މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވަނީ: ސުނާމީގެ އެއްބައިވަންތަ ގުޅުމުގެ ނަމޫނާ އާ ކުރަން ރައީސް ގޮވާލެއްވި. ---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
26 ޑިސެމްބަރ 2016 - 10:58
ހިޔާލު ތަފާތުވުންތައް ހުއްޓަސް އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށް އެއްބައިވަންތަ ބަޔަކަށް ވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
ޑިސެމްބަރު، 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީ ހާދިސާއާ ގުޅިގެން ކޮންމެ އަހަރަކު ވެސް ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބެއްގައި ރައީސް ވަނީ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފަ އެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރަނީ، ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުމުގެ ހަނދާންތައް އާ ކުރުމުގެ ގޮތުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ހާދިސާގެ ހަނދާންތައް ދިވެހިންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ސުނާމީގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނު އިރު ވެސް ދިވެހިންގެ ކިބައިން ފެނުނީ، އަމިއްލަ ފުރާނަ އަށް ވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރަން އިސްކަން ދިން މަންޒަރު ކަމަށެވެ. އެ ނަމޫނާ އިން އިބުރަތް ހާސިލްކޮށް ގައުމުގެ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމް އާ ކުރުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކުމަށް ރައީސް ގޮވައިލެއްވި އެވެ.
ސުނާމީ ކާރިސާގައި ރާއްޖެ އިން 82 މީހުން މަރުވެ، 26 މީހުން ވަނީ ގެއްލިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަމަނަ
27 December 2016
މަނިކުފާނުގެ ނަސޭޙަތަށް މަނިކުފާނު އަމަލު ނުކުރައްވާ ހިނދު ދެންތިބި މީހުން ކިހިނެއް އަމަލުކުރާނީ، ފުރަތަމަ ތިމާމީހާ ތި ނަސޭޙަތުގަ ހިފާ.
އިބްރަތް
27 December 2016
ސުނާމީ ހާދިސާ ގައި ދިވެހިން ދެއްކި އެއްބައި ވަންތަ ކަމުން ލިބުނު ފިލާވަޅަކީ ދިރިހުރެވޭނެ ހުރިހާ އުއްމީދުތައް ހުސްވީމާ އަމިއްލަ އެދުން މަތިން ހަނދާން ނެތި އެކަކު އނެކަކަށް އެހީވުމުގެ ރޫހު އާލާ ވާކަން. އެހެނވީމާ މިފިލާވަޅުން ދަސްވީ އިބްރަތް ބޭނުން ކުރަންވީ ސިޔާސަތް ރާވާ މީހުން. އަމިއްލަ އެދުމައް އިސަކަން ދިނުން މީހުން ހުއްޓާނީ ކިހިނެއްތޯ. ސިޔާސަތް ރާވާ މީހުން ވައްކަން ކުރުމާ މީހުންނަ އަނިޔާ ކުރުމާ އިގްތިސާދީ އުނދަގޫ ކުރުން ހުއްޓުމާ ފުރައްސާރަ ކުރުން ހުއްޓުމާ މީހުންނަ ގަދަރު ކުރުން ކަހަލަ އާދަކާދަ ގެންގުޅެން ޖެހެނީ. ސިޔާސަތް ރާވާމީހުން މީހުން ފެލާ އެހެންމީހުން ކުރާ މަސައްކަތުން އަރާމާ އުފަލުގާ އުޅެމުން އެމީހުނަށް ދުއތުރާން ކުރީމާ އެކަކު އނެކަކަށް އެހީވުމުގެ ރޫހު އާލާއެއް ނުވާނެ ކަން ސުނާ ހާދިސާއިން އިބރަތް ހާސިލު ކުރަންވީ ރައްޔަތުން ކުރާ މަސައްކަތުން މަޖާކުރާ މީހުން
ރޯމާ
26 December 2016
ގައުމުގެ މަސްލަހަތު އިސްކޮށްގެން 3.2 ބިލިޔަނަށް ހެދިގޮތެއްވެސް ހެދޭނީ. އަމިއްލަ ނަފްސު މަތިން ކިރިޔާ ހަނދާން ހުންނަ މީހަކަށްވެސް ވާވަރުކަމެއް ނޫން އެއީކީ.
އަލްޖިބްރާ
26 December 2016
އެހެންވެގެންތޯ ؟ އަޅުގަޑަކަށް ނޭގެއޭ ވިދާޅުވެފާވެސް ވެރިކަމުން އިސްތިޢުފާ ނުދެއްވާ ތިހުންނެވީ ؟ ލަދުން ބޯހަލާކު !
މުހިއްދީން
26 December 2016
ހިޔާލް ތަފާތްވަނީ އިންސާފް ނުލިބޭތީ. މަނުކުފާނުންގެ ވާރޝަން އޮފް ޖަސްޓިސް އަކީ ގިނަރައްޔިތުން ގަބޫލްކުރާ އިންސާފެއްނޫން.
ތެޔޮދޮންބެ
26 December 2016
ގައުމީ މަސްލަހަތު އިސް ކުރުމުގައި އެންމެ އިސްބަޔަކަށް ވާންޖެހޭނީ ގައުމުގެ ވެރިން. ފޭދޫފިނޮޅު 3 މިލިޔަނަށް ވިއްކާލީ ކަމަށް ދެއްކީމާ ގައުމީ މަސްލަހަތު އެއޮތީ އެންމެ ފަހަތުގަ.
އަޙްމަދު
26 December 2016
ވަކިބަޔަކުތަ އަމިއްލަ އެދުމަށްވުރެއް ޤައުމު އިސްކުރަނވީ.
ބަތްކައްކާ
26 December 2016
ތިވާހަކަ ދައްކާ ފަރާތް އެހެން އުޅެބަލަ. އިސާހިތަކު ރަނގަޅުވެދާނެ.
އޭންޓްސް ކަމިންގ
26 December 2016
ހެހެހެ މަ ކައިރިޔަށް އަންނަނީ ނުލަފާ ފާޑެއްގެ އިޤްތިސާދީ ހިންޏެއް.
ޝާޔަދު
26 December 2016
ގައުމު އިސްކޮށްފަ ވާހަކަ ދައްކާ މީހުންނަށް މަނިކުފާނު ތިޔަ ހައްދަވާ ގޮތްހަމަ އެނގިވަޑައިނުގަންނަވަނީތޯ ނޫނީ ގަސްތުގަ އޮޅުވާލަނީތޯ