ބީއެމްއެލްގެ ކާޑެއް ބޭނުން ކުރަނީ. ކްރެޑިޓް ކާޑަށް ކުރިމަތިލެވޭ އާމްދަނީގެ ލިމިޓް ދަށްކޮށްފި--ފޮޓޯ:ބީއެމްއެލް
18 މެއި 2022 - 15:51
ބީއެމްއެލް އިން ކްރެޑިޓް ކާޑު ދޫކުރުމުގައި އެންމެ ދަށް އާމްދަނީގެ ގޮތުގައި ބަލާ އަދަދު 7،500ރ. އިން 4،000ރ. އަށް ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑު ދޫކުރާ މީހުންގެ ޝަރުތުގައި ހިމެނޭ، ލިބޭ އާމްދަނީގެ މިންވަރު އެހާ ބޮޑަށް ކުޑަކުރީ، ކްރެޑިޓް ކާޑަށް ގިނަ ބަޔަކަށް ކުރިމަތިލެވޭނެ މަގު ފަހިކޮށްދޭން ކަމަށެވެ.
މި ބަދަލާ އެކު ބީއެމްއެލް އިން ވަނީ ކްރެޑިޓް ކާޑުގެ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މިމަހުގެ 15 އިން އަންނަ މަހުގެ 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން، އަލަށް ކާޑު ހައްދާ މީހުން ދައްކަން ޖެހޭ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ދައްކާކަށް ނުޖެހޭނެ އެވެ. އަދި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވް ކުރާ 200ރ. ވެސް ކާޑަށް ކޭޝްބެކްކޮށްދޭން ވަނީ ނިންމައިފަ އެވެ. އަދި ކޮންމެ ކާޑަކަށް ވެސް ކޭޝްބެކްގެ ގޮތުގައި 2،500ރ. ދޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ކޮންމެ ހަފްތާ އަކު ކްރެޑިޓު ކާޑަށް އެދި ހުށައަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް 5،000ރ.ގެ ގިފްޓް ކާޑެއް ލިބޭނެ އެވެ. އަދި އެންމެ ފުރަތަމަ އެޕްރޫވްކުރާ 2،000 ކާޑަށް ބީއެމްއެލްގެ 3،000 ރިވޯޑް ޕޮއިންޓްސް ވެސް ލިބޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހުރިހާ ހިދުމެއް ދޭ ބީއެމްއެލްގެ ކާޑު ހޯލްޑަރުންގެ އަދަދު ތިން ލައްކައަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތާމަހުރި
20 May 2022
ފަހަށް ރައްކާކުރުމާއި އިޤްތިޞާދު ކުރަން ނުދަންނަމީހުން ގިނަ ދިވެހި ރާއްޖެއަށް ތިއީ ވަރަށް ނުރައްކާތެރި ވަސީލަތެއް. ދަރަނިވެރިކަމުގެ އަނދަވަޅެއް، ފަރުދީ ބަނގުރޫޓުވުމުގެ ވަބާއެއްގެ ފެށުން. ހުރި ހިތާމައެއްގެ ބޮޑުކަމާ...
އަބްޑޫޅް
20 May 2022
މިހާރު ކަންކަން ހުރި ގޮތަށް ބަލާ އިރު، ކުރެޑިޓު ކާޑާއި ޑެބިޓް ކާޑުގެ ތަފާތަކީ، ހަރަދު ކުރާ ލާރިން ބައެއް އަބުރާ ލިބޭ ސްކީމެއް އޮންނަނަމަ. ބޭނުންކުރާ ކުރެޑިޓު ކާޑުގަ މިކަހަލަ ސްކީމެއް ނެތްނަމަ، ޑެބިޓް ކާޑު ބޭނުން ކުރުން ބުއްދިވެރީ.
ސުމަން
19 May 2022
ނަމަނަމަ ނުނަގާތި.އެއުޚެނީ ރައްޔިތުން ވާވައްދައިގެން އިންޓަރެސްޓް ނެގޭތޯ.ނަގާފިއްޔާ ފަހުން ހިތާމަކުރަންޖެހޭނެ.އެއްގިތުން ނުވިއްޔާ އަނެއްގިތުން ބޯކާލެވޭތީ.ނިކަން ހެޔޮއެދެންޏާ ލޯންތަކުގެ އިންޓަރެސްޓް ކުޑަކޮށްލަބަލަ.
ރިބާގެވަބާ
19 May 2022
ކްރެޑިޓް ކާޑަކީ ދަރަނީގެ ދަންތުރައެއް. ކޮވިޑްގަ ވަޒީފާގެއްލުނު ބައެއއް މީހުނަށް އަދިވެސް ވަޒީފާނުލިބި ތިއްބާ ޔޫކްރައިންކަންތަކާއެހި އިތުރުބަޔަކަށް ވަޒީފާގެއްލި ކުރިން މުސާރަ ކުޑަކުރި އެތަށްބަޔަކު މުސާރަ ބޮޑުނުވެ ހުއްޓާ ބޭންކުތަކުން މިކަންކުރީމާ މީމަޅީގައި މަޖުބޫރިވެގެންވެސް ޖެހޭނީ ނިކަމަތިން. މީނެއްޓެން އުނގަގޫ ދަންތުރައެއް. ރިބާ ހަރާމްކުރެއްވީ ކީއްވެކަންވިސްނާ!
ރިބާގެވަބާ
19 May 2022
މީވަރަށް ނުބައި އެއްޗެއް. ދިވެން މިހާރަށްވުރެ ބޮޑަށް ރައްޔިތުން ދަރުވާލާނެ. ދެންއޮންނާނީ މެޓީރިއަލިސްޓިކް ލައިފްސްޓައިލް އަށް ލޯބިކުރާ ދިވެހިން ކްރެޑިޓްކާޑް ބިލްދައްކަން އެހެން މީހުންނަށް ދެރުން.
ގަމާރުން
19 May 2022
ކުރެޑިޓް ކާޑަކީ މަޅިއެއް. ލޯނަށް ވުރެ %1000 ގުނަ އިންޓަރެސްޓް ބޮޑު ވޭންދެނިވި ދަންތުރަައެއް. ދިވެހި ރާއްޖޭގެ ސިވިލްކޯޓަށް ހުށަހަޅާ %80 އަށް ވުރެ ގިނަ މައްސަލަ ތަކަކީ ކުރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ނުދެއްކިގެން ބޭންކް އޮފް މޯލްޑިވްސް ހުށަހަޅާ މައްސަލަތައް. ކުރެޑިޓް ކާޑް ބޭނުންކުރަންވާނީ އިތުރު ގޮތެއް ނެތިގެން މިސާލަކަށް ޓްރެވަލް ކުރާއިރު.
އައްބެ
19 May 2022
މީހުން އަތުން ކެޑުނު ފައިސާ ފުރަތަމަ ދީ! ބޭންކް މުޅިން މަކަރު ހަދަނީ..
ނިކަމެއްޗެއްނޫން
19 May 2022
މަށއް ވީގޮތަކީ، މުސާޜަ އައް 50000 ލިބޭ، ކުރެޑިތު ކަޑައް 20000 މަހަކު ލިބެ، 2 އަހަރު ވީ އިރު، އެވެސް ނުދެކިގެން، 100000 މަތީގަ ދައްކަން ޖެހެވަރު އެރި، ދެން މަހަކު ވަކިވަރެއް ދައްކަމުން 30000 އައްވުރެން ދައްކުރެވުނު، ޖޮބް ގެލިގެން އެކިކަހަލަ ކަންތައްވަމުން، ނުދައްކާ 1 އަހަރު ވި ިރު އަނެއްކާ 15000 ވަރު އަރަފި، ނެގުނުނ20000 ގެ ބަދަލުގަ މިހަަރު ހިވަނީ 200000 ދެވިއްޖެކަންނަެގެ.
ރިބާގެވަބާ
19 May 2022
ތިކަން ޝެއަރކޮށްލީތީ ޝުކުރިއްޔާ! ތިކޮމެންޓް ކިޔާފަވެސް މީހުން މިމަޅީގަ ނުޖެހޭނެކަމަށް އުންމީދުކުރަން
ވިސްނާށެވެ.
19 May 2022
ބޭންކުން ހިލޭ ދޭ ޙިދުމަތްތައް ނޫން އެހެން ހުރިހާ ހިދުމަތަކީ ވިޔަފާރީގެ ފައިދާ ބޮޑުކުރަން ތައާރަފުކުރާ ހިދުމަތްތަކެއް. މިސާލަކަށް ބުނާނަަމަ ކުރެޑިޓް ކާޑް. ފެންނަ ފެނުމަށް ފަސޭހައިން ލިބޭގޮތަށް އެހަދަނީ ގިނަމީހުން އެ ނަގުވާފަ އޭގެން އިންޓަރެސްޓުގެ ގޮތުގައި ބޮޑު ފައިދާއެއް ނެގޭނެތީއެވެ. ބޭންކަށް އެނގޭ އެނަގާ 80 އިންސައްތަ މީހުނަށް އެ ނުދެއްކޭނެކަން. ގިނަފަހަރަށް އޯވާޑްރޯކޮށްފަ އޮންނާނީ. ބޭނުންނުކުރިއަސް ކާޑްފީ ނަގާނެ ބަރާބަރަށް.
އިންޓަރެސްޓް
19 May 2022
ކޮންވެންޝަން ބޭކިންގެ ރެވެނިއު މޮޑެލްއެއީ. ހައްލަކީ އިސްލާމިކް ބޭންކިންގ.
ހޯރަބޭ
19 May 2022
ރަށްއިތުން ފެލާލާނެ ގޮތެއް ނޭގިގެންތަ ތަ އުޅެނީ