ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑްގެ ވަޒީފާއިން ވަކިނުވެ ރަންގްނިކް އޮސްޓްރިއާގެ ކޯޗުކަމަށް

މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗު ރާފް ރަންގްނިކް: ޖޫން މަހު އޮސްޓްރިއާގެ ކޯޗު ކަމާ އޭނާ ހަވާލުވާނެ އެކަމަކު ޔުނައިޓެޑްގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާނެ --- ފޯޓޯ: ގެޓީ އިމޭޖަސް

29 އެޕްރީލް 2022 - 17:35

މެންޗެސްޓާ (އޭޕްރީލް 29) - މިސީޒަނަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ފަށާ، އެޓީމުގެ މިހާރުގެ ކޯޗު ރާފް ރަންގްނިކް އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން އެއްބަސް ވެއްޖެ އެވެ.

ޔުނައިޓެޑްގެ އިންޓަރިމް ކޯޗުގެ ގޮތުގަައި ޑިސެމްބަރު މަހު އެޓީމާ ހަވާލުވި ރަންގްނިކް، ކުރިން ވެސް ހަމަޖެހިފައި އޮތީ އަންނަ ސީޒަނުން ފެށިގެން އެޓީމުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ގޮތަށެވެ. މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ދާއިމީ ކޯޗެއްގެ ގޮތުގައި އެޓީމާ ހަވާލުވާނީ، އަޔެކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހަގް އެވެ.

އޮސްޓްރިއާގެ ކޯޗު ކަމުގައި ރަންގްނިކްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ، އޭނާގެ އަމިއްލަ ގައުމު، ޖަރުމަންގައި 2024 ގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އޮސްޓްރިއާ ކޮލިފައި ކޮށްދިނުމެވެ.

"މި ސީޒަނަށް ފަހު އޮސްޓްރިއާގެ ގައުމީ ޓީމުގެ ކޯޗު ކަމާ އަހަރެން ހަވާލުވާނަން. އެކަމަކު ކޮންސަލްޓަންޓެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގައި ވެސް މަސައްކަތް ކުރަމުން ދާނަން. އަލުން ޔުނައިޓެޑަކީ ހަގީގީ ބާރަކަށް ވުމުގައި އަހަރެންގެ ދައުރު އަދާކުރަން އަހަރެން ބޭނުން،" ރަންގްނިކް، 63، މިއަދު ބުންޏެވެ.

"އޮސްޓްރިއާގެ ކޯޗަކަށް ވުމަކީ އަހަންނަށް ލިބުނު ޝަރަފެއް. ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ އުންމީދުގައި އޮތް އުންމީދީ ކުޅުންތެރިންތަކެއް ތިބުމަކީ އަހަންނަށް އޮތް ހިތްހަމަޖެހުމަކީ. އެކާމިޔާބުތައް ހޯދުމަށް އެކުޅުންތެރިން ތިބީ އެދިއެދި."

އޮސްޓްރިއާގެ ކޯޗު ކަމާ ރަންގްނިކް ހަވާލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އޭނާގެ ކޮންޓްރެކްޓް ހަމާވާނީ 2024 ގެ ޔޫރޯ އަށް ފަހު އެވެ.

ޔުނައިޓެޑްގައި ވެސް ރަންގްނިކް އަށް އަދި ބޮޑު މަސައްކަތެއް އެބައޮތެވެ. އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމުގައި މަޑުކުރާނެ ކަމުގެ ޔަގާިންކަމެއް ނެތެވެ. އޭނާ ޓީމުގައި މަޑުކުރުވަން މަސައްކަތް ކުރުމަކީ ވެސް ރަނގްނިކްގެ މަސްއޫލިއްޔަތެކެވެ.

"އެރިކް [ޓެން ހަގް] އާއި ބޯޑާ ދެމެދު އަދި އަހަރެން ވެސް ހިމެނޭހެން ތިކަމާ ވާހަކަ ދެައްކަޖެނެ ކަމެއް ތީ،" ރޮނާލްޑޯ ޔުނައިޓެޑްގައި މަޑުކުރުވުމާ ބެހޭގޮތުން ރަންގްނިކް ބުންޏެވެ. "ކްރިސްޓިއާނޯ [ރޮނާލްޑޯ]ގެ ކޮންޓްރެކްޓް އަދި އެއް އަހަރު އެބައޮތް. އަދި ޖެހޭނެ އޭނާ ބޭނުންވަނީ ކޮންކަމެއްކަން ވެސް ބަލަން."

ޔުނައިޓެޑް މިހާރު އޮތީ ހަ ވަނައިގަ އެވެ. އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު ޖާގަ އެޓީމަށް ލިބިދާނެ ކަމާމެދު މިހާރު ޝައްކެވެ. އެޖާގަ ނުލިބޭނަ ރޮނާލްޑޯ އެޓީމުގައި މުޑަކުރާނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454