ނިއު ޔޯކްގެ ޓައިމްސް ސްކޮޔާގައި ތަރާވީހު ނަމާދު ކުރަނީ.
04 އެޕްރީލް 2022 - 13:48
އެމެރިކާގެ ނިއު ޔޯކްގައި އޮންނަ ޓައިމްސް ސްކޮޔާގައި ފުރަތަމަ ފަހަރަށް ރޯދަވީއްލުމެއް ބާއްވައި، ތަރާވީހް ނަމާދުކޮށްފި އެވެ.
ތަފާތު އެކި ވިޔަފާރިތައް ހިންގާ ޓައިމްސް ސްކޮޔާގެ މަގުމަތީގައި ހޮނިހިރު ދުވަހު ބޭއްވި ރޯދަވީއްލުމާއި ތަރާވީހް ނަމާދުގައި 1،000 އަށް ވުރެ ގިނަ މުސްލިމުން ބައިވެރިވި އެވެ.
This is powerful. Muslims in NYC pray in the heart of Times Square on the 1st night of #Ramadan. pic.twitter.com/pUcCkLldMc
— Khaled Beydoun (@KhaledBeydoun) April 3, 2022
މީގެ ކުރިން އެމެރިކާގެ އެއްވެސް އާންމު ތަނެއްގައި އެގޮތަށް ރޯދަވީއްލައި، ތަރާވީހް ކޮށްފައެއް ނުވެ އެވެ.
އެ ހަރަކާތް އިންތިޒާމުކުރި ފަރާތުން ވަނީ ރޯދަވީއްލުމަށް ބޭނުންވާ ކާބޯތަކެއްޗާ އެކު 1،500 ޕާރުސަލް ބަހައިފަ އެވެ.
Times Square, New York City.#RamadanMubarak
— Muhammad Smiry (@MuhammadSmiry) April 3, 2022
pic.twitter.com/pIClS673Tl
އެ ރޯދަވީއްލުމުގައި ބައިވެރިވުމަށް އެމެރިކާގެ އެކި ހިސާބުތަކުން މުސްލިމުން ގޮސްފައިވާއިރު، ކެނެޑާއިން ވެސް މުސްލިމުން ދިޔަ އެވެ. ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުން ވެސް އެތަނުގައި އޮތެވެ.
އެމެރިކާގެ އާބާދީގެ 1.1 ޕަސެންޓަކީ މުސްލިމުންނެވެ. އެއީ ގާތްގަނޑަކަށް 3.5 މިލިއަނެވެ. އަދި އެ ގައުމުގައި ތިންވަނަ އަށް އެންމެ ގިނައިން މުސްލިމުން ދިރިއުޅެނީ ވެސް ނިއު ޔޯކްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއި
05 April 2022
ވީލަވް ޔޫއެސްއޭ އެންޑް ވީ ހޭޓް ރަޝިޔަން ޖެނޮސައިޑު
ށަވިޔަނި
05 April 2022
ލެއްގިކޮމިޝްނަރް ތިމައުލޫމާތު ގޯސް. ތުރުކީއަށްވުރެ ރަޝިޔާގެ މުސްލިމު އާބާދީ ދެގުނަ އިތުރު. ޔޫރަޕްގަ ތުރިކީ ފިޔަވައި އެންމެ ބޮޑު އަދި ތުރުކީ ހިނައިގެން ދެވަނައަށް އެންމެ ބޮޑު މިސްކިތް ހުރީ ރަޝިޔާގަ. އަދި 6،7 ވަނަ ބޮޑު މިސްކިތްވެސް ރަޝިއާގަ. 10000 މީހުންގެ ޖާގަ. އެންމެ ބޮޑު މިސްކިތުގަ 20000 ޖާގަ.
ށަވިޔަނި
05 April 2022
ލެއްގިކޮމިޝްނަރް. ތުރުކީގަ އުޅެނީ 80،114،055 މިލިއަން މުސްލިމުން. ރަޝިއާގަ 145،934،462 މިލިއަން މުސްލިމުން. ރަޝިޔާގަ ތުރުކީއަށްވުރެ ދެގުނައާ ކާރިއަށް މުސްލިމުން ގިނަ. މުސްލިމު ވަރުގަދަ އިމާމުން އުފެއްދި ފަސްގަޑެއް. އިމާމު ބުޚާރީ އަކީ ރަޝިއާ މީހެއް. ހަދީސުތަކުގެ އެންމެ ސަހީހު ހަދީސު ހިމެނެނީ އެ ފޮތުގައިކަން ގިނަމުސްލިމުން ގަބޫލުކުރޭ.
ށަވިޔަނި
05 April 2022
ކޮމެންޓްތަކަށް. ޔުކްރެއިން ހަނގުރާމައިގައި އަހަރުމެން ރަޝިއާ އާއެއްކޮޅީ ދީނާ ގުޅިގެންނޫން. އެމެރިކާއަށް ޗެލެންޖްކުރާނެ ބަޔަކަށް ރަޝިއާވީތީ. ދީނަށްބެލިއަސް ރަޝިއާގައި އެދަރިފަސްކޮޅުގެ 145،943،462 މިލިއަން މުސްލިމުން އުޅޭ. އެމެރިކާގައި އުޅެނީ އެކިދަރިފަސްކޮޅުގެ 3.85 މިލިއަން. މަޝްހޫރު އިމާމު ބުޚާރީ އަކީ ރަޝިއާ މީހެއް. އެއީ އެތަކެއް މަޝްހޫރު އިސްލާމީ ޢިލްމުވެރިން އުފެއްދި ފަސްގަނޑެއް.
ލެއްގިކޮމިޝަނަރް
05 April 2022
މަނިކުފާނަށް މާބޮޑަށް އިގެނީދޯ؟ މުޅި ރަސިޔާގެ އާބާދީއަކީ 145 މިލިއަން. މުސްލިމުންގެ އާބާދީއަކީ މީގެތެރެއިން %6.7. ދެން ތުރުކީއަށްވުރެއް ރަސިޔާގަ މުސްލިމުން ގިނަވާނެ ގޮތެއް ނޭންގުނު. ތުރުކީއާ ރަސިޔާއަކީވެސް ސިޔާސީގޮތުން ބަލާއިރު ޔޫރަޕްގެ 2 ގައުމު، އެއީ ޖިއޯގްރަފީގޮތުން އޭސިއާކަމުގައިވިޔަސް
ޖިއޮގްރަފީ
05 April 2022
ލެއްގިކޮމިސަން އަދި ރަސިޔާ ... ތި ދެބޭފުޅުން ނަށް ތުރުކީ އަދި ރަސިޔާ އަކީ ޔޫރަޕް ގައުމުތަކެއް ނޫން .. މި ދެ ގައުމަކީ ވެސް އޭސިއާ އައް ނިސްބައްވާ ދެ ގައުމު. ވަރައް ސަލާމް
ށަވިޔަނި
05 April 2022
ތިކަހަލަ ބައިވަރު މަންޒަރު ދެކެން. އާކަމެއްނޫން. މަގޭ ނަޒަރުގަ ދެއްކުން. މުސްލިމުން އަމިއްލައަށް އަގުވެއްޓެން ކުރާކަންތައް. ތިއީ ހަރަމް ފުޅެއްނޫނޭ. ތިއީ ﷲ އެންމެ ރުހިވޮޑިގެންނުވާ ތަންތަނުގެ ތެރޭ ހިމެނޭ ތަނެއް.
ލެއްގިސަހަަރު
04 April 2022
ބައިޑެންއަށް ހަމަޖެހިގެން ނިދާލެވުނުބާ..
ކުޑަކަތީބު
04 April 2022
އެމެރިކާއިން ހުރިހާ ދީން ތަކަށްވެސް ލޯބިކުރޭ، މިނިވަން ކަމާއެކު އުޅެވޭ، ޓެރަރިސްޓުންނާ ހެދި މުސްލިމުން ގެ އަގު ވެއްޓެނީ
ރަދީފު ބިން ރަފައިދާ
04 April 2022
މުސްލިމުން ގަދަކޮށްފިއޭ. މީތި ސަޅި.
ރަދީފްއޮފިޝަލް
04 April 2022
ސާބަހޭ އެމެރިކާގެ މުސްލިމުން.
ލެއްގިކޮމިޝަނަރް
04 April 2022
އެމެރިކާގަ މުސްލިމުންގިނަވާނެ ރަސިޔާއަށްވުރެން. ރަދީފްމެން ހޭބޯނާރާ ރަސިޔާއަށް ސަޕޯޓްކުރާއިރު ހީވާނީ އެއީ ދުނިޔޭގެ އެންމެބޮޑު އިސްލާމީ ދައުލަތްހެން. ނިކަންބަލާބަލަ މިރޯދަމަހު ރަސިޔާގެ މުސްލިމުން އުޅެގޮތް
ރަޝިޔާ
04 April 2022
ރަޝިޔާގަ މާގިނަވާނެ މުސްލިމުން އެމެރިކާއަށްވުރެ. ރަޝިޔާ އަކީ ޔޫރަޕްގަ މުސްލިމުން އެންމެގިނަ ގައުމު. ރަޝިޔާގެ 10 ޕަސެންޓް އަކީ މުސްލިމުން
ލެއްގިކޮމިޝަނަރް
04 April 2022
ޔޫރަޕްގަ އެންމެ މުސްލިމުން ގިނަވާނީ ތުރުކީގަ. އެއީ އިސްލާމީ ވެރިކަމެއްކުރަމުންދާ މުސްލިމް ގައުމެއް. ޓުރުކީއާ އަޅާކިޔާއިރު މުސްލިމްއަަބާދީ ރަސިޔާގަ ނުވާނެ ހުވަނދަކަށްވެސް. ޖިއޮގުރަފީ ރަނގަޅަށް ދަސްކޮށްގެން ކޮމެންޓް ކުރުމްށް ނަސޭހަތްތެރިވަން.
އަލީ ސަމީރު
05 April 2022
ނޫން ނޫން ދޮގު ނަހަދާ ރަށިޔާގރ މުސްލިމުން