ފުރަތަމަ ތިން މަހު، ޓެކްސް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ލިބިފަ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު 18 ޕަސެންޓް މަތި
މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ބޭންކް އޮފް މޯލްޑިވްސް ވަނީ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދާފައި
30 އެޕްރީލް 2022 - 13:19
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ ވިޔަފާރީގައި ބޮޑެތި ކުރިއެރުންތައް ހޯދައި އެއް ބިލިއަން ރުފިޔާއަށް ވުރެ ގިނަ ލޯނާއި ފައިނޭންސް ދޫކޮށްފައިވާ ކަމަށް އެ ބޭންކުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކައިފި އެވެ.
މިއަދު ހާމަކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ކުއާޓާގައި ވަނީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ކުރިއެެރުން ހޯދައިފަ އެވެ.
މި ނިމުނު ކުއާޓާގައިގައި ހިންގުމުގެ ފައިދާގެ ގޮތުގައި 612 މިލިއަން ރުފިޔާ ލިބިފައިވާ އިރު އޭގެ ކުރީ ކުއާޓައާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓައާ އަޅާބަލާއިރު މިއީ 14 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި ކުރިއެރުމާ އެކު، ޓެކްސް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 554 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ އަޅާބަލާއިރު 18 ޕަސެންޓް މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ވުރެ 55 ޕަސެންތް އިތުރެވެ.
ބީއެމްއެލް އިން ބުނީ މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިއުމާއި އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޒަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުން ކަމަށެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މިދިޔަ ކުއާޓާގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 1 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ލޯނާއި ފައިނޭންސް ދޫކޮށްފައިވެ އެވެ.
ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން: ސީއީއޯ
ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައިވާކަން ވެސް ބޭންކުން ފާހަގަކުރެ އެވެ.
"މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ އަޅުގަނޑަށްމެންނަށް ލިބުނު އުފަލެއް. ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއާ ހަވާލާދީ ބޭންކުގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން."
މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގަ އަންނަނީ ފުޅާކުރަމުންނެވެ. މި ނިމުނު ކުއާޓާގައި ހަތަރު ރަށެއްގައި ސެލްފްސާވިސް ބޭންކިން ހިދުމަތް އަލަށް ތައާރަފްކުރި އެވެ. އަދި ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.
ބޭންކުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތާ އެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 April 2022
500 މިލިއަން ރުފިޔާ 3 މަސްދުވަހުން ސާފު ފައިދާ. 25000ރ ލޯނު ނެގީމަ 50000ރ ދައްކަންޖެހޭ. މިހާވަރަކަށް ރައްޔިތުންނަށް ކަމެއް ކޮށްދެވޭނީ
ދިވާނާ
30 April 2022
ކޮންމެ ލޯނަކުން ޑަބަލް ފައިދާ. ރައްޔިތުން ފެލާ ބޮޑު އިންޓަރެސްޓް.
މަރީން
30 April 2022
ޑޮލަރު ނުލިބޭތީ ޑޮލަރ އިން ބޭރުގައި ވިޔަފާރިކުރަން ޑޮލަރކްރެޑިޓް ކާޑް ދޫކުރުމަށްފަހު ޑޮލަރު ބްލެކްއިން ގަނެގެންޕޭމެންޓް ދައްކަން ޖެހެނީ. ބޭންކުން ޑލަރު ނުވިއްކާ އާދައިގެ މީހަކަށް.
ފައިކޭޓް
30 April 2022
މީހުން ފެލާ ބޭންކް. އެކްޕްރެސްލޯނު 18% 5 އަހަރަށް ދޫކުރުމުން އެއޮތީ 90% ފައިދާ.
އަލިފުޅު1111
30 April 2022
ފައިދާ ބިލިޔަނަށް އެރިޔަސް ޢާއްމުރައްޔިތުން ފެލުން ނޫންކަމެއް ތިޔަ ބޭންކަކުން ނުކުރޭ. މިހާރުވެސް ބައްޔެއްވެގެންވެސް އެންމެ ކުޑަމިނުން އެއަރ ޓިކެޓެއްވެސް އޮންލައިންކޮށް ނެގެނީކީ ނޫން. 50 ހާސްރުފިޔާގެ ލުއި ލޯނެއް ނަގައިފިއްޔާ 25 ހާސްރުފިޔާ ބޭންކަށް ލޯނު ނެގި ފަރާތަށް 25ހާސް ރުފިޔާ ލިބެނީ. މީ ބޮޑުވަރެއް ނޫންތަ؟؟؟؟؟
ތޮއްޑޫ
30 April 2022
10 ބިލިއަން ފައިދާވިޔަސް އަހަރުން ރާއްޖެތެރޭ ރަށްރަށު މީހުންނަށް ލިބޭ ޚިދުމަތެއްނެތް. ތޮއްޑޫގަ ވެސް ހުންނަނީ މާލޭ ރައްޔިތުން ބޭނުންކޮށް އައުޓުޑޭޓް ވީމަ ރާއްޖެތެރޭގެ ތަރައްޤީއަށް ފޮނުވާފަ ހުރި އޭޓީއެމް އެއް. މަސައްކަތް ކުރާނީ މަހަކު ފަސް ދުވަހު. ޕިން ޖަހާލާފަ ހުންނަން ޖެހޭނެ މިނެޓެއް ވަންދެން ގުޑާނުލާ.