ހުޅުމާލެ ދެ ވަނަ ފިޔަވަހި: އެ ތަނުގައި އިސްލާމިކް ސެންޓަރެއް އަޅާނެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
19 މެއި 2022 - 15:10
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިސްލާމިކް ސެންޓަރެއް އަޅަން ނިންމައި، އެ ތަން ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ ޒަމާނީ ފެންވަރުގެ އިސްލާމިކް ސެންޓަރެއް ޑިޒައިން ކުރަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އަންނަ އޮގަސްޓް 25ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ މުބާރާތުން އެއް ވަނައަށް ދާ މީހަކަށް ހަތް ލައްކަ ރުފިޔާ، ދެ ވަނައަށް ދެ ލައްކަ ރުފިޔާ އަދި ތިން ވަނައަށް ހުށަހަޅާފައި ވަނީ އެއް ލައްކަ ރުފިޔާ އެވެ. މުބާރާތަށް ހުށަހަޅާފައިވާ އިނާމްގެ ޖުމްލަ އަކީ އެއް މިލިއަން ރުފިޔާ އެވެ.
އެ ސެންޓަރުގެ ޑިޒައިންގައި ނަމާދުކުރެވޭނެ ތަނަކާއި ޕާކިން އޭރިއާއާ އޮފީސްބަޔަކާއި މަލްޓިޕާޕަސް ހޯލާއި ސެމިނާ ރޫމާއި ލައިބްރަރީއާ ސްޓާފް ކެންޓީނާއި ކްލާސްރޫމާއި ކޮމާޝަލް އޭރިޔާ އަދި ރެކްރިއޭޝަނަލް އޭރިއާއެއް ހިމެނޭނެ އެވެ.
މިނިސްޓްރީން ބުނީ އެ ޑިޒައިނަކީ މީގެ ކުރިން އެއްވެސް ތަނަކުން ބޭނުންކޮށްފައިނުވާ، އާ ޑިޒައިނަކަށް ވާން ޖެހޭނެ ކަމަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި ގދ. ތިނަދޫގައި އިސްލާމިކް ސެންޓަރު ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިކޭޓު
22 May 2022
ތިޔައިން އެއްވެސް ކަމެއް ފެނިދެނި ނުވަނީސް ދައުރު ނިމިގެން އިބުރާހީމް ގެއަށް ދާ ވަގުތު ޖެހެނީ
ފަރޭ
20 May 2022
މިސްކިތެއް އަޅަން ވީކޮތާމެދު މިލިއަނެއް، ބަސް ދަތުރުތައް ގަޑިއަކައް ތަނަކައް ދާނެގޮތައް ރާވާލަން ނެތް ލާރިއެއް.
ރާއްޖެ
19 May 2022
ސުރުޚީ ޖަހަން މޮޅު ސަރުކާރެއް މިއީ.
ބައިސެންޓް
19 May 2022
އިސްލާމިކް ސެންޓަރުގައި "ކޮމާޝަލް އޭރިއާ އާއި ރެކްރިއޭޝަނަލް އޭރިއާ" އޮންނަން ޖެހޭތޯ؟؟ ނަމާދުކުރުމާއި ދީނީ ކަންތައްތައް ކުރިއަރުވަން ހަދާ އިމާރާތެއްގަ ފިހާރައާއި ކެފޭ އާއި ކުޅިވަރު ކޯޓުތައް އެޅީމަ ކަމަކު ނުދޭ.
ބޭރު
19 May 2022
ލަންޑަންގެ ސެންޓްރަލް މިސްކިތުގަވެސް މި ފެސިލިޓީސްތަށް ހުރޭ.
ޑިރަަސާ
19 May 2022
ދުނިޔޭގެ ކުރިއަރާފައިވާ އިސްލާމީ ގައުމުތަކުގައި އިސްލާމީ ވަންތަ ބިނާ ތަކާއި އިސްލާމިކު ސެންޓަރތަކަށް ޒިޔާރަތް ކޮއްފައި އައިސް މިތަނުގައި ކޮމެންޓް ކުރައްވާ.. ރާއްޖޭގެ އާބާދީއަށްވުރެ މުސްލިމުން ގިނަ ، ރާއްޖެއަށްވުރެ ދީނީގޮތުން ވެސް ، އިގްތިސާދީ ގޮތުންވެސް ،އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ގަލްފު ސަރަހައްދުގެ އިސްލާމީ ގައުމުތަކުގައިވާ މިކަހަލަ ބިނާތައް ރިސާޗު ހައްދަވާ.