އާ ޓާމިނަލް ޑިޒައިންކޮށްފައިވަނީ ދިވެހި ވަންތަ ސިފަތައް ހިމެނޭ ގޮތަށް--ފޮޓޯ:އެމްއޭސީއެލް
19 އެޕްރީލް 2022 - 13:59
ދިވެހިވަންތަ ސިފަތައް ހިމަނައިގެން ކުރަހާފައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޒަމާނީ އާ ޓާމިނަލްގެ ޑިޒައިން ފުރަތަމަ ފަހަރަށް މިއަދު އާންމުކޮށްފި އެވެ.
އެ ޓާމިނަލްގެ ބޭރު ޑިޒައިން ކޮށްފައި ވަނީ ރާޅުތަކެއްގެ ސިފަވާ ގޮތަށެވެ. ބޭރުން ފެންނަ ފާރުތައް ޑިޒައިންކޮށްފައި ވަނީ އިހުގެ މިސްކިތްތަކުގެ ފާރުގައި ހުންނަ ކަހަލަ ހިރިގަލުގެ ކުރެހުންތައް އަސްލަކަށް ބަލައިގެންނެވެ. އެކަމަކު ޑިޒައިންތައް ދައްކާލުމުގެ އިތުރުން އެހެން މައުލޫމާތެއް އެމްއޭސީއެލުން އަދި އާންމެއް ނުކުރެ އެވެ.
ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ.
އާ ޕެސެންޖާ ޓާމިނަލްގެ ތްރީޑީ ކުރެހުމެއް: މިތަން ޑިޒައިން ކުރީ ސައުދީ ބިންލާދިން ގްރޫޕުން-- ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލްގެ އެތެރޭގެ ޑިޒައިންތަކުގައި ވެސް ދިވެހިވަންތަކަން އިސްކުރުމަށް އެމްއޭސީއެލް އާއި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. އޭރު އެތަން ނިންމަން ކަނޑައަޅާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ.
ނަމަވެސް މިހާރު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރު ފަހުކޮޅަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެތަނުގެ އޮނިގަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އާ ޓާމިނަލްގެ އާ ޑިޒައިން: މި ތަނުގައި އެންމެ ފަހުގެ ޒަމާނީ ހިދުމަތްތައް ގާއިމް ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނޭ-- ފޮޓޯ: އެމްއޭސީއެލް
މިހާރަށް ވުރެ ބޮޑު ޓާމިނަލެއްގެ ބޭނުން ޖެހިފައި އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ ޒަމާނީ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު އެވެ. އެކަމަކު ސަރުކާރު ބަދަލުވީ ހިސާބުން އެތަނުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވި އެވެ.
މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކުރެ އެވެ. ޕްރޮޖެކްޓް ހިންގަނީ ސައުދީ ފަންޑާއި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގެ އެހީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔެންޑެބުޅިން
23 April 2022
މާ އަނގަ ގަދަނުކޮށް ތިޔަ އަޅާ ނިންމަ ބަލަ!
ޙަސް
21 April 2022
މާލޭގަ ގިނަދުވަހު ދިރިއުޅުނު އެންމެންނައް ގޯޗައް ކުރިމަތި ލެވެންޖެހޭނެ
ހޯރަބޭ
22 December 2022
ގިނަދުވަހު މާލޭގަ ދިރިއުޅުނުކަން ދެނަހުރީކާކު؟.
ނަޖްވާ
21 April 2022
ކޮބާތަ މީގެން ކުރިމަގު ރަމްޒު ކޮށްދޭތަ؟ އަދިވެސް މު އުޅެންވަނީ 6 ވަަނަ ޤަރުނުގެ މީހުންގެ ވިސްނުމާ ޑިޒައިނާ އެކު! މި ކަމުން އަރައިގަންނަން އަހަރުމެންގެ ވިސްނުން ބަދަލު ނުކުރާހާ ހިނދަކު ކުރިއަކަށް ދެވޭނެއެކޭ ހިތެއް ނުބުނޭ!
ވަސަންތީ
20 April 2022
ކުރީ ސަރުކާރަކޭ މިސަރުކާރޭ ކިޔާނެކަމެއްނެތް. ހުރިހާ އެއްމެންވެސް ފައިސާލިބެންޏާ ކެވޭނެގޮތެއް ބަލާފައި ކާނެ. މިކަންކަން ހުއްޓުވޭނެ ވަރުގެދިވެހިން ދިވެހިންގެތެރޭ ނެތް.
މާހިރު
20 April 2022
ދިވެހިވަންތަކަމަކީ ކޮބައިތޯއެވެ. ތި ޑިޒައިނުން ދިވެހިވަންތަ ސިފައެއްވެސް އަދި ރީތިކަމެއްވެސް އަޅުގަނޑަކަށް ނުފެނެއެވެ. އެހެން ޤައުމުތަކުގައި އެއަރޕޯރޓް ފަދަ ތަންތަން ހަދާއިރު ތަފާތު ރީތިގޮތަކަށްހަދާ، އެންމެންނަށް ފެންނާނެހެން އޭގެ މޮޑެލްއެއް އެއަރޕޯރޓްގައިވެސް ގިނަފަހަރު ބަހައްޓާފައި ހުރެއެވެ. ނަމަވެސް ވެލާނާއެއަރޕޯރޓްގެ އާޓާމިނަލް ނިމެމުންދާއިރުވެސް ދޭތެރެއަކުން ކުރެހުމެއް ފެންނައިރު ފެންނަނީ ތަފާތު ނަމަވެސް ވަކި ރީތިކަމެއްނެތް ކުރެހުމެކެވެ.
ކޮއިމަލާކަލޯ
20 April 2022
އެއްވެސް ޕްލޭނެއްނެތި ހިތައް އެރިގޮތަކަށް ދެއްތޯ....އަޅުގަނޑުވެސް ތިވާހަކަތަކަށް ތާއީދު ކުރަން.
ބްރިޖްޕްރޮޖެކްޓް
20 April 2022
އޯކޭ އެމަނިކުފާނުގެ ޑިޒައިން. ނަމަވެސް އެމަނިކުފާނު ވެރިކަމުގަ ހުރެގެން މި ޕްރޮޖެކްޓް ނިންމާ ނަމަ ބްރިޖްގެ ފަރާތަކުން 4 ލޭން ނިމުނު އިރު 2 ލޭންއަށް ބަދަލުވީހެން އެއާރޕޯޓްގެ ވެސް 10 ވަރަކަށް ކައުންޓަރުލާ ނަމަކަށް ބޭރަށް ރީތިކޮށް ތަނެއްހަދާ މުޅި ޕްރޮޖެކްޓްގެ ބޮޑުބައި އޮންނާނީ ޖީބަށް ކަހާލާފަ. އަހަރުމެން ދިވެހިންނަށް އޯކޭވާނެ ނަމަކަށް ތަނެއް ހަދާ ތަން ދައްކާލީމާ
އުއްތަމަ އުސްތާޛް
20 April 2022
ބުރިޖުގެ ކުރެހުމަކު ދުވަހަކުވެސް 4 ލޭނެއް ނެތް. ތިއީ ހުސް އެމްޑީޕީގެ ޕްރޮޕެގަންޑާ. މި ސަރުކާރުގެ ހޮސްޕިޓަލް ތަކުގެ ކުރެހުމަށްވެސް އެވަނީ ބަދަލު ގެނވިފައި. ސަބަބަކީ އަދި ކުރަހާވަރަށް ބަޖެޓު ނުކިބުން. އޭގެ މާނައަކީ ބަޔަކު އެއްޗެއް ކެއީކީއެއް ނޫން
ހަންބެ
20 April 2022
ދޮންކަލޯ ގެނައި ސަރުކާރަށް ތަރައްޤީގެ ކަންފުޅެއް ނުގެނެވުނުތާ ޖީބަށް އަޅާނެ އެއްޗެއްވެސް ނުލިބުނުތާ!
އެމެރިކާ
20 April 2022
ކުރީގެ ސަރުކާރުގެ މިންނެ މަސައްކައް.
ގެދޮރު ނެތް މާލޭމީހާ
19 April 2022
ބަލާލަން ވަރަށް ރީތި. ދައުލަތަށް ބުރަބޮޑުވާ ގޮތަށް އޮތް ކުރެހުމަކަށް ވެ އަލުން ބަލުން އެ މަސައްކަތް ކުރާ ގޮތަށް ނުވާނެކަމަށް އުއްމީދު ކުރަން
ސޔާސަތ
20 April 2022
ދައުލަތުގެ ވަޒީފާ އިތުރުކުރުން ނޫން ކޮންމެ ކަމަކީވެސް ދައުލަތަށް ބުރައެއް
ބޮޑުމީހާ
19 April 2022
ރާއްޖެ ސިންގަޕޫރަށް ހެދޭނީ ރައީސް ޔާމިނަށް. އިބޫ ސޯލިހުއަށް އިގޭހާވެސް ކަމަކީ ޗޯކުޖަހައިގެން މީޑިއާ ސްޓަންޓްޖެއްސުން
އޮނަރަބްލް އަފީފު ދީދީ
19 April 2022
އެވިއޭޝަންދާއިރާގެ ޕޮލިސީކަޑައަޅަން ރައީސް އޮފީސްތެރޭގައި މަސައްކަތްކުރައްވަންތިބި މީހުނާއި (ރާޒީ ފަދަ ކ.އަތޮޅު މާލޭމީހުން) އަދި ވީއައިއޭގެ ބޯޑްގައިތިބި މާލޭގެ މަހުޖަނުންނާއި އެކުންފުނީގެ އިސްވެރިންގެގޮތުގައިތިބި އެރަށުމީހުނާއި މަޖިލީހުގައިތިބި އެމީހުންގެ މެންބަރުންދަނީ ހަނިމާދޫ އަދި ގޭންއެއަރޕޯޓްގެ ކުރިއެރުމަށް ހުރަސްއެޅޭފަދަ ޤަވާއިދުހަދާ ތަންފީޒު ކުރަމުން. # އެއަރޕޯޓް ޑިވޮލޯޕްމަންޓް ފީގެ ގޮތުގައި ނަގާންފެށި ޗާރޖަކީވެސް މިކަމަށް ހެދި ޤާނޫނެއް.
ޒޫމް
20 April 2022
ތިޔައީ ހާދަ ޖާހިލު މީހެކޭ ދޯ. ކޮންމެ ކަމެއް ނަސްލީ ތަފާތުކުރުމަކަށް ހަދާ ނަފްރަތު އުފެއްދުމަށް ތިޔަ މަސައްކަތް ކުރަނީޔޯ؟ ކުޑަ ސިޓީ ޒާމާނެއް ނޫނޭ މިހާރު މީ. ހަޖަމުކުރަން ދަސްކޮށްބަލަ.
ރޯޒަސް
20 April 2022
ރޯދަމަހުވެސް މީނަ އުޅެނީ ނަފުރަތު އުފެއްދުމާއި ފަސާދާގައި
އަލީބެ
20 April 2022
މިސަރުކާރު އަދިވެސް އުޅެނީ މާލޭއަތޮޅު ހުރިހާ ފަޅެއް މާލޭގެ ބަޔަކަށް ހަދާ އެރަށުގެ ވަކިއާއިލާ ތަކަކަށް ގޯތިދީ ބަހާލެވޭތޯ. މިއީ ނިކަމެތި ދިވެހިންނަށްއޮތް މިންވަރުތޯ. ؟ ގޯތިދޫކުރާނަމަ މާލޭކޮންމެ ރައްޔިތަކަށްވެސް ކުރިމަތި ލެވެންޖެހޭނެ އިންސާފުންވިއްޔާ.