ބޮލިވިއާގެ ޖަލެއްގައި ކުށްވެރިންތަކެއް ފޮތެއް ކިޔަނީ: އެ ގައުމުގައި ލިޔަންކިޔަން ދަސްކޮށްގެން އަވަހަށް ޖަލުން ނިކުމެވޭ -- ފޮޓޯ: ރޮއިޓާސް
10 މެއި 2022 - 07:56
ބޮލިވިއާގައި ކުށްވެރިން ލިޔަންކިޔަން ދަސްކޮށްގެން އަވަހަށް ޖަލުން ނުކުމެވޭ ޕްރޮގްރާމެއް އެ ގައުމުގެ ސަރުކާރުން ފަށައިފި އެވެ.
"ބުކްސް ބިހައިންޑް ބާސް" ކިޔާ އެ ޕްރޮގްރާމް ފެށީ ބޮލިވިއާގެ ޖަލުތައް ފުރިފައިވާ ވާތީ މީހުން މަދުކުރުމުގެ ގޮތުންނެވެ. އަދި ލިޔަންކިޔަން ދަންނަ މީހުން އިތުރުކުރުމަކީ ވެސް އެ ޕްރޮގްރާމްގެ އަމާޒެކެވެ. އެ ގައުމުގައި ކުށްވެރިންގެ ތެރޭގައި ގިނައީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ.
ބޮލިވިއާގެ ޖަލެއްގައި ކުށްވެރިންތަކެއް ފޮތެއް ކިޔަނީ: ޖަލުތަކުގައި ލިޔަންކިޔަން ނުދަންނަ މީހުން ގިނަ -- ފޮޓޯ: ރޮއިޓާސް
އެ ޕްރޮގްރާމްގެ ދަށުން ކުށްވެރިން މިނިވަން ކުރަން އޮންނަ ތާރީހުގެ ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ކުރިން އެ މީހުން މުޖުތަމައު އަށް ދޫކޮށްލާނެ އެވެ.
ބޮލިވިއާގައި އުމުރު ދުވަހަށް މީހުން ޖަލަކަށް ނުލަ އެވެ. އަދި މަރުގެ އަދަބެއް ވެސް ނުދެ އެވެ. އެކަމަކު، ޝަރީއަތް ލަސްވުމުގެ ސަބަބުން ބައެއް މީހުން އެތައް އަހަރެއް ވަންދެން ޖަލުގައި ތިބެން ޖެހެ އެވެ. އެތަނުގައި ތިބެ މީހުން މަރުވެގެން ވެސް ދެ އެވެ.
ބޮލިވިއާގެ ޖަލެއްގައި ކުށްވެރިންތަކެއް ފޮތެއް ކިޔަނީ -- ފޮޓޯ: ރޮއިޓާސް
މިހާރު އެ ގައުމުގެ 47 ޖަލެއްގައި އެ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުށްވެރިންނަށް ތައުލީމާއި އަލުން މުޖުތަމައު އަށް ނެރުމަށް އެ މީހުން ތަމްރީނުކުރާނެ ޕްރޮގްރާމްތަކާއި އަދި އިޖުތިމާއީ ހޭލުންތެރިކަން ވެސް ދެވެން ނެތް ޖަލުތަކެވެ.
އެ ޕްރޮގްރާމްގެ ދަށުން 856 ކުށްވެރިއަކުން މިހާރު އަންނަނީ ލިިޔުމާއި ކިޔުމުގެ ހުނަރު ދަސްކުރަމުންނެވެ. އެއަށް ފަހު އެ މީހުން ބައެއް ޓެސްޓުތައް ވެސް ހަދަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
5
11 May 2022
0
ޙިނި
11 May 2022
ޢައްޗި ކީއްކުރަން ކިޔަވަނީ، ޜާއްޖެ މާގަދަ ކުއް ކުރިޔަސް ސާބިތެއް ނުވޭ އަދި ދޫކޮއްލާ.
ފަގުޑި
10 May 2022
ރާއްޖޭގަ ކުޑަ އެއްވުމެއްގަ ބައިވެރިވެގެން ޖަލައްލާ ސޮރު ޖަލައްލާފަ ތިބެނީ މީހުން މަރާފަތިބި މުޖުރިމުންނާ އެއްގޮޅިއެއްގަ. ދެން އެއްކަލަ ސޮރު ޖަލުގަތިބޭ މުޖުރިމުން ކައިރިން ތަމްރީނުވެގެން ޖަލުން ނުކުންނައިރު ހުންނަނީ ފުރޭތައަކައްވެފަ.
ފޫޅުދިގު ހަންޑި
10 May 2022
ހެހެހެ...ފުރޭތައަކަށް ވީމަ މާރަނގަޅެއްނުން..ފުރޭތައަކީ ބިރުވެރި އެއްޗަކަށް ވިޔަސް އަހަރެމެންނަށް ފުރޭތައިގެ އުނދަގުލެއް ނުޖެހޭ..އިންސީންގެ އުނދަގޫ މާބޮޑު