ް ނަމާލް ރާޖަޕަކްސާ: ސޯޝަލް މީޑިއާ ބްލޮކްކުރުމާ ދެކޮޅު. --ފޮޓޯ:އޭއެފްޕީ
03 އެޕްރީލް 2022 - 12:17
ކޮލަމްބޯ (އެޕްރީލް 3) - ސްރީ ލަންކާގައި ސޯޝަލް މީޑިއާ ބްލޮކް ކުރުމަށް ސްޓޭޓް މިނިސްޓަ އޮފް ޑިޖިޓަލް ޓެކްނޮލޮޖީ އެންޑް އެންޓަޕްރައިސް ޑިވެލޮޕްމަންޓް ނަމާލް ރާޖަޕަކްސާ ދެކޮޅުކަން ހާމަކުރައްވައިފި އެވެ.
ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ނަމާލް ވިދާޅުވީ ސަރުކާރުން ސޯޝަލް މީޑިއާ ބްލޮކްކުރުމަށް އޭނާ ތާއިދު ނުކުރައްވާނެ ކަމަށާއި އެންމެން ވެސް ވީޕީއެން ބޭނުންކުރާތީ، ސޯޝަލް މީޑިއާ ބްލޮކްކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި މެސެޖްތައް ޕޯސްޓް ކުރުމަށް އޭނާ ވެސް ވީޕީއެން ބޭނުން ކުރައްވާ ކަމަށް، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ވިދާޅުވި އެވެ. އަދި އޭނާ ވަނީ ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކުރި ކުރުން އަލުން މުރާޖައާ ކުރުމަށް އެދިވަޑައިގެންފަ އެވެ.
I will never condone the blocking of social media. The availability of VPN, just like I’m using now, makes such bans completely useless. I urge the authorities to think more progressively and reconsider this decision. #SocialMediaBanLK #SriLanka #lka
— Namal Rajapaksa (@RajapaksaNamal) April 3, 2022
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ބޮޑު މުޒާހަރާއެއް ހުއްޓުވުމަށެވެ. ޓްވިޓާ، ފޭސްބުކް، ވަޓްސްއަޕް، ޔޫޓިއުޓް އަދި އިންސްޓަގްރާމް ބްލޮކްކުރި ނަމަވެސް ގިނަ ބަޔަކު ދަނީ ވީޕީއެންގެ އެހީގައި އެ ޕްލެޓްފޯމްތައް ބޭނުން ކުރަމުންނެވެ.
ކާބޯތަކެއްޗާއި ތެޔޮ ނުލިބޭތީ އާއްމުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން ލަންކާގައި މިހާރު ވަނީ އިއްޔެ އިރުއޮއްސި 6 އިން މާދަމާ ހެނދުނަށް 36 ގަޑިއިރުގެ ކާފިއު އިއުލާންކޮށްފަ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިޔުމަކުން ލިބިގެން ނޫނީ މަގުތަކަށާއި ޕާކްތަކާ އަދި ބީޗްސައިޑަށް ނުކުތުން މަނާކޮށްފަ އެވެ. ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކުފާނު
04 April 2022
ކޮއްކޮ އަދި ސިޔާސަތު ދަސްކުރޭ