މިހާރު ވާ ގޮތަކީ ފުރަން އަންނަ މީހުން ބޭރުގައި ސްނޭކް ކިއޫ ހަދައިގެން ވަރަށް ގިނައިރު ތިބެންޖެހޭ. އެހާ ހޫނު ބޭރު. ފަސިންޖަރުން ތިބެނީ އެހާ ހިތްހަމަނުޖެހިފައި.
މި އަހަރު ފެށުން ފާހަގަކުރަން ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިޕާޗާ ހޯލަށް ވަންނަނީ: ކިއޫ ދިގުވުމުގެ ޝަކުވާ އަށް ހައްލެއް ގެންނަން އެމްއޭސީއެލުން ވަނީ ރާވާފައި.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
03 އެޕްރީލް 2022 - 10:43
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ މީހުންގެ ކިއޫ ދިގުވެ، އެތައް ވަގުތެއް ހޭދަކުރަން ޖެހޭތީ އެ ކަމަށް ހައްލެއް ހޯދައި ދިނުމުގެ ޕްރޮޖެކްޓެއް މި އަހަރަށް ރާވާފައިވާ ކަަމަށް އެމްއޭސީއެލުން ބުނެފި އެވެ.
އެކްޓިން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ "މިހާރު" މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ އެ ބަދަލު ގެނައުމަށްޓަކައި، ޑިޕާޗާ ޓާމިނަލަށް ވަންނައިރު ހުންނަ ލަގެޖް ޗެކްކުރާ މެޝިން ނުވަތަ ބެގެޖް ސްކްރީނިން މެޝިން އެ ތަނުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އޭރުން ފަސިންޖަރުން ޑިޕާޗާ ޓާމިނަލްގެ ބޭރުގައި ކިއޫ ހަދައިގެން ތިބުމުގެ ބަދަލުގައި ސީދާ ވަދެގެން ދާނީ ޓާމިނަލްގެ ބޮޑު ހޯލުގައި ހުންނަ ޗެކިން ކައުންޓަރުތައް ކައިރިއަށެވެ. ބެގެޖް ސްކްރީނިން ސިސްޓަމް ހުންނާނީ ޗެކިން ކައުންޓަރުތަކުގެ ފަހަތުގަ އެވެ.
"މިހާރު ވާ ގޮތަކީ ފުރަން އަންނަ މީހުން ބޭރުގައި ސްނޭކް ކިއޫ ހަދައިގެން ވަރަށް ގިނައިރު ތިބެންޖެހޭ. އެހާ ހޫނު ބޭރު. ފަސިންޖަރުން ތިބެނީ އެހާ ހިތްހަމަނުޖެހިފައި. އެކަމަކު ފަސިންޖަރުމީހާ ފުރަން ދާ ގޮތަށް، އެއާކޮންޑިޝަން ކޮށްފައިވާ ޓާމިނަލްގެ ހޯލުގެ ތެރެއަށް ވަދެވުނީމާ ޑިޕާޗާ ޓާމިނަލްގެ ބޭރުގައި އެވާ އުނދަގޫ އެއްކޮށް ހުއްޓޭނެ،" ތޯހާ ވިދާޅުވި އެވެ.
"ބޭރުގެ އެއާޕޯޓްތަކުގައި ވެސް ބެގެޖް ސްކްރީން ބައެއް ނުފެންނާނެ. އެ ސްކްރީން ހުންނާނީ [ޗެކިން ކައުންޓަރުތަކުގެ] ފަހަތުގައި."
އެމްއޭސީއެލްގެ އެކްޓިން އެމްޑީ ތޯހާ މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ތޯހާ ވިދާޅުވީ، އާ ޓާމިނަލް އަންނަ އަހަރަށް ނިންމަން އަމާޒު ހިފާފައިވާއިރު، ބޭނުމަކީ އެ މަޝްރޫއު ނިމުމުގެ ކުރިން ވެސް ފަސިންޖަރުންގެ އެކްސްޕީރިއަންސް ރަނގަޅު ކުރުން ކަމަށެވެ.
"ފޮށިތައް ބެގެޖް ސްކްރީނިން އަށް އަރުވައި ބާލާފައި އަރުވައި ބާލާފައި މިހާރު އެ ހަދަނީ. އަޅުގަނޑުމެން މި ގެންނަ ބަދަލުން އެކަން އެއްކޮށް ހުއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
މި ބަދަލުގެ ތެރޭގައި ސެލްފް ޗެކިން ކިއޯސްތަކާއި ބޭގް ޑްރޮޕްގެ ހިދުމަތް ވެސް ތައާރަފު ކުރަން އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ.
"މި ތަނުގެ ޖާގަ ހައްތާ ވެސް ކުޑަވީމާ އެފިޝަންސީ ގެންނަން ކުރާ ކަންތައް މި ހުންނަނީ. ދުނިޔޭގެ އެހެން އެއާޕޯޓްތަކުގައި ވެސް އެފިޝަންސީ ގެންނަނީ އޮޓަމޭޝަނުން. ނޫނީ ޕްރޮސެސް އަވަސް ވާނެ ޓެކްނޮލޮޖީ ގެނެސްގެން،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޑިޕާޗާ ޓާމިނަލަށް ވަންނައިރު ހުންނަ ބެގެޖް ސްކްރީނިން މެޝިން އެ ތަނުން ނަގައި އެހެން ނިޒާމަކަށް ބަދަލުކުރަނީ އެ ޓާމިނަލްގެ އެތެރޭގައި ހުރި ބައެއް އޮފީސްތައް އެހެން ދިމަދިމާ އަށް ބަދަލުކުރުމަށް ފަހު އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ގޯއެއާގެ ބޯޓެއް ޖައްސާފައި: މި ތަން އެންމެ ޒަމާނީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަގެންދޭ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"ޑިޕާޗާ ޓާމިނަލް ބޮޑު ކުރަނީކީ ނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މި އަހަރުގެ ވިންޓާ އަށް ނޫނީ އޮކްޓޫބަރު، ނޮވެމްބަރަށް މި ބަދަލު ގެންނަން،" އޭނާ ވިދާޅުވި އެވެ.
"މިހެން ދެންނެވިޔަސް މިހާރު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޝިޕިން ޑިލޭސްތައް. ކޮވިޑާ ގުޅިގެން ޝިޕިން ޑިލޭސް އެބައުޅޭ ހުރިހާ ދިމާއެއްގައި. ކުޑަ މެޝިނެއް ގެންނަން ބަލާއިރު ވެސް އޮންނަނީ ޑިލޭވެފައި."
އެއާޕޯޓުން ޕަސިންޖަރުންނަށް ދޭ ހިދުމަތް އަވަސްކުރަން ގްރައުންޑް ހޭންޑްލިން އަށް ބޭނުންވާ ސާމާނު ވެސް އިތުރަށް ގެންނަން އެމްއޭސީއެލުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ބަސްތަކާއި ފަސިންޖަރުން މަތިންދާބޯޓުން އަރައިފައިބަން ބޭނުންކުރާ ސިޑިތައް ހިމެނެ އެވެ.
"އިންފްރާސްޓްރަކްޗާ އަށް މާ ބޮޑު ބަދަލެއް ނުގެނެވުނަސް އެފިޝަންސީ އިތުރު ކުރުން ބޭނުމަކީ. ޕްރޮސެސް އަވަސް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ތޯހާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
04 April 2022
އެއަރޕޯޓުގެ ޖާގަ ވަރަށް ކުޑަކޮށް މިއޮންނަނީ، އެކަމަށް ހައްލު ހޯދަން ޖެހޭ.
78653
04 April 2022
ރަނަގަޅު ވިސްނުމެއް. އިމިގޮރޭޝަން ގެ ކަންކަން ރަގަޅުކުރާނެ ޖާގަވެސް އެބަ އޮތް.ފަސިންޖަރުން އެރައިވަލް ކާޑު އޮނަލައިންކޮއް ފުރާފަ އްއީމަ ކައުނަޓަރުން އަވަސްކަމާއެކު ދެޥޭންޖޭހޭ. މިހާރު މާގިނައިރުވަނީ.ކުރޫ ޖީޑީވެސް އަންލައިންކޮއް ސަބްމިޓްކޮއް, ހޮޓަލައްވެސް އެމައުލޫމަތު ޑިޖިޓަލީ ލިބޭހެން ހަދާލަދެއްވާ.
ޖާބެ
04 April 2022
ދުރުވިސްނުމެއްނެތި އަކުންބަކުން ކުޅެނީ... މިދިޔަ ހަފްތާ 29 މާރޗް ގަ ޔޫއެލް ޕްލައިޓް ޖެއްސީ މެންދުރު 15:00 ޕްލައިޓުން ފެބުނީ 40 މިނޭޓްފަހުން އެވެސް ވާރެޔާތެމިގެން... ދުވަސްވީ ބަލިމީހުންނައް ކިހާފަސޭހަވާނެ.. ލަގެޖް އައީ 17:00 ގަ ޓެކްސީ ކިއު ނުނާނެ އެއްޗެއް ނެންގެ ގެއައް ދެވުނު އިރު 17:55 ވެއްޖެ... މިއީ އިފެލްކްޓިވް މެނޭޖްމަންޓް ގައުމީ އެއާޕޯޓްގެ.. 1 މިލައްން ކީއްކުރަން ބިލައަނަކުން ޓްއަރިސްޓުން އަޔަސް ނިވަރުވާނީ.. މިއޮތީ ސިޔާސީ ވެރިންގެ ހިންގުން..
އަލީ އުމަރު
04 April 2022
ތިޔައީ ރައްޔިތުންނަށް ފަސޭހަ ކުރަން ހަދާފަ ހުރި ތަނެއްނޫން. ނިކަން ބަލާބަލަ ޕާކިން ޒޯނު ހުރިތަން އެތަނުން 15 މިނިޓު ހިގާފަ އެއަކާގޯއާ ހިސާބަށްދާއިރު ހުންނަނީ ދާހިއްލާ ފޯވެފަ. ޕާކީން ޒޯންގަ ވާރެއާ ހިޔާވެވޭނެ ފަދަވެސް ނެތް. ގަޑިއަކަށް 10 ރުފިޔާނަގާފަ ކީއްވެތޯ މިތަން ހިޔާވެފަ ނެތީ. ސުޓާފުންނަށް ހާއްސަކޮށް ހަދާފަ ހުރި ފިހާރައިން ވެސް ސުޓާފުން ފެލަނީ. ކޮބައިތޯ ތިޔަތަނުގެ ވެރިންގެ އިހުލާސްތެރި ކަމެއް. ކޮބައިތ ވީމާ ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ.
ހުސެންް
04 April 2022
އަލީ އުމަރާ، ތިބޭފުޅާގެ ގެކުރިމަތީގަ ތިހުރިހާތަނެއްވެސް ހަދަންޖެހޭނީ. އޭރުން ވަރަށް ފަސޭހަވާނެ. ގެއިން ނުކުންނަގޮތަށް އެއަރޕޯޓަށް، ދެންހަމަ އަނެއްފިޔަވަޅު އަޅާލާއިރަށް ކާގޯ ޓާމިނަލަށް. ދެން ސައިކަލު ޕާކުކުރަންވެސް ތިގޭގެ އިމުގަ. މިތިބީވާބައެއް. މިއީ ހިޔާގުރޫޕުގެ ސޮރަކާއި ވައްތަރީ.
އަލީ އަސްފާގު
03 April 2022
އެއަރޕޯޓަކީ އާންމުންނަށް ހިދުމަތް ދިނުމުގަ ފެއިލްވެފައިވާ ތަނެއް. ވަރަށް ދަތިހާލުގަ ރައްޔިތުންނާއި މުވައްޒަފުން އުޅޭ ތަނެއް، އެތަނުގަ ހުންނަ ފިހާރައަކީ 400 ޕަސެންޓު ލައިގެން ތަކެތި ވިއްކާ ތަނެއް. މަސްދަޅެއްވެސް 25 ރުފިޔާ. އަގު އެހާ ބޯޑު. ދެންއޮތީ އަގުބޮޑު ޕާކިންޒޯން. މީހުން އުޅޭ ހިސާބާ އެހާދުރު ޒޯނެއް އެތަނުން އޮފީހަށް ދެވެނީ 15 މިނިޓު ހިގުމަށްފަހު. ސަރުކާރުން އެބަޖެހޭ އެތަނުގަ އެއަރކާރގޯ އޭރިޔާގަ ޕާކުކުރެވޭނެ ގޮތެއް ހަދައިދޭން.
ގުރޭޝާ
04 April 2022
ސްޓާފް ކެންޓީނުގެ ވާހަކަވެސް ތިކޮމެންޓުގައި ޖަހާލިިނަމަ ވަރަށް ފުރިހަމަވީސް އެއްޗިސް އިންތިހާއަށް އަގުބޮޑު ނުވިތާކަށް ތާޒާކަމެއް އެއްޗިހީގައިވެސް ނުހުރޭ!
ނޮވެމްބަރ
03 April 2022
ވިންޓަރ އިސް ކަމިންގ؟
ޑޮކްޓާރ. ބަނާނާ
03 April 2022
އެންމެފުރަތަ ޕްރޮސެސް އަވަސްކުރަން ބްރޯ ކުރަންޖެހޭ ކަމަކީ އެއަރޕޯޓް ޓަރމިނަލް އަށް ވަދެ ނިކުމެ ހަދަން ތިޔައޮންނަ ޒެބްރާ ކްރޮސް ލައިން ޓެކްސީ ތައް ނުވަންނަ ސަރަހައްދަށް ބަދަލުކޮށްލުން.. އެއިރުން ފުލުހެއް ބަހައްޓައިގެން ޓްރެފިކް ކޮންޓްރޯލް ކުރަން ތިޔަ ޖަހާ ސަކަރާތް ހުއްޓި ޕްރޮސެސް އަވަސްވާނެ ކަމަށް ފެނޭ. ރަމަސާމް މުބާރަކު!
ހުސެންް
03 April 2022
ތިއީ ލާރިކޮލެއް ހަދާލަން އަނބުރާ ބޮޑު ގޭސްގަނޑަކާއި ވައްތަރީ. ތިހިންގަން ތިއުޅޭ ޕުރޮޖެކްޓް އާޓާމިލަން ހުޅުވެން ވާއިރަށްވެސް ނިމޭނެހެނެއް ހިއެއްނުވޭ. ދެންތިކަންތައްވާނީ ބޮޑުއިސްރާފަކަށް، ނަމަވެސް ޖީބަށް ވަންނަ އެއްޗެއް ބޮޑުވާނެ. ހެޔޮނިޔަތުކަ ކުރާކަމެއްވާނަމަ އާޓާމިނަލް ފުރިހަމަކުރުމަށް ބޭނުންވާ މެޝިނަރީސް ގެނައުމުގެ މަސައްކަތް މިހާރުންފެށިގެން ކުރިއަށްގެންދިއުން މާރަނގަޅުވާނެ. އަހަރެމެން މިތިބީ ކުޅިބަބަލަން.
އޮނަރަބްލް އަފީފު ދީދީ
03 April 2022
ބޭރަށް ފުރާ ޕެސިންޖަރުންނަށް އެކަންޏެއްނޫން ތިތަނުގައި ދަތިތައް ދިމާވެފައި ހުރީ. # ޑޮމެސްޓިކް ޓާމިނަލަށް ފުރަންދާ ޕެސެންޖަރުމީހާ ޖެހެނީ ޑޮމެސްޓިކް ޓާމިނަލްއަށްވުރެން 1000 ފޫޓް ދުރަށް ފައިބައިގެން އިންޓަރނޭޝަނަލް ޓާމިނަލް ބޭރަށް ތޮއްޖެހިފައިތިބޭ ފުރަންއަންނަ މީހުނާއި ފުރަންދާ މީހުންގެ ތެރެއިން ފޮށި ދަމަމުންދާން. # ކުޑަކުދިން އަދި ބަލިމީހުންގޮވައިގެން އެކަނި ދަތުރުކުރާމީހުނަށް މިއީ ފަސޭހަ ކަމެއްނޫން. ޑޮމެސްޓިކް ޓާމިނަލަށްވެސް ކާރުގައި ދެވޭގޮތްހަދާ.
ހަލީމަތު.
03 April 2022
މިތާފަ ސުޓާފުންނަށާއި ފަސންޖަރުން ބޭނުން ކުރަންވެސް ހުންނަނީ އެންމެ ފާޙާނާއެއް. ޓާމިނަލް ތެރޭގައަި ނުވެސް ހުރޭ ފާހާނާއެއް. ޓިކެޓް ކައުންޓަރު ކައިރީގަ މުވައްޒިފުން ބޭނުން ކުރާ ފާހާނާ އަށް ދަތުރު ވެރިންވެސް ވަންނަން ޖެހެނީ.
ފޮނިޓައްޕު ހަސަނު
03 April 2022
ތޯހާ ތިކުރައްވާ މަސައްކަތަށް އައްސަރިބަހާ ޝުކުރު ދަންނަވަން. މިރާއްޖޭގެ ގިނަކަންތައްތައް ހުންނަނީ ނޫހުގު ފާނުގެ ޒަމާނުގައި ކަންތައް ހުރިގޮތަށޭ ދެންނަވޭނީ. ރައްޖޭގެ މައިއެއަރޕޯޓުގެ ފާޚާނާގެ ސާފުތާހިރުކަން އުޅެނީ އިންޑިއާގެ ބެންގަލޫރު އެއަރޕޯޓަށް ވުރެން ދައްކޮށް. ޑިޕާޗާ ޓާރމިނަލްގެ ވުޅޫ ކުރާ އިސްކުރުބަރިން ލަޑާވަހުން ނޭވާ ދަމާލަން ނުކެރޭނެ.