ހުޅުމާލޭގެ މަގެއް: ފޭސް އެކެއްގެ ދެ ސަރަހައްދަކުން 70 ޖާގަ ކުއްޔަށް ޕާކިންއަށް ދޫކުރާނެ-- ފޮޓޯ: ނިޝާން އަލ/ މިހާރު
25 އެޕްރީލް 2022 - 11:13
ހުޅުމާލޭގެ ދެ ސަރަހައްދަކުން 70 ޕާކިން ޖާގަ ކުއްޔަށް ދޫކުރަން ނިންމައި، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކާރު ޕާކުކުރުމަށް ޖާގަ ދޫކުރަން ނިންމާފައި ވަނީ ފެރީ ޓާމިނަލް ކައިރިން "ފިތުރޯނު ޕާކިން" އިން 50 ޖާގަ އަދި ރެޑްވޭވް މެގަމޯލް ކައިރިން "އުނިމާ ޕާކިން" އިން 20 ޖާގަ އެވެ.
އެޗްޑީސީން މިއަދު ބުނި ގޮތުގައި ހުޅުމާލޭގައި އުޅޭ މީހުންނަށް ފަސޭހަ އަދި ހަމަހަމަ އުސޫލަކުން ވެހިކަލް ޕާކު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން 70 ޖާގަ ކުއްޔަށް ދޫކުރަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
އެކަމަށް ޝައުގުވެރިވާ މީހުންނަށް ބީލަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 އިން 11 އާ ދެމެދު އެޗްޑީސީގެ ހެޑް އޮފީހުގަ އެވެ. ބީލަން ފޯމު ހުޅުވުން އޮންނަނީ 11:15 ގަ އެވެ.
އެޗް.ޑީ.ސީގެ ޕެއިޑް ޕާކިންގ ސްލޮޓް ތަކަށް ކުރިމަތިލުމާ ގުޅޭ pic.twitter.com/oGC1Xhcmsp
— HDC (@hdcmaldives) April 25, 2022
ހުޅުމާލެއިން ޕާކިން ސްލޮޓް ދޫކުރަން އެޗްޑީސީން ނިންމިއިރު ކުރިން ގަރާޖެއް ނެތަސް ހުޅުމާލޭގެ ކޮންމެތަނެއްގައި ޕާކު ކުރެވޭ ގޮތަށް އެޗްޑީސީން ދިޔައީ އުޅަނދު ރަޖިސްޓްރީ ކޮށްދެމުންނެވެ.
ފަހުން އެ އުސޫލު ބަދަލުކޮށް، ފްލެޓްތަކާއި ރޯ ހައުސް ނުވަތަ ބިންތަކުގެ ވެރިފަރާތަށް އެކަނި އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް ވެސް ބަދަލުކުރި އެވެ.
ހުޅުމާލޭގެ އާބާދީ ބޮޑުވެ އެ ރަށް ތޮއްޖެހުން ކުޑަކުރުމަށް މިހާރު އެޗްޑީސީން އުޅަނދުތައް ރަޖިސްޓްރީ ދެ ގޮތަކަށް ބަލައިގެންނެވެ. އެއް ގޮތަކީ ގަރާޖު ހުރި ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުމެވެ. ދެވަނަ ގޮތަކީ ކުރިން ވަކިވަކި ފްލެޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ހުއްދަތައް ބާތިލުކޮށް އެތަނަށް ހުއްދަ ރިޕްލޭސް ކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުނެތް ގެދޮރަށް ޝަރުތުހަމަނުވާ މާލޭމީހާ
26 April 2022
ރަށްރަށު މީހުންނަށް ފްލެޓްވެސް ދަފްތަރު މީހުންނަށް ގޯތިވެސް ވެސް އަދި މާލެ އާއި ހުޅުމާލޭގެ ޕާކިން ޒޯނުތައްވެސް. މާލޭ މީހުންނަށް އޮތީ ކޮންމެ ބަޔަކުވެސް ވެރިކަމަށް ގެންނަށް ދޮގުވަޢުދުތައް ޤަބޫލުކޮށް ވޯޓުލައިދީގެން ވެރިކަމަށް ގެނެސްދިނުން.
ޗޮކުން
26 April 2022
ލާރިއާހެދި މަރުދަން ޖެހެނީ. ޖަރާޖައް ވައްދާ ކާރެއްނެތް. މުޅި މަގުތަކުގެ ދެފަރާތް ފުރިފަ. ދެން މިކިޔަނީ ޕާރކިން ދެނިއްޔޭ. ނުދުއްވާ ކާރުތަކާ ޕިކަޕުތައް މުޅި މަގުފުރާ ތިއޮތީ. އެ ބޮނޑިވަރުތައް ނުނެގޭ ބަޔަކައް ކީއްކުރެވޭނީ. އެޗްޑީސީއައް މަގުތައް ނުފެނޭ. ޕޮލިހުން ކީއްކުރާ ބައެއް. ބޮޑު މުސާރަކާލަން ތިބޭ ބޯތަކެއް. ތި މަގުތަކުން ބާ ވެހިކަލް ނެގީމަ ނިމުނީނުން. ދުއްވާ ވެހިކަލްތަކައްވުރެ ނުދުއްވާ ވެހިކަލް ގިނައީ. ފެއިލްވެފަތިއޮތީ. ޗޮކުންގޮސް މުޅި މަގުތައް
ގަރާޖުހަދާށޭ
25 April 2022
މީދެން ކިހާބޮޑުވެއްޖެކަމެއް. ކޮންމެ ގެއެއްގައި ގަރާޖުހަދާބަލަ. އޭރުން ކޮންމެ ގެއެއްގައިވެސް އެގެއެއްގައި ދިރިއުޅޭމީހުންގެ ވެހިކަލްތައް ބެހެއްޓޭނެ. ތިހެން ކަންތައް ކުރަންޏާ މިގޭގެ އައިސް އަލަމާރިއާއި ދޮންނަ މެޝިނާއި ޓީވީ ފަދަތަކެތި ބަހައްޓާލަން އަހަރެންވެސް ބޭނުން އަގުދައްކައިގެން ނަމަވެސް ތަންކޮޅެއް
އިސްމާލު
25 April 2022
މުއްސަނދިންނަށް މޮޅުގޮތް 17ބިލިޔަންގެ ރިސޯޓުކުލިވެސް މާފުކުރަން އެއުޅެނީ ދޮރުމަތިން 1500ރ ޕާކިންވިއްކީމަ ކުރިންގަރާޖުގައި ޕާކުކުރި މީހުންވެސް މިހާރު މަގުމަތީޕާކުކުރަނީ ނިކަމެތިން ވީމަ އެއްއިރުކާންޖެހެނީ ހިގާފައުޅެންޖެހެނީ މިއީ އެއްބަޔެއްގެ ވިސްނުމަކީ ނިކަމެތިން ބުރަމަސައްކަތުން ހޯދާފައިސާ ކޮޅު ފޭރިގައްނަނީ
76543
25 April 2022
ޕާކިން އަގުބޮޑުކުރަން އެބަޖެހޭ.ކާރުތައް މާގިނަވަނީ ޕާކިން އަދި ރޯޑްތެކްސް މާ އަގުހެޔޮވީމަ.
68543
25 April 2022
ނިކަމެތި މީހާ ފައިމަގުގަ ހިނގާލިޔަސް ފާފައެއް ނުވާނެ.ކޮންމެހެން ސައިކަލައް ސަވާރަ ވާކައް ނުޖެހޭ.ނިކަމެތި މީހާގެ ހިތް ތިރިވާން އެބަ ޖެހޭ.
ޢިބޫ
25 April 2022
ތިހެން ހުޅުވާލި މީގެ 3ން މަހެއް ކުރިން މާލޭ ސިޓީ ކައުންސިލުންވެސް، ޕޯޓަލް މެދުވެރިކޮއް، މާލޭގޭ މަގުތަށް އެބަފުރޭ ޒޯންތަށް ދޫކޮއް، ޕޯޓަލުން ހުށައެޅި ގިނަމީހުންނަ ހަބަރެއްނުވޭ އެތެރެ އެތެރޭން ނިންމާލަނިއްޔޯ.
ރޯޒަސް
25 April 2022
މުއްސަނދިންނަށް ގޭ ދޮރުމަތީ ގައިކާރު ޕާކް ހަދައި ނިކަމެތިންނަށް ޕާކް ނުކުރެވޭ ގޮތް ހަދަނީއޭ ބުނިއްޔާ މާތާހިރުވާނެ. މިހާރު މާލޭގައިވެސް ބާއްވާނެ ގަރާޖު ދައްކައިގެން ވައްދާފައި ހުރިކަމަށްބުނާ ކާރުތަކަށް އެދެނީ ގޭ ދޮރުމަތީ ޕާކު ރަޖިސްޓްރީ ކުރަންޖާގަ. އޭގެން ކޮންމެ ޖާގައެއްގައި ނިކަމެތިންގެ 10 ސައިކަލު ބެހެއްޓޭ!!!! ރައްޔިތުން ހެޔޮއެދޭކަމަށް ބުނާ ޕީޕީއެމްގެ ސިޓީ ކައުންސިލް ލަދު ގަންނަން ޖެހޭނެ. ތީން ކޮންމެ ޖާގއަކީ ހަމަ ހުސް ކަޓު.
ސައުދާގަރު
25 April 2022
ހިނގާފަ އުޅެބަލަ. ތި ހާސަރު ދަމާކަށް ނުޖެހޭނެ.
ހައްޕުނޑު
25 April 2022
ބޭނުމެއް ނޫން.