17 މެއި 2022 - 11:54
އައްޑޫގައި ފުލުހަކަށް މަރުގެ އިންޒާރުދީ، އަނިޔާކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހިތަދޫ, އައްޒާ, މުބާރިކް އަހުމަދު އެއް އަހަރާއި ތިން މަހާއި 17 ދުވަހަށް ޖަލަށްލާން ހުކުމްކުރީ އޭނާ ހޯދަމުން ދަނިކޮށް ފުލުހުންނަށް ޖުލައި 19, 2015 ގައި ފެނުމާ ގުޅިގެން، ހަށިގަނޑު ބަލައިފާސްކުރަން އެދުނު ނަމަވެސް އެކަމާ ދެކޮޅު ހަދައި ފުލުސް މީހާ އަށް އިންޒާރު ދިން މައްސަލައެއްގަ އެވެ.
މުބާރިކް ވަނީ ކޯޕްރަލް ޝަޒަން އިބްރާހިމްގެ ދަށްބަނޑުގައި ޖަހައި، ކަނާތު މުލައްދަނޑީގައި ވަކި އަޅައި އަދި އެހެން ފުލުހެއް ކަމަށްވާ ލާންސް ކޯޕްރަލް އިބްރާހިމް ޝަރީފްގެ ބަނޑުގައި ފައިންޖަހައި އަދި ކޮންސްޓަބަލް ހުސައިން ރާޒީގެ އަތުގައި ވަކި އަޅައިފަ އެވެ.
މި މައްސަލައިގައި މުބާރިކްގެ މައްޗަށް ދައުލަތުން އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
ނަމަވެސް އެ ދެ ދައުުވާ އަށް އިންކާރު ކުރަމުން މުބާރިކް ކޯޓުގައި ބުނެފައި ވަނީ ދައުވާ ސާފު ކަމަށާއި ހާދިސާ ހިނގިއިރު ދެބަސްވުންތަކެއް އުޅޭ ކަމަށެވެ. އެކަމަކު މަރުގެ އިންޒާރު ދިނުމަށް އެއްވެސް ބަހެއް ބުނެވުނު ހަނދާނެއް ނެތް ކަމަށް އަޑުއެހުމުގައި މުބާރިކް ބުންޏެވެ. އަދި އެއްވެސް ފުލުހަކަށް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ވެސް އޭނާ ބުނެފައި ވެ އެވެ.
މުބާރިކް ދައުވާ އަށް އިންކާރު ކުރުމުން، ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކިވެރިންގެ ގޮތުގައި ތިން ފުލުހަކު ހުށަހެޅި އެވެ. އެއީ ހާދިސާ ހިނގިއިރު، އެ ތަނުގައި ތިބި ތިން މީހުންނެވެ. ހެކިބަސްދެމުން އެ ތިން ފުލުހުން ވެސް ބުނެފައިވަނީ ދައުވާގައި ވަނީ ހާދިސާ ހިނގި ގޮތް ކަމަށާއި ޝަޒަން އަށް މުބާރިކް މަރުގެ އިންޒާރު ދިން ކަމަށެވެ.
މުބާރިކަށް ހެކި ހުށަހަޅަން ދިން ފުރުސަތުގައި އެއްވެސް ހެއްކެއް، ގަރީނާއެއް ހުށަހެއް ނާޅަ އެވެ.
މި މައްސަލައިގެ ހުކުމުގައި ބުނީ، ހެކިންގެ ހެކިބަހާއި ސީން އޮފް ކްރައިމްސް އޮފިސަރުގެ ރިޕޯޓުންނާއި މެޑިކޯ ލީގަލް ރިޕޯޓުން މުބާރިކްގެ މައްޗަށް ޝައްކެއް ނެތް ވަރަށް ކުށ ސާބިތުވާ ކަމަށެވެ.
މުބާރިކް ބުނީ، އޭނާއަކީ ކުރިން ވެސް ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުރި މީހެއް ކަމަށާއި އާމްދަނީ ހޯދަން މަސައްކަތެއް ވެސް ފަށާފައިވާ ކަމަށާއި ވީހާ ވެސް ލުއި އަދަބެއް ދިނުމަށް އެދޭ ކަމަށެވެ.
ވަށައިގެން ހުރި ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު، ގާޒީ ސަފްއަތު ހަބީބު ހުކުމް ކުރެއްވީ މުބާރިކްގެ މައްޗަށް އުފުލާފައިވާ ބިރު ދެއްކުމުގެ ދައުވާ ޝައްކެއް ނެތް ވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ.
އަދި އޭނާގެ މައްޗަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ވެސް ޝައްކެއް ނެތް ވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް, ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، އޭނާ ތަންފީޒު ކުރަންޖެހޭ ހުކުމަކީ ނުވަ މަހާއި 17 ދުވަސް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އަދި 897 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށާއި 24،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަ ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށް ވެސް އެންގި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
897
18 May 2022
897 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރާން ހުކުން ކުރި އިރު އެކަން ބަލާނެ ނިޒާމެއް މިގައުމުގައި އޮވޭތޯ؟ ބޭރު ކަރަ ކަރައިން ހަދާފައި ހުންނަ ގާނޫނުތަށް ދިވެހި ބަހަށް ތަރުޖަމާ ކުރީމަ ނިމުނީ. މިގައުމުގައި އޮތީ ކަމެއް ކުރާން އުޅޭ މަޖިލިސް އެއް ނޫން. މިއަދުވެސް ޖަލްސާ ނިންމާލީ ކުރާނެ ކަމެއް ނެތިގެންނޯލަ. އަދިވެސް މެޖޯރިޓީ އަކާއި އެއްޗެސް ދެވުނުލެއް މަދީ. މުޖުތަމައު ހަލާކުރާ މީހުންނަށް ރައްކާތެރިކަން ގާނޫން ތަކުގައި އޮތީ
ސޮލޭސް
17 May 2022
ތިހުކުން ކުރި ފަނަޑިޔާރަށް ވަރަށްވެދުން ފުލުހުން މަގުމަތީގަ ފުރާނަ އަތްމައްޗައްލައިގެން މިދޭ ހިދުމަތުގެ އަގަކީ 1 އަހަރު އަދި އެއިންސާފު އަންނަން 7 އަހަރު ޝުކުރިއްޔާ ޕީޖީ ޝުކުރިއްޔާ ޝަމީމް
ތުރަތުރަކޭސް
17 May 2022
ފުލުހުންނަށް ތިހަވަރުގެ ނުރައްކަލެއް ކުރިމަތިކޮށް އަނިޔާކުރި މީހެއްގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން 7 އަހަރު ނެގުމަކީ ބިރުވެރި އަދި ހިތާމަވެރިކަމެއް ދުނިޔޭގެ އެހެން ތަންތާގަ ފުލުހުންނާ ސިފައިންގެ މައްސަލަތައް 24 ގިޑީ އިރުތެރޭ ނިންމާ
އަޖިތުކުމާރު
17 May 2022
މަރުގެ އިންޒާރަށް ޖަސްޓު 6 މަސް؟ ކިޔާ އިންސާފްހޭ
ރަދީފްއޮފިޝަލް
17 May 2022
ހެހެހެހެހެހެ.ކޮބާ ރާކަނިމަން ކީގެ ދީ؟؟؟