އޭސީސީގެ ފަސް މެމްބަރުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
19 މެއި 2022 - 14:16
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ނުޖެހޭ ކަންކަމުގައި ހުށަހަޅާ މައްސަލަތައް މަދުކޮށް، ތަހުގީގު ފެށުމުގެ މަރުހަލާ އަވަސްކުރަން ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
އޭސީސީގެ ގަވާއިދަށް ގެނައި އެއް ބަދަކީ ގާނޫނީ ގޮތުން އެ ކޮމިޝަނުގެ ޒިންމާއެއް ނެތް މައްސަލަތައް ހުށަނޭޅޭ ގޮތަށް ހެދުމެވެ. މީގެ ކުރިން އޮންނަނީ ޖިނާއީ މައްސަލަތަކާ އެކު ޕްރޮކިއުމަންޓާ ގުޅޭ އިދާރީ މައްސަލަތައް ނުވަތަ ބިޑު ކާމިޔާބު ނުވުމުން ދެން އޮންނަ މަރުހަލާތައް ފުރިހަމަނުކޮށް އިދާރީ ޝަކުވާތައް ވެސް އޭސީސީއަށް ހުށަހެޅޭ ގޮތަށެވެ.
މިގޮތަށް އޮތުމުން، ރަޖިސްޓްރޭޝަން މަރުހަލާ ވެސް ދިގުލައިގެންދެ އެވެ.
އޭސީސީގެ އާ ކޮމިޝަނުން މިހާރު ނިންމާފައި އޮތީ މައްސަލަތައް ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމުގެ މަރުހަލާއަށް ގެންނަން ބަދަލުތަކާ އެކު ތަހުގީގު އަވަސްކުރެވޭނެ މަގެއް ހޯދުމެވެ. މައްސަލަތަކުގައި އިސްކަންދޭން ތަރުތީބެއް ވެސް ކަނޑައަޅައި އާއްމުކުރަން ވަނީ ނިންމައިފަ އެވެ.
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށްތައް.
- ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ކުށްތައް.
- އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދިި 12 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ކުށް.
- މި ކުށްތަކުގެ އިތުރުން ކޮރަޕްޝަންގެ ކުށް ކަމުގައި ގާނޫނަކުން ކަނޑައަޅާފައިވާ ކޮންމެ ކުށެއް.
- މަތީގައި އެވާ ކުށްތަކުގެ އިތުރުން ކޮރަޕްޝަނުގެ ކުށް ކަމުގައި ގާނޫނަކުން ކަނޑައަޅާ ކޮންމެ ކުށެއް.
ކުރިން އޮންނަ ގޮތުން ނަމަ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަނެ ތަހުގީގު ކުރަން ޖެހޭތޯ ކަނޑައަޅަނީ އޭސީސީގެ ފަސް މެމްބަރުންނެވެ. އެކަމަކު ގަވާއިދުގެ ތެރެއިން އެ ބާރު ރަޖިސްޓްރާއަށް ދޭ ގޮތަށް މިހާރު އޮތީ ގަވާއިދަށް އިސްލާހު ގެނެސްފަ އެވެ.
އޭސީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ 90 ޕަސެންޓަކީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. މިފަދަ މައްސަލަތައް ވަރަށް ގިނަ ފަހަރު އޭސީސީއަށް ހުށަހެޅިއަސް ވަގުތާއި ވަސީލަތްތައް ހޭދަކޮށްގެން ބަލާއިރު އެއްވެސް ކަމަކަށް ނުވާ ފަހަރުތައް ގިނަ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
ކޮމިޝަނުން އަމާޒު ހިފާފައި އޮތީ، ތަހުގީގު ލަސްވެފައިވާ ބޮޑެތި މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމާލުމަށެވެ. އާ މެމްބަރުން ހަވާލުވެވަޑައިގަތް އިރު، ހުށަހަޅާފައިވާ 1،600 މައްސަލައިގެ ތެރެއިން ތަހުގީގު އަވަސްކުރަން ޖެހޭ ބޮޑެތި މައްސަލަތަކަށް އިސްކަންދީގެން ނިންމާނެ ކަމަށް ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮަލަމާ
20 May 2022
އެބަ ރަނގަޅުވާހެން ހީވޭ. ޒުވާން ގުރޫޕަކަސް ރަނގަޅު ބަދަލެއް އެބަ ގެނޭ
ބޮޑުމީހާ
19 May 2022
ރައީސް ފޮނުވާ ނަންތަކެއް މަޖްލިހުން ފާސްކޮށް މިނިވަން މުއައްސަސާތަކަށް އައްޔަންކުރާހާ ހިނދަކު ނުފޫޒުން އެއްކިބާވެ މަސްއޫލިއްޔަތެެް އަދާނުކުރެވޭނެ
ޖަންނަތު
19 May 2022
ރަނގަޅު ބަދަލެއް
ކަބީލާ
19 May 2022
ތުހުމަތު ކޮށް މައްސަލަ ބެލުމަކީ އަދި މީހަކު ކުށްވެރި ވުމެއް ނޫން! މިގައުމުގައި ކޮންމެ މީހަކުވެސް ހަސަދަވެރިކަމުން މީހުންގެ ބޮލުގައި ބޮޑެތި ދޮގު އިލްޒާމް އަޅުވާ މީހާގެ އަނބުރު ކަތިލާ! ހާއްސަކޮށް ނަޝީދު އަދި އޭނާގެ އެކްޓިވިސްޓުން!
2026
19 May 2022
އަހަރެމެން މައްސަލައެއް ހުށަހަޅާނީ ތިޔަމެމްބަރުންގެ ދައުރު ނިމުނީމާ، ތީ ހަމައެކަނި ޔާމީނުގެ މައްސަލައެއް ބަލަން ހަވާލުކޮށްފަ ތިބި ބައެއްކަމަށް ހުވާކުރި ދުވަހު އޮތީ ބުނެފަ. ސޯ މައްސަލަ ހުށަހެޅުންވާނީ ބޭކާރުކަމަކަށް
ޕޫރިނިމާ
19 May 2022
އޭސީސީއަށް މީހަކު މައްސަލައެއް ލުން ނޫނީ އޭސީސީ މައްސަލަ ބަލަން ފެށުން އެއީ އަދި މީހަކު ކުށެއް ކުރިކަމަކަށް ނުވާނެ! މިކަން ބަދަލުވާންޖެހޭ! މައްސަލަ ބަލައިގަނެ، ޕީޖީ އެކަން ކޯޓަށް ހުށަހަޅާ ކޯޓަކުން ހުކުމް ކުރުމުން ނޫނީ މީހެއް ކުށެއް ކުރިކަމަށް ބަލައިގެން ނުވާނެ! ނޫނީ މުޅި ގައުމުގައި ތިބޭނީ ކުށްވެރިން! ކޮންމެ މީހަކީވެސް ކުށް ކޯޓުގައި ސާބިތުވަންދެން މައުސޫމް މީހެއް ކަމަށް ބަލަން ގާނޫނުގައި ވަނީ!
ދފސދ
19 May 2022
ސަރުކާރުން ބުނާމައަސަލަ އެކަނި ބަލާނީ
ކާތަކެތި
19 May 2022
މިއީ އުލަކާ ސަމުސަލަކާ ވަޅިއެއްގެ މައްސަލައާ ގުޅިގެން އައި ބަދަލެއްތަ އަނެއްކާ؟
ހަހާ
19 May 2022
އެހެން ވެގެންތަ ތިނަދޫ އެސް.ޓީ.އޯ ގެ 12 މިލިޔަންގެ މައްސަލަ ނުބަލާ ތި ތިބެނީ ؟
678
19 May 2022
އޭސީސީ ދެން ބަލައިގަންނާނީ އިބޫ އަންގާ މައްސަލަތައްހޯ