ދިރާގު ރޯދަ ވީޑިއޯއިން ފެންނަ މިންހާ އޭނާގެ ކޮކާ ފަންޏަކަށް ބަލަހައްޓައިގެން--
11 އެޕްރީލް 2022 - 13:04
ދިރާގަކީ އަބަދުވެސް އިބުރަތްތެރި މެސެޖުތަކާ އެކު ތަފާތު އިސްތިހާރުތަކާއި ވީޑިއޯތައް ނެރެމުންދާ ދިވެހި ނަމޫނާ ކުންފުންޏެކެވެ. މި ރޯދަ މަހު ވެސް އެ ކުންފުނިން ނެރުނު ވީޑިއޯއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ.
"ކޮކާ" ގެ ނަމުގައި ދިރާގުން މިފަހަރު ނެރުނު ރޯދަ ވީޑިއޯއިން ދައްކުވައިދެނީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ކޮކާލެއް އުފަންވުމާ އެއްގޮތްކަމެވެ. ފަންޏެއް ކޮކާލަކަށްވާން އެތައް ދުވަހެއް ނަގާއިރު މި ވީޑިއޯގައި ފެންނަނީ ފުރާވަރަށް އަރަމުން އަންނަ އަންހެން ކުއްޖެއް (މިންހާ) ގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާ މަންޒަރެވެ. ނަމަވެސް ކުލަ ރީތި ކޮކާލެކޭ އެއްފަދައިން ދިރިއުޅުމުގައި ދަތި އުނދަގޫ ހަރުފަތްތަކެއް ހުރަސްކޮށް މިންހާ ވެސް ކެތްތެރިކަމާ އެކު އެ ދިރިއުޅުން ބަދަލުކޮށްލަ އެވެ.
ކޮންމެ ކަމަކާ ކުރިމަތިލުމުގައި ވެސް އެ މީހެއްގެ އަގީދާ އާއި ކެތްތެރިކަން ވަރަށްބޮޑު ރޯލެއް އަދާކުރާކަން އެ ވީޑިއޯއިން ދައްކުވައިދެ އެވެ.
ދިރިއުޅުމުގައި ކިތަންމެ ބޮޑު ކަމެއް ދިމާވި ނަމަވެސް އެކަމަކަށް ކެތްތެރިވެ، ތަގުވާވެރިކަން އިސްކުރުމަކީ ކޮންމެ އިންސާނަކު ކިބައިގައި ހުންނަންޖެހޭ އެންމެ ބޮޑު އެއް އާދަ އެވެ.
މި ބަރަކާތްތެރި ރަމަޟާން މަހަކީ ހުރިހާ މުސްލިމުންނަށް ވެސް ކެތްތެރިކަމާއި ތަގުވާވެރިކަމުގެ ރިވެތި އާދަތަކާއި ހެޔޮ އަމަލުތައް އަށަގަނެވުން އެންމެ މާތް އެއް މައްސަރަށް ވުމުން ދިރާގުން އެދެނީ ހުރިހާ ބޭފުޅުން ވެސް މި ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީި
11 April 2022
މި ވީޑިއޯއިން އަޅުގަނޑަށް ފެނިގެންދިޔައީ ޓެކްނޮލޮޖީގެ ސަބަބުން ޖީލެއް ފަނާވެ ދާތަން، ޓެކްނޮލޮޖީއާ ނުލާ އުފާވެރިކަން
މޮހޯ
11 April 2022
ހޫން! ތިރަނގަޅަށް ނުބަލާކަންދޯ މި އިނގެނީ. ދެންވެސް އެ މަންޖެ އުޅެނީ ފޯނު ހިފައިގެން. ޓެކްނޮލަޖީ އައީޔޭ ކިޔާފަ އެވެސް ޒިންމާދާރުގޮތުގަ ބޭނުންކުރަންހެން މަށައް ހީވަނީ ހިތްވަރުދީފައެއޮތީ. ވަރަށް ސަލާމް!