17 އެޕްރީލް 2022 - 10:36
ރޯދަމަހު ބަދިގޭގައި އެންމެ ގިނައިން ބޭނުންކުރާނެ އެކައްޗަކަށް ވާނީ ބިހެވެ. ފޮނި އެއްޗެއް ހަދަން ވިޔަސް، ކުޅި އެއްޗެއް ހަދަން ވިއަސް ބިހަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ.
ބިހުން ހަދާ ކާ އެއްޗެއް ހެދުމަށް ފަހު، އޭގެ ތޮށިތައް އުކާލުމުގެ ބަދަލުގައި، ތޮށިގަނޑު ބޭނުން ކޮށްގެން ކޮފީގެ ހިތިކަން ފިލުވައިލެވިދާނެ އެވެ.
- ބިހުގެ ތޮށި
- ކުޑަ ތައްޓެއް
- ކޮފީ
- ކޮފީ މޭކާ
- ޕޭޕާ ޓަވަލް
ތަށިތެރެއަށް ބިހުގެ ތޮށިތައް ފުނޑުކޮށްލާށެވެ. ބިހުގެ ތޮށި އަޅާނެވަރު މިނާނީ ކޮފީތަށި ގިރާ ވަރަށް ބިނާކޮށެވެ. ކުޑަ ޕޮޓަކަށް އެއް ބިސް ފުދޭނެ އެވެ. އެއީ ހަތަރު މީހަކަށް ކޮފީ ބޯން ގިރާނެ ވަރެވެ. އެއަށް ފަހު، ފުނޑުކޮށްލި ބިހުގެ ތޮށިތައް ހޫނު ފެނުން ދޮވެލާށެވެ. ކޮފީ ބޯން ބޭނުންވާ މިންވަރަށް ކޮފީ މޭކަރު ތެރެއަށް ކޮފީ އަޅާށެވެ. އަދި އޭގެ ތެރެއަށް ބިހުގެ ތޮށިތައް އެޅުމަށް ފަހު، އާންމުކޮށް ކޮފީ ގިރާހެން ގިރަން ޖައްސާށެވެ. އެކަމަކު ފެނު ކައްކާފައި ހުންނަ ބިހުގެ ތޮށި މިގޮތަށް ބޭނުމެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޕީޕޭސްޓް
19 April 2022
ބޭރު ބަސްބަހުން ލިޔެފަހުންނަ އާޓިކަލްސް ތައްލަފްޒުން ލަފްޒަށް މާނަކޮށް ކޮޕީޕޭސްޓް ހެދީމަ ކިޔުންތެރިންނަކަށް ސާފެއްނުވާނެ.
އެމް
17 April 2022
ރާއްޖޭގަ ވިއްކަން މިހުންނަ ބިހުގެ ތޮށީގެ ވަސް ބަލާލިންތަ؟
މަތުލަބް
17 April 2022
ތިބުނީ ކޮފީއާ ރޯބިހުގެ ތޮށި އެއްކޮށް މުގުރައިގެން ބޯށޭތަ؟ ލިއުން ސާފެއް ނޫން. ނޫނީ މަގޭ ގަމާރުކަން ބޮޑީ
އަސްލުވެސްް
17 April 2022
ސާފެއްނުވޭ އެ ކިޔާ އެއްޗެއް.