26 އެޕްރީލް 2022 - 11:46
އެމެރިކާ އާއި ވިލާތުގެ ގައުމުތައް ގުޅިގެން އެކުލަވާފައިވާ އަސްކަރީ ގުޅުން، ނޭޓޯ އިން މިހާރު ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި ރަޝިޔާ އިން ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ޚާއްސަ ހަރަކާތްތަކާ ދެކޮޅަށް ޔޫކްރޭން ސިފައިން ބޭނުން ކުރުމަށް، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަކީ، އޭގެ ޒާތަށް ބަލާއިރު ނޭޓޯ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވުމެވެ.
"އެ ހަތިޔާރުތަކަކީ ޔޫކްރޭންގައި އަސްކަރީ ޚާއްސަ ހަރަކާތްތައް ހިންގާ ރަޝިޔާ ސިފައިންނަށް ހަމަލާ ދިނުމަށް ސީދާ ބޭނުންކުރާނެ ހަތިޔާރުތަކެއް. ނޭޓޯ، އޭގެ ޒާތަށް ބަލާއިރު، މިހާރު އެދަނީ ދެ ވަނަ ފަރާތެއް މެދުވެރިކޮށް ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން. އަދި ދެ ވަނަ ފަރާތަށް ހަތިޔާރު ދެމުން އެބަދޭ. ކޮންމެ ގޮތަކަށް ކުރިޔަސް ހަނގުރާމަ ވާނީ ހަނގުރާމަ އަށް،" ލަވްރޯވް ވިދާޅުވި އެވެ.
ލަވްރޯވް މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔޫކްރޭނަށް އިތުރު ހަތިޔާރު ނުފޮނުވުމަށް ރަޝިޔާ އިން ވަނީ އެމެރިކާ އަށް އިންޒާރުކޮށްފަ އެވެ. ރަޝިޔާ އިން އިއްޔެ ބުނި ގޮތުގައި ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޮނުވުން ހުއްޓުވުމުގެ ގޮތުން، ރަޝިޔާ ސިފައިން ވަނީ، ޔޫކްރޭނަށް ހަތިޔާރު އެތެރެ ކުރުމަށް ބޭނުންވާ ރޭލު މަގުތަކަކަށް ހަމަލާދީ ހަލާކުކޮށްލައިފަ އެވެ.
ރަޝިޔާ ސިފައިން ހަމަލާދީ ހަލާކުކޮށްލީ ޔޫކްރޭންގެ ހުޅަނގާއި މެދުތެރޭގައިވާ ހަ ރޭލު މަގެއް ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން ބުނެ އެވެ. ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިން އެންމެ ފުރަތަމަ ހިފި ޚެރްސޯން ސަހަރުގެ ކައުންސިލް އިމާރާތް އިއްޔެ ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އެ ސަހަރުގެ މޭޔަރު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، އެއްގަމާއި ކަނޑާއި ވައިގެ މަގުން ދޭން ފެށި ހަމަލާތަކުގައި އެންމެ ފުރަތަމަ އަމާޒު ހިފީ، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށެވެ. އެކަމަށްޓަކައި، ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ވަން ރަޝިޔާގެ ލަޝްކަރު މަސްދުވަސް ވަންދެން ހަނގުރާމަ ކޮށްގެން ވެސް، އެކަން ކާމިޔާބުނުވުމުން، ރަޝިޔާ ސިފައިންގެ ހަމަލާތައް ވަނީ، ޔޫކްރޭންގެ އިރުމައްޗާއި ދެކުނަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވަރު
27 April 2022
މީ ޕްރޮކްސީ ހަނގުރާމައެއް. ދުނިޔޭގައި އޮޮތްހާ މޮޅު ހަތިޔާރު ޔޫކުރޭނަށް ދީގެން ނޭޓޯއާ ރަޝިޔާއާ މިހާރު ހަނގުރާމަކުރަނީ. އެހެންވީމާ ރަޝިޔާއަކަށް ފަސޭހައެއް ނުވާނެ ވިން ކުރާކަށް. އަނެއްކޮޅުން ހެސްކިޔާފަ ދަތިކުރުމުގެ ފިޔަވަޅުއަޅާފަ ތިއޮތީ. އަމިއްލަ ތެލާ ގޭސް ނެތްނަަމަ، ރަޝިޔާގެ ދުވަސް ދިޔައީސް، އާ ކޮމާންޑަރުގެ ދަށުން މިހާރު ރަޝިޔާއިން ބޭނުންކުރަނީ މުޅިން އެހެން އުކުޅުތަކެއް.
ސަލީމު އިދުރީސް
28 April 2022
މަހީކުރީ ދުނިއޭގަ ހުރި އެންމެ މޮޅެތި ހަތިއާރު ރޫސީވިލާތުގަ ހުރެގެން ކަމައް ދުނިއެ އަތް ދަށުލާން ހަނގުރާމަ ފެށީ! އެންމެ ފަހުން މިވީ ލެއްގި ކޮމިޝަނަރ ބުނިގޮތައް ރޫސްސީން އަތުގަ މިހޫރީ ސޯވިއަޓު ޒަމާނުގެ ދަބަރު ޖާހާފަހުރި ބާދަގަނޑު
ސަލީމު އިދުރީސް
27 April 2022
ބީރުބޮލު ވަޒީރުއަށް ނޭގޭތޯ އެއްވެސް މީހަކު ބޭނުން ވާހާ ގޮތައް މިދުނިއެ ނުހިނގާނެކަން! 50ގައުމުގެ މައްޗައްކުރިހޯދޭނީ ގައުމާ ޖެހިގެންއޮތް ކުޑަ ގައުމެއް މައްޗައް ކުރިހޯދޭވަރު ބާރެއް ހުރެގެންކަން ބީރުބޮލު ވަޒީރާ ރަދީފުއަށް ނޭގޭތޯ؟ ޖެހިގެންއޮތް ކުޑަގައުމެއް މައްޗައް ކުރި ނުހޯދިގެން އަމިއްލަޔައް މަރުވާން ދުނިއޭގަ ނިއުކުލިއާ ހަނގުރާމަ ފަށަން އޫޅޭ ސުފަ ފަވަރެކޯމިއީ!އެމެރީކާ މީހުން އެތައް ހާސްމޭލު ދުރުގަތިބެގެން ސުފަވަރު ބަލިކުރަނީ!
ބީރުބޮލު ވަޒީރު.
26 April 2022
ލަވްރޯފް ނުބުންޏަސް މުޅި ދުނިޔެ ދަންނަ ހަގީގަތެއް ރަސިއާ ހަނގުރާމަކުރަނީ ފަންސާސް އެތައް ގައުމަކާ ދެކޮޅަށްކަން. ތިއަ ހަނގުރާމައިގާ ޔޫކުރޭނު ބަލިވެ އެމެރިކާ އާއި ޔޫރަޕު ބޮޑު ބައްޔަކުން ބަލިވުން އެއީ އަހަރުމެން ބޭނުންވާ ގޮތް. ލެއްގި ކޮމިޝަނަރުވެސް މިހާރު ފިލައިގެން އުޅެނީ ރަސިއާ ގަދަވާތީ.
ރަދީފްއޮފިޝަލް
26 April 2022
އެއްކަމެއް ވެސް ނުކުރެވޭނެ.ކަލޭމެން 50 ގައުމާއި ދެކޮޅަށް އަހަރުމެން މިތިބީ ނިކުމެފަ.ކަލޭމެން ފުނޑާލާނަން.
ޡަމް
26 April 2022
ކޮން އިރަކުން ފުނޑާލަނީ.