އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރުމާން މާލިކް: އަންނަ ހޮނިހިރުދުވަހުގެ ރޭ މާލޭގެ ކާނިވާ ސްޓޭޖުގައި އޭނާގެ ޝޯ އެއް އޮންނާނެ.
26 ޑިސެމްބަރ 2016 - 18:25
އާ އަހަރު ފުރުން ފާހަގަކުރުމަށް "ސަނީ ސައިޑް އޮފް މިއުޒިކް ފެސްޓިވަލް"ގެ ނަމުގައި ސަރުކާރުން ބާއްވާ ޝޯ އަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރުމާން މާލިކް ގެންނަ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޕީއެސްއެމް ގުޅިގެން ކާނިވަލްގެ ސްޓޭޖްގައި އަންނަ ހޮނިހިރުދުވަހުގެ ރޭ ބާއްވާ މި ޝޯ ގެ އިޝްތިހާރު މިހާރު އަންނަނީ ކުރަމުންނެވެ. ޝޯ އަށް ވަނުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ.
އަރުމާން އަކީ 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއްް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ 30 އަށް ވުރެ ގިނަ ފިލްމްތަކަށް ވެސް ލަވަ ކިޔައިދީފަ އެވެ.
އިންޑިއާގެ ބައެއް ފިލްމް ޑައިރެކްޓަރުން އަރުމާން ސިފަކުރަނީ މަޝްހޫރު ލަވަކިއުންތެރިޔާ އުދިތު ނާރަޔަން ފަދަ ލަވަކިއުންތެރިއެއްގެ ގޮތުގަ އެވެ.
އަރުމާންގެ ގިނަ ލަވަތައް ހިންދީ މިއުޒިކް ޗާޓުގައި ވެސް މި އަހަރު ވަނީ ހިމެނިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިރާކޮޅު
27 December 2016
ބަލަ ދާންބޭނުން މީހުން ދާނީއޭ. އޭނާ ނުދަންނަ މީހުން ވެސް އުޅޭނެ. ދާން ބޭނުން ނެތިއްޔާ ފާޑުފާޑުގެ ކޮމެންޓު ނުކޮށް ގޭގަ ތިބެބަލަ ދޯ.
މެންދަން
27 December 2016
ގޭގަ ތިބެ ޓީވީން ވެސް ބަލާނެއޭ މި މީހުން
އިރާކޮޅު
29 December 2016
މަވެސް. ☺
Maldives
27 December 2016
އަރުމާން މާލިކް މީކާކުތަ..؟ ދަންނަވެސް މީހެއްނޫން....! އިންޑިޔާ ކައްޕަޅިމީޙުންނޫނީ ނުގެނެވޭތަ..؟ އަހަރުމެން ބޭނުމީ އޭކޮން ކަހަލަ މީހުން.
ދޮން ބަބުރު ސޮރު
27 December 2016
.....މުޅީންވެސް ކައްޕަޅިން، ދެން އިތުރަށް ކާކު؟
ކަޖޫ
27 December 2016
ޝަކީރާގެނެސް ބަލަ ދޯ؟؟
ހޯސޭ
27 December 2016
ސްކޫލް ތައް ހުޅުވޭއިރު ޓީޗަރުން ހަމަވޭތޯ ބަލާލަން ހަނދާން ނުވިޔަސް ޝޯވ ބޭއްވީމަ ހުންނާނީ ހަމަވެފަ އޭރުން ހަފްތާއަކު ސްކޫލެއް ކިޔެވުން ހުއްޓާލާ މުޒާހަރާ ފެށީމަ އެވަރު ނުބައި ބަޔަކު ނުތިބޭނެ ވޭތުވެ ދިޔަ އަހަރުވެސް އެކަން ވަނީ ތަޖުރިބާ ކޮށްފަ
ވިސްނަވާ
27 December 2016
ހަމަހިސާބު ކިތާބު ބައްލަވާފައިތޯ ތިހެން ތޮވިދާޅުވަނީ، މިދިޔައަހަރު ފެށުނުއިރު އެއްވެސް ސްކޫލެއްގައި ޓީޗަރުން ހަމަނުވެގެން ކިޔެވުން ނުފެށިއެއް ނެތް. ފަހުން އެހެން ދިމާވީ ޓޯޗަރުންންށް ހުޅުވާލި ކިޔެވުމުގެ ފުރުސަތުގެ ސަބަބުން. ވަރަށް ސަލާމް
އަޒީ
27 December 2016
ބަލަން ދާނެ ކޮންމެ އެއްޗެކޭ ކިއާފަވެސް...
ނަގިއްޔާ
26 December 2016
މިހެންވެސް ޖަހާލިނަމަ: މީ ބޮލީވުޑް މިއުޒިކު ޑައިރެކްޓަރ އަންނޫ މަލިކަށް ބޮޑުބޭބެ ކިޔާސޮރެއް.
ކިޔުންތެރިޔާ767
26 December 2016
ނުދެނަހުރިން
ކުޑަދޫއަހްމަދު
26 December 2016
މިފަދަ ޙަރަދުތަށް ނުކޮށް، ތަންކޮޅެއް ތަހުޒީބުވުމަށް ގޮވާލަން. ދިވެހިރާއްޖޭގައި މިއުޒީޝަނުންނަށް މިލާރި ދީބަލަ. އެމީހުންގެވެސް ހުނަރު ހުންނާނެ.
ޓްރަސްޓް މީ އޮން ދިސް
27 December 2016
ރިސޯޓު ތަކުން އެމީހުން ބޮޑު އަގު ދީފަ މާ ކުރިން ސުރެއް ނަގާ އާ އަހަރު ޝޯ ތަކަށް.