.
06 ޖޫން 2022 - 06:44
އިންޑިއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ޑޯސާ ހަދާނެ ގޮތް، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ކިޔައިދީފި އެވެ.
ކުދިކުދި އެޕްލާޔަންސް ބޭނުންކޮށްގެން ކާއެއްޗެހި ހެދުމަށް މަޝްހޫރު "މިނީ ކިޗެން އިންޑިއާ" އާ ގުޅިގެން ބްރިޓްނީ ވަނީ އޭނާގެ ސޯޝަލް މީޑިއާ އަށް ހާއްސަ ވީޑިއޯއެއް ލައިފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ކުޑަކުޑަ ތަވާއެއްގައި އޭނާ ޑޯސާ ހަދާ ތަނެވެ.
އެ ވީޑިއޯ ޕޯސްޓުކުރިއިރު، އޭގެ ލަވައަކަށް ވެސް ބޭނުންކޮށްފައި ވަނީ ހިންދީ ލަވައެކެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން އެ ވީޑިއޯ އަށް ލިބުނެވެ.
އެއް ބަޔަކު ބުނީ ބްރިޓްނީ ހިންދީ ލަވަ ޖަހާތީ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަނެއް ބަޔަކު ބުނީ އެ ވީޑިއޯ ފެނިފައި ވަރަށް ބޮޑަށް ޑޯސާ ކާހިތްވެއްޖެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
06 June 2022
ޑޯސާ ތަ ނޫނީ ދޯސާތަ؟
ޅިން
06 June 2022
ރަގަޅު ގޮތަކީ ދޯކާ. ރޮށީގެ ބަދަލުގާ ދޯކާއެއް ދިނީ.