އާންމުންނަށް ދެއްކުމަށް ތައްޔާރު ކޮށްފައިވާ "ވިނަރެސް" ފްލެޓެއްގައި އެޗްޑީސީގެ އޮފިޝަލަކު އިއްޔެ ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
25 މެއި 2022 - 09:57
ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ ޖުލައި މަސް ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރާނެ ކަމަށް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހުޅުމާލޭގައި އެންމެ އަވަހަށް މީހުން ވަންނާނީ މިހާރު މަސައްކަތް ނިމެމުން އަންނަ ވިނަރެސް ފްލެޓްތަކަށް ކަމަށާއި ޖުލައި މަސް ތެރޭގައި ކޮންޓްރެކްޓަރު އެތަން އެޗްޑީސީއާ ހަވާލުކުރާނެ ކަމަށެވެ.
އަސްލަމް ވިދާޅުވިގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި "ވިނަރެސް" ފްލެޓްތަކުގެ ބައެއް ފްލެޓްތައް، ރަށްރަށުން މާލެ އަށް ހިޖުރަ ކޮށްގެން ދިރިއުޅޭ މީހުންނަށް ލިބޭނެ އެވެ. ނަމަވެސް ބޮޑުބައި ލިބޭނީ މާލޭގެ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ސާފުކޮށް ދަންނަވާލަން [ފްލެޓުގެ] ބޮޑު ޕަސެންޓޭޖެއް ލިބޭނީ މާލޭގެ ރައްޔިތުންނަށް. ކޮންމެވެސް މިންވަރެއް ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ،" އަސްލަމް ވިދާޅުވި އެވެ.
ހުޅުމާލެ: އޮކްޓޫބަރު 28، 2021- ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ "ވިނަރެސް" 3 ކޮޓަރީގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއް-- ފޮޓޯ: ފަޔާޒު މޫސާ /. މިހާރު
ވިނަރެސްގެ އެޕާޓްމަންޓުތައް ވިއްކަން ހުޅުވާލާނެ ކަަމަށް ބުނެ މީގެ ކުރިން އެޗްޑީސީ އާއި ސަރުކާރުން ވެސް ވަނީ އެކި ތާރީހުތަކެއް ދީފަ އެވެ. އެންމެ ފަހުން ބުނީ އެ ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާކަށް މާ ގިނަ ދުވަހެއް ދެން ނުނަގާނެ ކަމަށެވެ.
އެ އެޕާޓްމަންޓުތައް އާންމުންނަށް ވިއްކަން ހުޅުވާލުވުމުގެ ކުރިން ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދަން ނިންމި އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދެއްކި މީހުންނާއި ހިޔާ އިން ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓް ދޫކޮށްލައި ވިނަރެސް އަށް ބަދަލުވާން ބޭނުންވާ މީހުން އަދި ގުޅިފަޅުން ފްލެޓް ގަތް މީހުންނަށް އެ ފުރުސަތު ހުޅުވާލާނެ އެވެ.
- އެޕާޓްމަންޓެއް ބޮޑުމިނަކީ 902-883 އަކަފޫޓު
- ވިއްކާ އަގުތަކަކީ 2.5-2.7 މިލިއަން ރުފިޔާ
- އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކާ ނަމަ އަގު ދެ ގުނަވޭ
- މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނޭ
- ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
04 June 2022
އަހަރަމެން އާދައިގެ މީހުންނަށް މި ދުނިޔޭގަ އޮތީ ކުލިދައްކަ ދައްކާ ގޮސް އަޖަލު ހަމަކުރުން، ޔާ ﷲ މި އަޅާއަށް ދެއްވި ނިއުމަތަށް ٱلْحَمْدُ لِلَّٰهِ
ސަސްޓެއިން
25 May 2022
ވިނަރެސް ގެ ނަމުގައި "ވިއްކި" ފްލެޓް ތަކަކީ ސޯޝަލް ހައުސިންއަށް އިމާރާތް ކުރި 2500 ފްލެޓް. މި ތަންތަން ހައްޤުވާ މީހުންނަށް ލިޔުންވެސް ލިބިފައިވޭ. އެކަމަކު މިހާރު މިނިސްޓަރު އެ ވިދާޅުވަނީ މިތަންތަން ލިބޭނި މާލޭގެ މުއްސަނދިންނަށް ކަމަށް. ވިއްކާ ވަހަކަ އެއްވެސް ނެތް މިފަހަރު ބުނެފައެއް. 2023ގެ ވޯޓު ހަނދާން ނައްތާލާ.
ފަރިހި
25 May 2022
ހިޔާ ފްލެޓް ތައް ނާރެހޭ ވިނަމަހޭ ކިޔައިގެން ނަންދިނަސް ރައްޔިތުންަށް އެގޭ ތީ ކުންފުނިތައް މެދުވެރިކޮށް ރޔާމީން ހަދަން ފެށި ހިޔާ ފްލެޓުގެ ބައެއްކަން. އަދިވެސް ނުނމިގެން ތި އުޅެނީ. ނަން ބަދަލުކޮށްގެން ވެސް ނިމޭގޮތެއް ނުވި ދޯ. އިސޮއިފާ ދީބަލަ އަސްލަންޓޭމެން.
ޕަރސަން
25 May 2022
ހިޔާ ފްލެޓް ދޫކޮށްލާ މީހުންނަށާއި، ސީލައިފް މީހުނާ، ގުޅީފަޅު މީހުނަށްދީފައި ތީގައި ދެން އެއްޗެއް އޮންނާނެކަމަކަށް ނުބެލެވޭކަމަށް އަންގަނީ.
ކޮލިއަކުރު
25 May 2022
ސީލައުފުގެ ބައެއެް މީހުންވަނީ ވިނަރެސް ފްލެޓުތައް އަގާ ބަލާއިރު މާ ގުޑަވެ ޖާގަ ކަމު ނުދާތީ ދޫކޮށްލާފައި. އެމީހުން ބުނަނީ ލަގްޒަރީ އަގުގަ އެއަށް ވުރެ ފެންވަރު ދަށްކޮށް ކަމަށް ހަދާފައި ވަނީ. ދައުލަތަށް މިނޫންގޮތެއް ނެތްދޯ؟ އަބަދުވެސް ކޮރަޕްޝަން. މިސަރުކާރަށްވެސް ޑޭޓޭއްވެސް ބަދަލު ނުވާގޮތަށް ނުދެވޭ؟ އަގު ހެޔޮ ނުކުރެނެވެންޏާ ޑައުންޕޭމަންޓު ލޯނުތެރެއަށް ލާފަ ދޫކޮށްބަލަ، އޭރުން އާއްމުމީހާއަށްވެސް ގޮތެއް އޮންނާނެ. ހުރިހާ ތަނެއް މުއްސަނދިންނަށްދޯ؟
ރައްޔިތުމީހާ ނު
25 May 2022
ނިކަމެތިންގެ ބަދު ދުޢާ އަށް ބިރުވެތިވޭ
ބޮޑުމީހާ
25 May 2022
ފްލެޓްތަކުގެ ވާހަކަ އިރުއިރުކޮޅާ ދައްކަން މިސަރުކާރުގެ ވެރިން ލަދު ގަންނަންޖެހޭ. ދައުރެއް ނިމިގެން ދާއިރު އެންމެ ފްލެޓެއްވެސް ނޭޅުނު. މިހާރު ފޭސް 2 ގައި ބިމުން މައްޗަށް ހުރި ހުރިހާ ފްްލެޓެއްގެ ކްރެޑިޓް ލިބޭނީ ރައިސް ޔާމިނަށް. މިސަރުކާރުން އަޅާ ފްލެޓްތައް ދަނީ ބިމުން ތިިރިއަށް. އެއީ ފަލަމަޑީގެ ބާވަތެއް. އެހެންވެ ނުފެންނަނީ
ާއުނިމާ
25 May 2022
އާ މާލޭމީހުނަށްދީ..އެމީހުން އެއުޅޭނީ އެންމެ ހާލުގައި..ލޮލް.. ހަމަ ދޭއިރަށް ދޭނެ ކުއަޔަށް...ދީފަ ބަޗާނެ ރާއްޖެއިންބޭރަށް ..މިޔޭ ހަނދާގޮތަކީ..މިޔޭ ޒަމާނުއްސުރެ ހަދަމުންދާގޮތަކީ..ބަލާބަލަ މިހާރުވެސް މާލޭ މީހުނަށް ދީފަހުރި ފުލެޓްތަކުގެ ބޮޑުބައި ކުއަޔަށް ދީފަވަނީ..އެތަނުގައި އުޅޭނީ ރާއްޖޭ ރައްފުށުގެ ރައްޔިތުން ކުލީގައި..މީ ރިޔަލިޓީޔަކީ..މާލެޔަސް ރަށްފުށަސް ފުލެޓު ދޭންޖެހޭވީ އެފުލެޓުގަ އުޅޭނުވަތަ އުޅެވޭ ބަޔަކަށް....ނޫޅެންޏާއެއީ ފުލެޓު ޙައްޤުނޫނީ
ބޭގަރާރު
25 May 2022
މާލޭ މީހުންނަށް ފުލެޓު ދެނީވެސް ހިލޭ...
ބޭކާރު
27 May 2022
އޭ އަސްލުތަ؟ އަވަހަށް ލާން ވީ ދޯ؟ ބޭގަރާރު ބޭނުމިއްޔާ މަހަކު 30،000 ރ އަށް ކުއްޔަށް ދެވިދާނެ. އަދި 3 މަސް އެޑްވާންސްވެސް އިނގޭތޯ!
އަސްލުވާގޮތް
25 May 2022
ވެރިންނަށް ހީވަނީ އެބައެއްގެ ވެރިކަމުގަ ގައުމަށް ލިބޭހުރިހާ އާމްދަނީއަކީ އެމީހުންގެ އެއްޗެކޭ. މިބުނާ ވެރިނަށް ތާއީދުކުރާ (ބައެއް ފަހަރު ދީނުން ބޭރުވާވަރަށް) މީހުނަށް ހީވެފަވެސް އޮންނަނީ ހަމަ ވެރިންގެ އެއްޗެކޭ. ނަމަވެސް ހަގީގަތުގެ ހައްގު މިލްކުވެރިންނަކީ ގައުމުގެ ހުރިހާ ރައްޔިތުން. ހަމަހަމަ ކޮށް އިންސާފު ވެރިކޮށް. ވަކި ރަށަކަށް ނުވަތަ ވަކި އާއިލީ ވީތީ ތަފާތުކުރުމެއް ނެތި. މި ހަގީގަތް ގަބޫލުކުރެވޭ ދުވަހަކުން މެނުވީ ހަގީގީ މިނިވަންކަމެއް ނެތެވެ.
ޙހބވވވ
25 May 2022
އިންސްޓޯލްމަންޓަށް ނެގީމަ އަގުދެގުނަވެޔޯ. ބަލަ ސަރުކާރަށް ރިބާކެއުންވެސް ހުއްދަވީތަ؟ ސަރުކާރުން ކޮށްފިއްޔާ ހަރާންވެސްހަލާލުވަނީތަ؟ މުޖުތަމައަށް މިސާލުދައްކަންތިބި ވެރިންގެ ފެންވަރު.