ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ ކުރެހުމެއް. ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
12 މެއި 2022 - 15:58
ހއ.ދިއްދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއާ ކޮލެޖުގެ މަސައްކަތް ކުރަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކޮންޓްރެކްޓަރަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރީ ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
މިއީ 2020 ވަނަ އަހަރު މަސައްކަތް ފަށަން ހަވާލުކުރި ތަނެއް ނަމަވެސް ކޮވިޑާ ހެދި ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ފެށޭ ގޮތް ނުވެ ލަސްވީ އެވެ.
ކޮލެޖު ހަދަން 2020 ވަނަ އަހަރު ބަޖެޓުގައި 1.6 މިލިއަން ރުފިޔާ ހިމެނިއިރު މިދިޔަ އަހަރު ތިންލައްކަ ރުފިޔާ ހިމެނި އެވެ. ކޮލެޖު އިމާރަތްކުރަން ހަމަޖެހިފައިވަނީ ކްލާސްރޫމްތަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނަ ގޮތަށް ދެ ފަންގިފިލާ ހިމެނޭ ގޮތަށެވެ.
ފުޑް އެންޑް ޕްރޮސެސިން އަދި މަސްވެރިކަމުގެ ދާއިރާގެ ތަފާތު ކޯސްތައް ހިންގަން ހާއްސަ ކޮށްގެން ހަދާ މި ކޮލެޖުގައި 2023 ވަނަ އަހަރު ކިޔަވައިދޭން ފެށުމަކީ ސަރުކާރުގެ އުންމީދެއްކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަމާލެ
13 May 2022
ތިޔަތަން ހެދިގެން ތަން ނުހިނގައިގެން އެހެން ހުރެ ވީރާނާ ނުވިއްޔާ ރަގަޅު. މާލެއަށް ހިޖުރަކޮށްގެން އުޅޭ ރަށްރަށު ބޭފުޅުން އަމިއްލަ ރަށަށް ދާހިތްވާނެހެނެއް ހިއެއްނުވޭ ކިތަންމެ ރަގަޅު ކޮލެޖެއް އެޅިއަސް.
ޅަިންޑި
13 May 2022
މިޙާބޮތެތި ކުޑަ ދޮރުހުންނަންޖެހޭތަ. ރާއްޖެ މީ ހޫނުގަދަ، އަވި ގަދަ ތަނެއް.
އަލްބަލް
12 May 2022
ޖިމްލަ ކިހާވަރަކަށް ތޯ ހަވާލުކުރީ. ގައިމުވެސް 1.6 މިލިއަންއަކށް ތިތަން ހެދޭނެކަމާއިމެދު ޝައްކު