ރަޝިޔާގެ ބޮޑެތި ވިޔަފާރިތަކުގެ އިސް މީހުންނާ ޕުޓިން ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
28 އެޕްރީލް 2022 - 12:12
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތްތަކަށް އެއްވެސް ގައުމަކުން ހުރަސް އަޅައި ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، ވިދުވަރެއްހާ ހަލުވިމިނުގައި ރައްދު ހަމަލާތައް އެ ގައުމަކަށް ކުރިމަތިވާނެ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ އިންޒާރު ކުރައްވައިފި އެވެ.
ރައީސް ޕުޓިން މި މޭރުމުން މި އިންޒާރު ދެއްވީ، ޔޫކްރޭންގެ ދެކުނު ސަރަހައްދަކަށް ރަޝިޔާ ސިފައިން ހަމަލާދީ، ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވި ގިނަ އަދަދެއްގެ ހަތިޔާރު ހަލާކުކޮށްލައިފި ކަމަށް ރަޝިޔާގެ އަސްކަރިއްޔާ އިން އިއްޔެ ބުނެފައިވަނިކޮށެވެ.
"އެއްވެސް ބަޔަކަށް ފަޚުރުވެރި ނުވެވޭ ވަރުގެ އާލާތްތައް އަހަރެމެންގެ އަތުގައި އެބަހުރި. ބޭނުން ޖެހިއްޖެ ހިނދެއްގައި އަހަރެމެން އެ ތަކެތި ވެސް ބޭނުން ކުރާނަން،" ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ޕުޓިން އެ އިޝާރާތް ކުރެއްވި އާލާތްތަކަކީ، އެ ގައުމުގައި ހުރި ބެލެސްޓިކް މިސައިލަތަކާއި ނިއުކްލިއާ ހަތިޔާރަށެވެ.
"ޔޫކްރޭނުން ބޭރުން އެއްވެސް ބަޔަކު، ޔޫކްރޭންގައި މިހާރު ހިނގާ ކަންކަމުގެ ތެރެއަށް ވަދެގަނެ ރަޝިޔާގެ ސަލާމަތަށް ނުރައްކާ ކުރަން އުޅެފި ނަމަ، އެކަމަށް އަހަރެމެން ރައްދު ދޭނީ ވިދުވަރެއްހާ ހަލުވިމިނުގައި. އެފަދަ ހާލަތްތަކުގައި ރައްދު ދިނުމަށްޓަކައި ބޭނުންކުރުމަށް، އެއްވެސް ބަޔަކަށް ފަޚުރުވެރި ނުވެވޭ ފަދަ ހުރިހާ އާލާތްތައް އަހަރެމެންގެ އަތުގައި އެބަހުރި. އެއީ ހަމައެކަނި ފަޚުރުވެރިކަމުގެ ގޮތުން ރައްކާކޮށްފައި ބަހައްޓާނެ ތަކެއްޗެއް ނޫން، ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި، އެ އާލާތްތައް އަހަރެމެން ބޭނުން ކުރާނަން."
ޕުޓިން މި މޭރުމުން އިންޒާރު ދެއްވި އިރު، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި ޔޫކްރޭނަށް އިތުރު ހަތިޔާރު ދިނުމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ވައުދުވެފަ އެވެ. އެމެރިކާ އިން ނިންމާފައިވަނީ މި ހަނގުރާމައިގައި ރަޝިޔާ ބަލި ކުރެވެންދެން ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭށެވެ.
ރައީސް ޕުޓިން ވިދާޅުވި ގޮތުގައި އެފަދަ ހާލަތެއްގައި ރައްދު ދޭން ޖެހިއްޖެ ނަމަ، އެކަމުގައި ބޭނުންކުރާނެ ހުރިހާ ވަސީލަތްތަކާ މެދު މިހާރު ވަނީ ގޮތް ކަނޑައަޅައި ނިންމައިފަ އެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ޕުޓިން ނުދެއްވަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށި ގޮތަށް، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ރަޝިޔާ ސިފައިން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދު ހިފުމަށެވެ. ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ދޮންބާސް ސަރަހައްދަކީ، ޔޫކްރޭނުން ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ނުފޫޒު ގަދަ ސަރަހައްދެކެވެ.
ދޮންބާސް ސަރަހައްދު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ވެސް ރަޝިޔާ ސިފައިންނަށް ވަރަށް ގިނަ ގެއްލުންތަކެއް ލިބި، ބޭނުންވާ ބާރުމިނުގައި ކުރިއެރުންތައް ނުލިބޭ ކަމަށް ހުޅަނގުގެ އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ. ދޮންބާސް ސަރަހައްދުގައި ތިބި ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން ދަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދެމުންނެވެ.
ޔޫކްރޭންގައި ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ބަލިކުރުމަށްޓަކައި ކުރާނެ ކަންކަމާ ގުޅޭ ގޮތުން، ޖަރުމަން ވިލާތުގައި ހުޅަނގުގެ ގައުމުތަކުގެ ވަޒީރުން ފެންވަރުގެ ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުމުގެ ބައިވެރިން އެއްބަސްވީ، ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އިތުރު ހަތިޔާރު އެ ގައުމަށް ފޮނުވުމަށެވެ.
އެ ގޮތުން ޖަރުމަން ވިލާތުގެ ބަރު ހަތިޔާރު ޔޫކްރޭނަށް ފޮނުވަން އެގައުމުން ވަނީ ނިންމައިފައެވެ. ޔޫކްރޭނަށް ފޮނުވުމަށް ޖަރުމަން ސަރުކާރުން ނިންމި ހަތިޔާރަކީ މަތިންދާބޯޓަށް ހަމަލާ ދިނުމަށް އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެވެ.
މި ޓޭންކުތައް ޔޫކްރޭނަށް ފޮނުވަން ނިންމިކަން ޖަރުމަނުން އިއުލާންކުރީ، އެ ގައުމުގައި ހުރި ދުވަސްވީ ބައެއް ބަރު ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުމުގެ ހުއްދައަކަށް އެދި، ޖަރުމަންގެ އަސްކަރީ ކުންފުނި ރައިންމެޓަލް ޑިފެންސްގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށެވެ. ޔޫކްރޭނަށް ފޮނުވުމަށް އެ ކުންފުނިން އެދުނު ބަރު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ލެޕާޑް 1އޭ5 މަރުކާގެ 88 ޓޭންކާއި މާޓެން މަރުކާގެ 100 ޓޭންކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
996585
30 April 2022
ރަޝިޔާއަކީ މިލިޓަރީ ވަރުގަދަ ބާރެއް.ޔޫކްރެއިން އިން ރަޝިއާއާ ހަނގުރާމަ ކުރުމަކީ މޮޔަކަމެއް. ރަޝިޔާ ނޫން ޤައުމެއް ނަމަ މިހާރު ޔޫކްރެއިން ސުންނާފަތިކޮށްފަ އޮންނާނީ. ޔޫކްރޭންގެ ވެރިއަކަށް ހުރީ މޮޔައެއްވީމަ މިހާރު ރަޝިޔާއިން އެބަޖެހޭ ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްހަވާން. ވިލާތުގެ ޤައުމުތަކާ ހުޅަނގުގެ ގައުމުތައް އެއްވެގެން ހަނގުރާމައެއް ފަށައިފި ނަމަ މަދު ސިކުންތު ކޮޅެއްތެރޭ ރަޝިޔާވެސް ޗާޓުން ފޮހެލެވޭ ވަރުގެ އަސްކަރީ ބާރު ހުރި ޤައުމުތައް އެބަތިބި.
ޕޮއް
30 April 2022
މިފަހަރު ބޭނުންވަނީ ރަޝިޔާއަށް މިކަން ކާމިޔާބުވާން. އެމެރިކާއަށް ރަނގަޅު ފިލާވަޅެއްވެސް ލިބޭނީ އޭރުން. އެމެރިކާއިން ތަންތަން ލޫޓުވާ ގައުމުތަކުގެ ރައީސުން މަރާހެދިއިރުވެސް އެކަމާ އިދިކޮޅަށް އެހީތެރިވީ ބަޔަކު ނެތް. ދެން ރަޝިޔާ ކުރާ ކަންތަކާ ކޮންބެހޭކަށެއް. މަބުނާނެ ވާހަކައެއްނެތް. ވެއްޓެންއޮތިއްޔާ އެމެރިކާއަށް ނިއުކުލިއާ ބޮމެއްވބެސް ވައްޓާލާތި. އެމީހުންނަކީ މީގެ ކުރީންވެސް ގައުމެއް ފަނާކޮށްލިބައެއް. އެކަމުގެ ބަދަލު މިފަހަރު ހިފަންވާނެ.
ކްލިންޓަން
30 April 2022
ވިދުވަރެއްހެން ހަމަލަ ދީގެން ފުރަަތަމަ ޔުކްރެން ހިފާބަލަ
ގަމާރު
29 April 2022
ޔުކްރޭންވެސް ބަލިކުރެވޭނެ އެމެރިކާއިން އިރާގާއި ސީރިޔާގައި ހަމަލާދިންގޮތަށް މުޅިރަށް ސުއްނާފަތިކޮށްލީމަ އެމެރިކާއިން ދިންހަމަލާތަކުގައި ސީރިޔާގައި އެއްދުވަހުން ތިންހާހަށްވުރެ ގިނަމީހުން މަރުވެފައި އެބަހުރި ރަޝިޔާއިންދިން ހަމަލާގައި ތިންމަހުން ތިންހާސް މަރުވިކަމަށް އެބުނަނީ ރަޝިޔާއަތުގައި ހުރިވަރުގަދަ ހަތިޔާރުތައް ބޭނުންކުރަން ފެޝީމަ ވާގޮތް އެގޭނެ އެމެރިކާއިން މީގެތެރެއަށް ވަދެއްޖެނަމަ އެމެރިކާ ފޮހެލާނެ ކޮރެޔާއިންވެސް ނިއުކްލިޔަ ހަމަލާދޭނެ އަދި ރަޝިޔާގެ ސުޕަޓޮނިކްމިސައިލުން ސީދާއެމެރިކާއަށް ހަމަލާދެވޭނެ
ސަލީމު އިދުރީސް
30 April 2022
ކަލެއް ގަމާރު ކިއަނި ވަނަމަކައް ނޫންދޯ!ބަލަ އެމެރިކާއެންނޫން ސޫރިއާ ހަނގުރާމާގަ ބޮޑައް ބައިވެރިވާނީ ސީދާ ރުސީން ކަންނޭގޭދޯ؟ ސޫރީއާގެ ކިތައްމީހުން ރޫސީންގެ ކުލޮރިން ގޭހުން މަރާލީ؟ މިލުޓުރީގޮތުން އެމެރިކާޢާ ކުޅެވޭވަރު ގައުމެއް އަދިނެއް! ރޫސީން މާހަނގުރާމަ ކުރަން މޮޅުވެގެންނޫން އެއުޅެނީ! ހަމައިން ނެއްޓިފަހުރި މީހަކު ލަޓިބުރިޔެއް ހިފައިގެންނިކުމެ ލާޑާނަމޭބުނީމަ ނިކަން ލަޑާށޭ ކިއާފަ އޭނަކައިރި ޔައްލެފުމަކީ ބުއްދިވެރި ކަމެއްނޫން! ބުއްދިވެރި ގޮތަކީ،
އައްލާ
29 April 2022
ރަސިޔާގަ ހުރި ނިއުކުލިޔަރ ހަތިޔާރަކީ މިއަދު މުޅި ދުނިޔެއަށްހުރި ނުރައްކަލަކަށް ވެއްޖެ. މޮޔައެއް އަތަށް ކަނޑިއެއް ލިބުނީމަ ވާނެގޮތް އެފެންނަނީ. ނިޔުކުލިޔަރ ހަތިޔާރު ބޭނުންކޮއްފިނަމަ ގެއްލުންވާނީ ހަމައެކަނި ޔޫކުރޭނެއްނޫން, މުޅި ދުނިޔެ ނުރައްކަލުގެތެރެޔަށް ވެއްޓޭނެ. ރާއްޖެ ކަހަލަ ކުޑަކުދަ ގައުމުތަކަށް ޖެހޭނެ ހާލެއްވެސް ނޭގެ.
ސަލީމު އިދުރީސް
29 April 2022
އޭތް ބީރުބޮލުވަޒީރު!އަޅުގަނޑު މިނޫހުގެ ހަބަރުތަކައް ކޮމެއްޓުކުރަނީ ސިކުނޑި ވަކިއެއްޗަކުން ފުރިސިކުނޑި އަޅުވެތިވެހުރެ އެއްނޫން!ހަނގުރާމަ ފަށައް އުޅުނުއިރުވެސް ބުނިން ތިކަމުގަ ދެކޮޅައް ވެސްވާހަކަ ދެއްކިދާނޭ!މިހާރު މިކަން މިދާގޮތުން ދެކެނީ ނިއުކުލިއާ ގާބިލުކަންހުރި ދުނިއޭގެމިލުޓުރީފައުޖު އެންމެބޮޑު އެއްގައުމު ނިއުކުލިއާ ހަމާލާ ދެނޭކަމައް އިންޒާރުދެނިކޮއް ހުޅަނގުން ނުވިސްނަ ކުރިއައް ދާކަމައް! މިކަމުގެ ޒިންމާނަގަން ޖޭހޭނީ ފުޓިން އެނި ކަމުގަ ނުދެކެން!
ޑޮކްޓާރ. ބަނާނާ
28 April 2022
ބަލަ ދިމާވާ ހުރިހާ ބަޔަކަށް އިންޒާރުދެއްވާ މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ވައްޓާލްނީ ތިޔާ ޕޫޓިން މަނިކުފާނު ހަމައިގެ ހުރެގެންތޯ؟ މައުސް އަށް ދަންނަވަން މިބޭފުޅާ ހަމޔަކަށް އަޅުވާލަން ދިވެހިރާއްޖޭ ގެ 7 ތަރި ރިސޯޓެއްގައި 7 ދުވަހުގެ ފުލްބޯޑް ފެކެޖެއް ޕޫޓިން މަނިކުފާނަށް ދެއްވަން. ޢެއިރުން މިބޭފުޅާ މައިތިރިވެދާނެ.
ރައްޒާގު
28 April 2022
އިޒްރޭލުގަ މަދެެނުވާނެ ރަސިޔާއިން ހިޖުރަކުރި ޔަހޫދީންނެއް. އަދި ޔޫކުރޭނަށްވުރެ ރަސިޔާގަ ޔަހޫދީން މަދެއްނުވާނެ. ވިއްޔަވާނީ ގިނަ. ނޭގޭތީ ބުނެލީ.
ކަކުނިބޯ
29 April 2022
ޢެއްޗެހިބަލާފަ ކިޔާބަލަ ރަޝިޔަގަ މަދުވާނީ ޔޫކްރޭންގް ގިނަވާނީ މިހާރު ފެއްސެނީވެސް ބޮޑަށް އެބާގަޑު
އައްލާ
28 April 2022
ޕްޓިން މީ ވަރަށް އިންސާނިއްޔަތުކަން ނެތް މީހެއް. ގައުމެއް ފުނޑުފުނޑު ކޮއްލާފަ މިބުނަނީ މި ހަގުރާމައިގެތެރެޔަށް އެހެންބަޔަކު ވަދެއްޖެއްޔާ ރައްދު ދޭނަމޭ. ހުޅަނގުގެ ގައުމުތަކުގަވެސް ތިބުނާކަހަލަ ނިއުކުލިޔަރ މިސައިލްތައް އެބަހުއްޓޭ, އެކަމަކު އެމީހުން އެޔަކުން ބަޔަކު ބިރުދައްކާކަށްނޫޅެ. އެމީހުންނަށް އެގޭ އޭގެ ބޭނުންކޮއްފިނަމަ އެއީ ދުނިޔޭގެވެސް ނިމުންކަން. ރަސިޔާ ބިމާ ހަމަކޮއްލާވަރުގެ ހަތިޔާރު ހުޅަނފުގަ ނެތީއެއްނޫން އެކަމަކު އެމިހުން ބޭނުމެއްނުވޭ ހަގުރާމަކުރާކަށް. އެއީ އެއްބަޔަކަށްވެސް ފައިދާވާނެކަމެއްނޫން.
އަފްރާސިޔާބު
28 April 2022
އައްލާއަށް ނޭނގޭދޯ ގަައުމުތަކާ އަދި އިންސާނިއްޔަތާ ދެކޮޅަށް މިހާތަނަށް ނިއުކްލިއަރ ހަތިޔާރާއި ބައިލޮޖިކަލް ހަތިޔާރު އަދި ޓެކްޓިކަލް ނިއުކްލިއަރ ހަތިޔާރާއި ކެމިކަލް ހަތިޔާރާއި ފޮސްފަރަސް ބޮން ބޭނުން ކުރީ އެމެރިކާއާއާއި ހުޅަނގުގެ ގައުމތަކުން ކަން. ނޭގޭނަމަ ބަލާހޯދާ! ޖަޕާނަށް ނިއުކްލިއަބޮން، ވިއެޓްނާމަށް އެޖެންޓް އޮރެންޖް. ޕޮލެންޑާދެކޮޅަށް ކެމިކަލްހަތިޔާރު، އިރާގާ ދެކޮޅަށް ޓެކްޓިކަލް ނިއުކްލިއަރ ބޮން. ސީރިއާއާ ދެކޮޅަށް ކެމިކަލް ފަލަސްޓީނަށްފޮސްފަރަސ
ވިކިލީކުސް
28 April 2022
3 ވަނަ ބޮޑު ހަނގުރާމައެއް ކުރިމަތިވެއްޖެނަމަ މިސަރަހައްދު ނާމާނަވާނީ. މިތާ އެއާޕޯޓު އޮންނާނީ ޑިއޭގޯ ގާސިއާގެ ސަބް ބޭސްއެއްގެ ގޮތުގަ. އިންޑިއާއިންވެސް ޗައިނާއިންވެސް ބަލާނެ މިތަނުގެ ކޮންޓުރޯލް ނަގައިގެން ކުރު މަގަކުން ހަނގުރާމަކުރަން. 3 ވަނަ ބޮޑު ހަނގުރާމައަކީ ނިއުކްލިއަރ ހަނގުރާމައަކަށް ވާނެތީ ރަޝިއާ އިން ވަރަށްވެސް ހިކުމަތްތެރިކޮށް އެފަދަ ހިތާމައަކަށް ދުނިޔެ ނުފޮނުވަން ވެގެން އެމަސައްކަތް ކުރަނީ. ޒެލެންސްކީ އަކީ ރޯނުފިލާ މޮޔައެއް