މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ލޭޑީ ގާގާ: ޖޯކާގެ ދެވަނަ ބައިގައި ހާލީ ކުއިންގެ ރޯލުން އޭނާ ފެންނާނެ.
15 ޖޫން 2022 - 07:08
ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާ އަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައިގެ ރޯލެއް މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ލޭޑީ ގާގާ އަށް ދީފި އެވެ.
ޖޯކާގެ ދެވަނަ ބައިގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ޓޮޑް ފިލިޕްސް އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އަދި އެ ފިލްމުގައި ވާކީން ފީނިކްސް، ޖޯކާގެ ރޯލުން އަލުން ފެންނާނެ ކަމަށް ވެސް ފިލިޕްސް ބުންޏެވެ.
ފިލްމުގެ ދެވަނަ ބަޔަށް ލޭޑީ ގާގާ ކާސްޓްކޮށްފައި ވަނީ "ހާލީ ކުއިން"ގެ ރޯލު ކުޅުމަށެވެ. ހާލީ ކުއިން އަކީ ޖޯކާގެ ލޯބިވެރިޔާ އެވެ.
A new DC star is born... https://t.co/adop01Q1hV pic.twitter.com/5D6qYT4aRQ
— Variety (@Variety) June 14, 2022
"ފޮލީ އަ ޑޫ"ގެ ނަން ދީފައިވާ ޖޯކާގެ ސީކުއެލްއާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އަންނަނީ ޓޮޑް އާންމުކުރަމުންނެވެ. ވަކި ގޮތެއް ނިންމާފައި ނުވިޔަސް، ކުރިއަށް އޮތް ފިލްމަކީ މިއުޒިކަލް ފިލްމަކަށް ވުން އެކަށީގެންވާ ކަމަށް ޓޮޑް ވަނީ އިޝާރާތްކޮށްފައިވެ އެވެ.
މިއީ 2019 ވަނަ އަހަރު ނެރުނު "ޖޯކާ" އަށް ވުރެ މުޅިން ތަފާތު މިސްރާބެކެވެ. އެއާ އެކު، ފޭނުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފަ އެވެ. އެއްބައި މީހުންނަށް އެ މިސްރާބު އެއްގޮތަކަށް ވެސް ކަމަކުނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy