ޓީއެމްއޭގެ އެމްޕްލޯއީ ރިކޮގްނިޝަން ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ޓީއެމްއޭ
01 ޖޫން 2022 - 15:22
ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ އެމްޕްލޯއީ ރޮކޮގްނިޝަން ޕްރޮގްރާމް ބާއްވައިފި އެވެ.
މި ޕްރޮގްރާމު މި އަހަރު ބާއްވާފައި ވަނީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން އައި މެދު ކެނޑުމަކަށް ފަހު އެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ އާއި ކުންފުނީގެ ސީނިއާ މެނޭޖްމެންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ކޮވިޑުގެ ތެރޭގައި ފާހަގަކުރެވޭ ހިދުމަތްތަކެއް ކޮށްފައިވާ ޓީއެމްއޭގެ 13 ޑިޕާޓްމަންޓެއްގެ 99 މުވައްޒަފަކަށް ވަނީ އެވޯޑު ދީފަ އެވެ.
ޓީއެމްއޭ އަކީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތްތައް އަބަދުވެސް ފާހަގަކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނީ ކުންފުނީ އެންމެ އަގުހުރި ރިސޯސް އަކީ ކުންފުނީގެ މުވައްޒަފުން ކަމަށާއި މި ފަދަ ޕްރޮގްރާމުތައް ބާއްވަނީ އެ މުވައްޒަފުންގެ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ދިނުމަށް ކަމަށެވެ.
ޓީއެމްއޭ އަކީ ރާއްޖޭގައި އެންމެ ގިނަ ސީޕްލޭން ދަތުރުތައް ކުރާ ކުންފުންޏެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓުތަކަށް ޓީއެމްއޭ އިން ދަތުރު ކުރެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރޭ 001
01 June 2022
ފަހުދު ވަރެއް ނެތޭ ހަމަ
ބިދޭސީދޭސީ
01 June 2022
ތި ފޮޓޯއިން ވެސް ފެންނަނީ ތިން ދިވެހިން.. ދެން ހުސް ބޭރު މީހުން. ހެނދުނު ގަޑީގައި ޓީއެމްއޭ މުވައްޒަފުން އުފުލާ ބަސްސްޓޮޕްތަކުގައި ތިބޭ މީހުންނަށް ބަލާލީމާ ވެސް އެނގޭނެ ތިތަނުން ދިވެހިންނަށް ވަޒީފާ ނުދޭކަން. މިހާރު ނޫހުން މިކަން އިންވެސްޓިގޭޓް ކޮށް ރިޕޯޓެއް ތައްޔާރުކުރުން އެދެން.