ޓްރީ ޓޮޕް ހޮސްޕިޓަަލް: އެތަނުުގެ ހިތާނީ ކޭމްޕް މި މަހު 25 ގައި ފަށާނެ. -- ފޮޓޯ؛ ފަޔާޒު މޫސާ / މިހާރު
01 ޖޫން 2022 - 10:26
ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ހިތާނީ ކޭމްޕަގެ ނަން ނޯޓުކުރަން މިއަދު ފަށައިފި އެވެ.
ސްކޫލުތަކުގެ ބޮޑު ބަންދާ ދިމާކޮށް ކުރިއަށް ގެންދާ މި ކޭމްޕް އޮންނާނީ މި މަހުގެ 25 އިން އިން އޮގަސްޓު 1 އާ ހަމައަށް ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގަ އެވެ.
ސްކޫލް ބަންދާ ދިމާކޮށް ޓްރީ ޓޮޕުން ހިންގާ ހިތާނީ ކޭމްޕްގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް -- ފޮޓޯ: ޓްރީ ޓޮޕް
ޓްރީ ޓޮޕުން ބުނީ މި އަހަރުގެ ކޭމްޕުގައި އަށް ޑޮކްޓަރުން ބައިވެރިވާނެ ކަމަށް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ، އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތު އާރިޔަލް، ޑރ. މުހައްމަދު ޝަރީފު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު މެހްމެތު އޯޑާ އާއި ޑރ. އަބްދުﷲ އަދުސަރެވެ.
ޓްރީޓޮޕުން ބުނީ ހިތާނީ ކޭމްޕުގެ ޕެކޭޖު އަގަކީ 4،000 ރުފިޔާ ކަމަށެވެ. މިއީ އާސަންދަ އަށް ކެނޑުމަށް ފަހު ދައްކަން ޖެހޭ އަދަދެވެ. އެކަމަކު ޕްރައިވެޓް ރޫމަށް އަޕްގްރޭޑުކުރާ ނަމަ އަގުތައް ތަފާތު ވާނެ އެވެ.
މި ކޭމްޕުން 200 އަށް ވުރެ ގިނަ ކުދިންނަށް ފުރުސަތު ދޭނެ އެވެ. ނަން ނޯޓުކުރަން ގުޅަންޖެހޭނީ 3351610 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy