަލެއް ވެސް މި އަހަރުގެ ތެރޭގައި ހުޅުވާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދަމުން އަންނަ އާ ފިއުލް ސްޓޭޝަން: މި ތަން ބޭނުންކުރުމާއެކު، ބައުޒަރުން މަތިންދާބޯޓުތަކަށް ތެޔޮ އެޅުން ވެސް ނިމުމަކަށް އަންނާނެ.---ފޮޓޯ: އެމްއޭސީއެލް

"ފިއުލް ފާމާއެކު މި އަންނަނީ ހައިޑްރަން ސިސްޓަމް. ކުރީގައި އަޅުގަނޑުމެން ބައުޒަރެއްގައި ތެޔޮ ހިފައިގެން ގޮސް ބޯޓަށް މި އަޅަނީ. އެކަމަކު ކުރިއަށް އޮތްތަނުގައި ހޮޅިތައް ހުންނާނީ ވަޅުލާފައި. މަތިންދާބޯޓު ކައިރި އަށް ހޮޅި ގުޅާފައި ތެޔޮ އެޅޭ ގޮތަށް ހައިޑްރަން ސިސްޓަމެއް ދެން ހުންނާނީ. ސޭފްޓީ އަށް ވެސް އެއީ އަޅުގަނޑުމެން އަޅާ ވަރަށް ބޮޑު ފިޔަވަޅެއް،" ތޯހާ ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓް އަދި ހިންގަނީ ފުލް ކެޕެސިޓީއަކު ނޫނެވެ. މި ވަގުތު އެ ތަން ހިންގަނީ 18 ގަޑިއިރަށް ކަމަށް ވާއިރު އޮޕަރޭޝަންސް 24 ގަޑިއިރަށް ބަދަލުކުރުމަކީ އެމްއޭސީއެލްގެ މެނޭޖްމަންޓުން ބޭނުންވާ ކަމެކެވެ.

މި ދެ އަހަރު އަލަށް ހުޅުވާނެ ތަންތަން

• އާ ސީ ޕްލޭން ޓާމިނަލް މި އަހަރުގެ މޭ މަހުގެ ނިޔަލަށް.

• އާ ރަންވޭ އޮކްޓޫބަރު މި އަހަރުގެ އޮކްޓޫބަރު މަހު.

• އާ ފިއުލް ފާމް، އާ ކާގޯ ޓާމިނަލް، އާ ފަޔާ ސްޓޭޝަން (މި އަހަރު ބޭނުންކުރަން ފަށާނެ)

• އާ ޓާމިނަލް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ.

"އަޅުގަނޑުމެން އަތްނުލާ ހަ ގަޑިއިރު އެބައިން. ރޭގަނޑު 12 އިގެ ފަހުން މި އެއާޕޯޓް އޮންނަނީ ހުހަށް. ކުރީގައި ޗައިނީސް ކެރިއާތައް އުދުހުނީ ރޭގަނޑު. އެހެންވީމާ ރޭގަނޑުގެ ސްލޮޓްތައް އަދި އެބަހުރި ހުހަށް،" ތޯހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަދަން އެއާލައިންތަކާ. އެކިއެކި ފޯރަމްތަކުގައި އެ ވާހަކަ ދައްކަމުން ދަނީ. ބޭނުމިއްޔާ ރޭގަނޑު 12 ގެ ފަހުން މި އެއާޕޯޓުން އަޅުގަނޑުމެންނަށް ހިދުމަތް ދެވޭނެ ކަމަށް."

އެމްއޭސީއެލްގެ އެކްޓީން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި ވަގުތު 3،400 އެއްހާ މުވައްޒަފުން އެއާޕޯޓްގައި މަސައްކަތް ކުރާއިރު، އެ ތަނަށް ދުވާލެއްގެ މައްޗަށް 4،000 އެއްހާ ޓޫރިސްޓުން އާދެ އެވެ. އެންމެ ޕީކް ދުވަސްވަރު އެ އަދަދު 6،000 އަށް އަރަ އެވެ. އެހެންވެ، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރިފައިވާއިރު، ތޯހާ އަށް އޮތް ޔަގީން ކަމަކީ ޓޫރިސްޓުން ތަޖުރިބާ ކޮށްލަން މި ސަރަހައްދުން ވެސް އެންމެ ބޮޑަށް ބޭނުންވާ ފެންވަރުގެ އެއް އެއާޕޯޓެއްގެ ގޮތުގައި މި ދެ އަހަރުގެ ތެރޭގައި ފެންނާނެ ކަމެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖެ އަށް ދިމާވެފައި މި އޮތީ ރަނގަޅު ޕްރޮބްލަމެއް. އަބަދުވެސް ރާއްޖެ އަށް ޑިމާންޑް ބޮޑު. އެއާޕޯޓެއް ހުޅުވާފައި އެ ތަނަށް ޖައްސާނެ ބޯޓެއް ނެތިއްޔާ އެއީ ގޯހެއް. ބޯޓުތައް ގިނަވާން ޖެހޭނެ. އެއީ ނޫންތޯ އަޅުގަނޑުމެންގެ ބިޒްނަސްއަކީ."

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖެ އަށް ދިމާވެފައި މި އޮތީ ރަނގަޅު ޕްރޮބްލަމެއް. އަބަދުވެސް ރާއްޖެ އަށް ޑިމާންޑް ބޮޑު. އެއާޕޯޓެއް ހުޅުވާފައި އެ ތަނަށް ޖައްސާނެ ބޯޓެއް ނެތިއްޔާ އެއީ ގޯހެއް. ބޯޓުތައް ގިނަވާން ޖެހޭނެ. އެއީ ނޫންތޯ އަޅުގަނޑުމެންގެ ބިޒްނަސްއަކީ،" ތޯހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނޭ ބައެއް ގައުމުތަކުގެ އެއާޕޯޓް ހުޅުވާފައި އެ ތަނަށް ޖައްސާނެ ބޯޓެއް ނުވޭ. އެއާ އިދިކޮޅަށް އަޅުގަނޑުމެން މި އުޅެނީ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ބޯޓުތައް ވަރަށް ގިނަ."

އެއާޕޯޓްގެ އާ ޓާމިނަލާއި މުހިންމު އެހެން ބައެއް ތަންތަން ނިމުމުގެ ކުރިން ވެސް ތޯހާގެ އަމާޒަކީ މި ވަގުތަށް އިތުރު ކުރެވެން ހުރި ވަސީލަތްތައް ވެސް އިތުރުކޮށް، އެފިޝަންސީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. އޭގެ ބައެއް ކަންތައްތަކުގެ މިހާރު ވެސް ވަނީ ޕްލޭންކޮށް އަމަލީ މަސައްކަތް ފަށައިފަ އެވެ.

49 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 4%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭބެ

06 April 2022

ހުރިހާ ޝުކުރެއް ކުރީގެ ރައިސް ވަޙީދަށާ ކުރީގެ ރައިސް ޔާމީނަށް!! ރައިސް ވަހީދު ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލީ!! ޔާމީންގެ ސަރުކާރުން ޖީއެމްއާރަށް ބަދަލުގެ ގޮތުން 250 މިލިޔަނެއްހާ ޑޮލަރުދީ ހުޅުލެ އެއަރޕޯޓް ތަރައްގީކުރަންފެށީ 1 ބިލިޔަން ޑޮލަރުގެ މާސްޓަރ ޕްލޭނަކާއެކު!! މިހާރު ތިޔަ އެއަރޕޯޓުން ފެންނަމުންދާ ހުރިހާ ތަރައްގީގެ މޭސްތިރިއަކީ ދުރުވިސްނުންތެރިކަމާއެކު މަސައްކަތްތައް ބައްޓަންކުރަމުންދިޔަ ކުރީގެ ރައިސް ޔާމީން!! ޔާމީނަށް ޝުކުތު ޙައްގު!!

The name is already taken The name is available. Register?

އަލީބެ

06 April 2022

ސީޕްލޭން ޓާރމިނަލް ތިލަފުށީ ފަޅަށް ބަދަލުކޮށްފަ އެތަން ހިއްކައި ވެލާނާ އެއަޕޯޓްގައި 200 ބޯޓު ޕާރކްކުރެވޭގޮތް ހަދައިފިނަމަ އިތުރު އާމްދަނީ ލިބޭގޮތްވީ. އަދި މިސަރަހައްދުން އުދުހޭ ގިނަބޯޓުތަކުގެ ޓްރާންސިޓް ބަނދަރަކަށް ވެލާނާ ވެގެންގޮސް ޑުބާއީއަށްވުރެ ގިނަ ޓޫރިސްޓުން ގެނެވުމުގެ ފުރުސަތު ފަހިވެގެންދާނެ. އަދި ތިކުރީ އާންމުންގެ ލެވެލްއިންވެސް ކުރާށޭ ކިޔަމުންއައި އާދައިގެ ދެތިން ކަމެއް.

The name is already taken The name is available. Register?

ބުރާންތި ކަންނެލ ހަސަނު

05 April 2022

ނޫސް ވެރިން ނަށް ކުރީ ދުވަހު ޓާމިނަލް އިން ބޮލަށް ވެއްޓުނު ނަލަ ބޯޑް ތައް ދައްކާލި ނަމަ ސަޅިވީސް

The name is already taken The name is available. Register?

ޙުބުލް ތާހާ

05 April 2022

ޥަރަށް ކާމިޔާބު...ހިންގުން ތެރި އެއް...ހަވާލު ވިފަހުން ހިންގި އެމަޖެންސީ ފުލް ސްކޭލް އެކްސަސައިޒް ގޮވީ އަތަށް ބޮޑު ފުލޮޕް އެއް... ފުއުލް ޓޭންކެއް ފަޅަލައިފި...2 މިލައން ރުފިޔާގެ ޖެޓް ފިއުލް ބިމަށް އެޅިއްޖެ...ފިއުލް ބައުޒަރެއް ސްޓާޓް ގައި އޮންނަ ތާ 2 އަހަރު ވެއްޖެ.

The name is already taken The name is available. Register?

މަރުގެ ދިޔަ

06 April 2022

ފިއުލް ފާމުން ބޭރު ކުރީ ހަމަރަގަޅައް.

The name is already taken The name is available. Register?

ސަހީރު

05 April 2022

5 އަހަރު ދައުރެއް ނިމެނި މި ވެރިކަމުގަ ބޯނަސް ނުދީ އެތައް މުއަށްޒަފުންގެ ހައްގުތަކުން މަހުރޫމް ކޮށްފަ ތޯހާ މިވާހަކަ ނުދަށްކަނި ކީއްވެތޯ

The name is already taken The name is available. Register?

ހަސަން ކުރުސި

05 April 2022

ތީކީ ދެއަހަރުން އަދިކީއް ކަލޭމެންކުރިކަމެއްވެސްނޫން. ތީޔާމީން ދައުރުގަ ކުރަންފަށާފަހުރިކަންތައްތައް.

The name is already taken The name is available. Register?

ރެޓޭ

05 April 2022

ތިތަނަށްގެނައި ދޮންމީހާ ތޯހާގެ އައިޑިޔާ ގަބޫލު ނުކުރިކަމަށްވެސް ވެދާނެނޫންތޯ؟

The name is already taken The name is available. Register?

ކޮރަލް

05 April 2022

ޔާމީން ވެރިކަމުގަ ފެށި ބައެއް ޕްރޮޖެކްޓޤ ތައް ޕާކް ކޮށްލާފަ އޮތީ އެވެ. ދެން 2023 އަންނަށް ކައިރިވީމަ އަލުން ފަށާފަ މިސަރުކާރުން ކުރި ކަމެއް ކަމަށް ދައްކަން މަސައްކަތް ކުރަނީ އެވެ.

The name is already taken The name is available. Register?

އިސްމާލި

05 April 2022

ވަރަށް ރަނގަޅު ލިއުމެއް. ކުރީ ގެ އެމްޑީޕީ ސަރުކާރުގައި އަންނި ބުނިހެން އިންޑިއާ ބަޔަކަށް ދީގެން ނޫނީ އެއަރޕޯޓު ތަރައްގީ ނުވާނެކަމާއި ފައިދާ ނުވާނެކަން. އެއީ ފުލޯކު ވާހަކައެއް ކަމާ ދިވެހީންގެ ހުނަރާއި ގާބިލުކަން އެބަ ހުރިކަން ދައްކައިދީފި އެމް.ޑީ.ޕީ. ގެ އިބޫ ސަރުކާރުން، އެހެނަސް މިކަމެއް ނުވީސް ވަހީދު ސަރުކާރުގައި ޖީ.އެމް.އާރ ފަހާލުމުގެ ގަޓުކަން ނެތްނަމަ. ޔާމީނުގެ ދުރުވިސްނޭ ސިކުންޑިން ހަދަން ނުފެށިނަމަ އަންނަ އަހަރަށް ނިންމާނެ ތަނެއް ނުހުންނާނެ.

The name is already taken The name is available. Register?

ކޮވެލި

05 April 2022

ހުސް ފޮނި. ޚިދްމަތް ލިބިގަންނަން ދާ މީހުންނަށް ތިކަނޑާ ފޮނިން އެއްވެސް ކަމެއް އިހްސާސް އެއް ނުވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454