މަޖީދީމަގުން އުޅަނދުތަކެއް ދަތުރުކުރަނީ.-- ފައިލް ފޮޓޯ: މިހާރު
05 މެއި 2022 - 12:01
މާލޭ މަގުމައްޗަށް ވެއްޓިފައި އޮއްވައި ރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން މަރުވީ ދިވެއްސެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ރޭ ކުރި އިއުލާނުގައި ވަނީ މާފަންނު މުރަނގަ މަގުގައި ހުންނަ ބީޖީ ގަރާޖް ސަރަހައްދު މަގުމައްޗަށް ވެއްޓިފައިވަނިކޮށް އިރާކޮޅު އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ދެނެގަތުމުގައި އާއްމުންގެ އެހީއަށް އެދިފަ އެވެ.
އެނގިފައިވާ ގޮތުގައި މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ ޅ. ހިންނަވަރު، އާރާމްގެ، މުހައްމަދު އިބްރާހިމް، 58، އެވެ. އޭނާގެ އާއިލާ ވެސް ދިރިއުޅެނީ މާލޭގަ އެވެ. މެންދުރު ނަމާދަށް ފަހު އެ މީހާގެ ޖަނާޒާ އޮންނާނެ އެވެ.
ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި އުމުރުން 50-60 އަހަރާ ދެމެދުގެ ފިރިހެން މީހާ ލައިގެން ހުރީ މަޑު މުށިކުލައެއްގެ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެކެވެ. އޭނާގެ ތުނބުޅި އަކާއި ބޯކޮށާފައިވަނީ އާދައިގެ ވަރަކަށް ތުނިކޮށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
05 May 2022
ސަރަހައްދު ގެ ކެމެރާ ތައް ބަލާލަ ބަލާށެވެ.
ށަވިޔަނި
05 May 2022
ހިތާމަވެރި ހާދިސާއެއް. اللهم اغفر له وارحمه واسكنه في الجنة آمين