ހުޅުމާލޭ ދެވަަނަ ފިޔަވަހީގައި ފްލެޓްތަކެއް އަޅާފައި- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 މެއި 2022 - 15:31
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "މެރީނާ ވިއު އެޕާޓްމަންޓް" ހަދައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.
މެދުފަންތި އާއި މަތީ ފަންތީގެ މީހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ އެ މަޝްރޫއުއާ ގުޅިގެން އެޗްޑީސީން ހަދާފައިވާ އުސޫލުގައިވާ ގޮތުން މި ޕްރޮޖެކްޓްގައި ތިން އިމާރާތެއް ހަދާނެ އެވެ. އެއީ 13،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެ އެޕާޓްމަންޓްތަކެއް ހިމެނޭ އެ މަޝްރޫއުގައި ތަރައްގީކުރަނީ 231 އެޕާޓްމަންޓްގެ އިމާރަތާކާއި 110 އެޕާޓްމެންޓް ހިމެނޭ އިމާރާތެއްގެ އިތުރުން 208 އެޕާޓްމަންޓްގެ އިމާރާތެކެވެ.
އެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގައި އެންމެ ކުޑަވެގެން 750 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި 1،000 އަކަފޫޓު ހުންނާނެ ކަމަށް އެޗްޑީސީގެ ގައިޑްލައިނުގައިވެ އެވެ. ކޮންމެ ކޮޓަރިއެއްގައި ފާހާނާ ހިމެނޭ ގޮތަށް ތަރައްގީކުރާ އެ އެޕާޓްމަންޓުތަކުގައި ސިޓިންރޫމާއި ބަދިގެ އާއި ލޯންޑްރީއަށް ވަކި ބައެއް ކަނޑައަޅާފައި ހުންނާނެ އެވެ.
އެ ގައިޑްލައިނުގައިވާ ގޮތުން މި ތަންތަން ތަރައްގީކުރާނީ ބޭސްމަންޓުގައި ޕާކިން ޖާގަ ހިމެނޭ ގޮތަށެވެ.
އެ މަޝްރޫއުގައި ކޮންމެ މިކްސް ރެޒިޑެންޝަލް ހައުސިންއަކާ އެކު ކޮމާޝަލް އިމާރާތެއް ވެސް އަޅާނެ އެވެ. ކޮންމެ ކޮމާޝަލް އިމާރާތެއް ވެސް އަޅާނީ ދެ ބުރިއަށެވެ. ރެޒިޑެންޝަލް ހައުސިން އިމާރާތްތަކުގެ ކުރިމައްޗަށްވާ ގޮތަށް އިމާރާތްކުރާ އެ ކޮމާޝަލް އިމާރާތްތައް ގުޅުވާލަނީ ބްރިޖަކުންނެވެ.
އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެޗްޑީސީން ބުނީ މަސައްކަތް ވަކި ކުންފުންޏަކާ ހަވާލުކުރާއިރު އެކުންފުނީގެ ތަޖުރިބާ އާއި މާލީ ގާބިލުކަމަށް ވެސް ބަލާނެ ކަމަށެވެ.
އެ މަޝްރޫއުއަށް ހިންގަން ބޭނުންވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ޖޫން 14 ގެ ހަވީރު 3:30 ގެ ކުރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާގޯށި
26 May 2022
ފުރަތަމަ މީގެ ކުރިން މެދުފަންތީގެ އެޕާޓްމަްންޓް ހަދަން ދޫކޮށްފަ ހުރި ބިންތަކުގަ 5 ތައްއަހަަރަށްވުރެ ގިނަދުވަސް ވެފަވާ ނުނިމި ހުރި އިމާރާތްތައް ނިންމަން މަސައްކަތް ކޮއްދީބަލަ. އެތަންތަނުން އެޕާޓްމަންޓް ތައް ގަތް މީހުންގެ ހައްގުތައްވަނީ ނުގުޅައިގަނެފަ، އަޅާލާނެ ފަރާތެއްނެތް މީކިހާބޮޑު ބޭއިންސާފެއްތޯ ކިހާބޮޑު ގެއްލުމެއްތޯ
މެދު ފަންތި މީހާ
26 May 2022
ތިތަނަކީ ވެސް މަތީ ފަންތީގެ މީހުންނަށް ޚާއްސަ ތަނަކަށް ވާނީ. މެދު ފަންތީގެ މީހަކު ކިހިނެތް އެއްފަހަރާ ތިތަންތަނަށް ލާރި ދައްކާނީ؟ ވިއްކަން އިއުލާނުކުރާ އިރު ވެސް އޮންނަނީ އެއްފަހަރާ ލާރި ދައްކާ މީހުންނަށް އިސްކަން ދެވޭނެއޭ. ސަރުކާރުން ހެދިއަސް އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ހެދާތަނަކަސް މެދު ފަންތީގެ މީހަކު ލައްވައެއް ނުލާނެ. ވަރަށް ދެރަވޭ މިކަމާ
ޙޙ2022
26 May 2022
ބޮޑުމީހާބުނާކަށް ތިގޮތަށް ބުރިޖުވެސް އަޅާފި.. ބޮއިހަލަކި
ވޯޓުން ދައްކާނީ
26 May 2022
އެޗްޑީސީން ސަރުކާރުން މިކުރަނީ ވިޔަފާރި. މުއްސަދިން ނައް އަދިވެސް ތަންތަން މިހަދަނީ. ކޮބާތަ ގެދޮރު ނެތިފަ ތިބިމީހުން ެކަން ބަލާނެ ސަރުކާރެއް ނެތް. މިއޮތީވާ ގައުމެއް
އަލި އަސްފާގު
26 May 2022
އެޕާޓުމެންޓެއް ތިޔަ ވިއްކަނީ ތަން ހަދަން ދިޔަ ހަރަދަށް 4 ގުނަލާފަ. ވީމާ ތިޔަ ސައިޒުތަކަކީ މާ ކުޑަ ސައިޒެއް. 1000 އަކަފޫޓަކީ އެންމެ ކުދަ ސައިޒު ކަމަށް ބަލަމާ ހިނގާ
ހުސެނން
25 May 2022
މުޅި ރާއްޖޭގަ ވެސް ނެތް ސޮޕިންމޯލް އެއް... ސޮޕިންމޯލް ހަދާފިޔާ މަޖީދީ މަގު ފިހާރަތައް ހުސް ވެދާނެތީ އޯ ނަހަދަނީ.... ސޮޕިންމޯލް ހަދާފަ ހުރިހާ ވިޔަފާރި ވެރިން ނައް ދިނީމަ ގްރައުންޑްފުލޯ ޕާކިން އައް ހަދަން މަޖްބޫރުވާނެ...
ފަކީރާ
26 May 2022
ތިޝޮޕިން މޯލް ކޮންސެޕްޓަކީ މިހަރު އެމެރިކާފަދަ ތަރައްޤީވެފައިވާ ގައުމުތަކުގައިވެސް ފެއިލްވަމުްނދާ ކޮންސެޕްތަށް. އޮންލައިން ވިޔަފާރިތަރަށްޤީވާވަރަކަށް އެފަދަ ތަންތަނުގެ މަޤުބޫލްކަން ކުޑަވަމުންދާނެކަމަށް ދިރާސާކުރާމީހުން ގަބޫލްކުރަނީ. އެނޫނަސް ބޮޑެތި ޝިޕިންގ މޯލަކީ އާންމުކޮށް ބޮޑިވިޔަފާރިތަކަށް ފައިދާ ހުންނަތަންތަން. ޝޮޕިންގ މޯލް މަދު ތަންތާނގަ ކުދި ފވިޔަފާރި ތަރައްޤީވާލެއްއގިނަ.
ހަނިސިކުނޑި
27 May 2022
"ފަކީރާ" އަށް އަދި ފެނިގެން ތިޔައުޅެނީ އެމެރިކާގެ ފޮޓޮޔަކާ ފާރުނޫހެއް. އެމެރިކާނޫނަސް ދުނިޔެ އެބައޮތް
ބޮޑުމީހާ
25 May 2022
ތިހެން މި 4 އަހަރުތެރޭ 20000 ފްލެޓް އަޅައިފި، ނިމިދިޔަ ރޯދަ މަހު ފްލޯޓިންގ ހައުސް އަޅާފި، ދެން މިސަރުކާރުން އިތުރަށް ފްލެޓް އަޅާނެކަމެއް ނެތް. ބޯހިޔާވެހިކަން މިހާރު އަތްފޯރާފަށަށް އައިސްފި. ކޮންމެ ދެމެފިރިއަކަށް ފްލެޓެއްވެސް ލިބިއްޖެ
މުހާވިރާ
25 May 2022
އެސްޖޭ ހީވަނީ ވަރަށް ގާބިލްވާނެ ހެން. އަދި ސީލައިފް ވެސް ހީނުވޭ ދޫކުރާނެހެން. މިއީ މި ރާއްޖޭގައި މިވަގުތަށް ތިކަމަށް އެންމެ ގާބިލް ކުންފުނިތައް.
ހަންބޯ
26 May 2022
ކޮބާ ހަންބޯ؟
ޞވވޗޗ
25 May 2022
އަހަރެންހަމަ އަޖައިބުވެ އަންތަރީސްވޭ ސަރުކާރުގެ ވިސްނުންހުންނަ ދަރަޖަ އެނގުނީމަ. މިހާރުވެސް މާލޭގަ ބޮޑެތިގެދޮރުހުރި މާލެއާ ރާއްޖެތެރޭ މުއްސަނދިންނަށް ފްލެޓްދީފަ އަސްލު އަމިއްލަ ގެދޮރު ނެތް އެއަށް އިންތިހާއަށް ބޭނުންޖެހިފަ ތިބި މީހުންބާކީ ވާގޮތަށް ފްލެޓްދޭ އުސޫލު މިގައުމުގެ ސަރުކާރުން މިގެންގުޅެނީ ރައްޔިތުންނަށް ކޮންހެވެއް އެދިގެންބާ ؟؟؟