2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ނިއުގެ މެޗެއްގެ ތެރެއިން ސެންޓޭ (ކ) ޓީސީގެ ރިޒްވާން ކައިރިން ބޯޅަ ހިފައިގެންދަނީ.--
25 ޑިސެމްބަރ 2016 - 10:00
މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާއިރު، މިއީ އޭނާ އެ ޓީމަށް ކުޅެން ސޮއިކުރި ތިން ވަނަ ފަހަރެވެ. ކުރިއަށް އޮތީ ސެންޓޭ ނިއު އަށް ކުޅޭނެ ފަސް ވަނަ ސީޒަނެވެ.
އޭވައިއެލް އިން ވިދާލި ސެންޓޭ ވެލެންސިއާ އަށް ކުޅުމަށް ފަހު ނިއު އަށް އެންމެ ފުރަތަމަ ބަދަލުވީ 2011 ވަނަ އަހަރެވެ. އެ ސީޒަނުގައި ކާމިޔާބެއް ނުހޯދުނުއިރު ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ކުޅުމަށް ފަހު 2013-2015 އަށް އަނެއްކާ ވެސް ނިއު އަށް ކުޅުނެވެ. އެ ތިން ސީޒަނުގައި ނިއު އިން ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް ހޯދިއިރު ސެންޓޭގެ ދައުރު ވަރަށް ބޮޑެވެ.
ސެންޓޭ "މިހާރަ"ށް ބުނީ ނިއު އަކީ އޭނާގެ ކެރިއަރުގައި އަބަދުވެސް އެންމެ ހާއްސަ އެއް ކްލަބް ކަމަށެވެ.
"ކްލަބް ކެރިއަރުގައި މިހާތަނަށް ލިބިފައި އޮތް ހުރިހާ ކާމިޔާބީއެއް ލިބުނީ ނިއުގައި ހުރެ. އެއީ މި ކްލަބަށް އައުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބު. ދެން މި ކްލަބާ އަހަންނާ އޮންނަ ގުޅުން ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރި. އަދި ފެމިލީ ވެސް ބޭނުންވޭ ނިއު އަށް ކުޅެން،" ސެންޓޭ ބުންޏެވެ.
ޓީސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ސެންޓޭ އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސެންޓޭ އަކީ މި ސީޒަނުގައި 34 ލަނޑު ޖަހައި ރަން ބޫޓު ކަށަވަރުކުރި ކުޅުންތެރިޔާ އެވެ. އަދި އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯޅަ އިންދޭ އެވޯޑަށް ނޮމިނޭޓްވި ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ސެންޓޭ ހިމެނެ އެވެ.
މިއީ ސެންޓޭގެ ކެރިއަރުގައި އޭނާ ސީޒަނުގެ ހުރިހާ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ނުލިބުނު ނަމަވެސް ޓީސީގައި ހުރެ އޭނާ ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ.
"ޓީސީގައި ތަށްޓެއް ނުލިބުނުކަން އެކަނި. ބާކީ ހުރިހާ ކަމަކާ މެދު ހިތްހަމަ ޖެހޭ. ކްލަބާ މެދު ހިތްހަމަ ނުޖެހުމެއް ނެތް. ޓީސީގައި ހޭދަކުރި ދުވަސްތައް މަތިން އަބަދުވެސް ހަނދާން ހުންނާނެ. ޓީސީގައި އޮތީ އެކުވެރި ރޫހެއް. ކެރިއަރުގައި އަދިވެސް ޓީސީން ފުރުސަތު ދީފިނަމަ އަލުން އެ ޓީމުގެ ޖާޒީގައި ފެނުމުގެ ފުރުސަތު އެބައޮތް،" ބ. އޭދަފުށްޓަށް އުފަން ސެންޓޭ ބުންޏެވެ.
މިފަހަރު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސެންޓޭ ވަނީ ޓީސީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ފައިނަލަށް ގެންގޮސްދޭން އެހީތެރިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާދޯ!
26 December 2016
لسلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم މިހާތަނައް ތިކްލަބައް ބަދަލުވި އެއްވެސް ކުޅުންތެރިޔަކު ހުރިވަރައްވުރެ ކުރިޔައް ދާކަމެއް އެއްގޮތަކައްވެސް އެގިފައެއްނެތް ހަމަހޭހުރި ކޮންމެ އިންސާނަކައް ވެސް އިގޭނެކަމައް ލަފާކުރެވޭ އިގިދާނެތާ ، އެވެސް އިންސާނަކައް ދެރަގޮތެއް ދުވަހަކުވެސް ވުމަކައް ބޭނުމެއް ނޫން ، ﷲއިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނިބަހުގަ ހުރިވަރުވެސް އިގިދާނެ ތާ؟! ބަލާތިިި ! 2. إنشاء ﷲ 1. أمن ،،،،،!.
ޔަގީންބާ ؟!،
26 December 2016
السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم މިހާތަނައް ތިކްލަބައް ބަދަލުވި އެއްވެސް ކުޅުންތެރިޔަކު ހުރިވަރައްވުރެ ކުރިޔައް ދާކަމެއް އެއްގޮތަކައްވެސް އެގިފައެއްނެތް ހަމަހޭހުރި ކޮންމެ އިންސާނަކައް ވެސް އިގޭނެކަމައް ލަފާކުރެވޭ އިގިދާނެތާ ، އެއވެސް އިންސާނަކައް ދެރަގޮތެއް ދުވަހަކުވެސް ބޭނުމެއް ނޫން ، ﷲއިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނިބަހުގަ ހުރިވަރުވެސް އިގިދާނެ ތާ؟! ބަލާތިިި ! 2. إنشاء ﷲ ،،،،،!.
އިބރާހިމ
26 December 2016
މިފަހަރު ދަގަނޑޭ ގެންނާނެ ކަމެއް ނެއް. ދަގަނޑޭ ނިއުއައް ވަރަށް މޮޅައް ކުޅެދީފި، މިފަހަރު ދަގަނޑޭ ގެނެސްގެން ރަނގަޅު ކާމިޔާބީއެއް ނުލިބިއްޖެނަމަ ދަގަނޑޭ އައްވެސް ލިބޭ ހަޑި ނަމަކައްވާނީ،
އަޙްމަދު
25 December 2016
ސެންޓޭ އާއެކު ދަގަނޑޭވެސް ނިއުއަށް ގެންނާނެ ކަމަށް އުންމީދު ކުރަން.