ކުރިން އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްއެންޕީ
16 ޖޫން 2022 - 18:23
ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ދައުލަތުގެ ޕެންޝަން ސިޔާސަތު ތަރުތީބުކޮށްދިނުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިފި އެވެ.
ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަތައް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ މިދިޔަ މެއި މަހުގެ 16 ގައި އޮތް މަޖިލީހުގެ ޖަލްސާއަށް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ޕެންޝަން ސިޔާސަތު ތަރުތީބުކޮށް ދެއްވުމަށް އެދި ރައީސްއަށް މިއަދު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ޕެންޝަނާ ގުޅޭ ކަންކަމަކީ އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ކަމަކަށްވާތީ އެފަދަ ބިލު ހުށަހެޅޭނީ ސަރުކާރަށް ކަމަށެވެ. އަދި ޕެންޝަން ގާނޫނާ ގުޅިގެން އެ ޕާޓީން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާ ހަމައަށް ގާނޫނުގެ މަގްސަދުތަކާއި ލާޒިމްކޮށްފައިވާ ޒިންމާތަކާއި އެ ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަން ހައްގުވެރިންނަށް ލިބެމުން ނުދާ ކަމަށް ބަޔާނުގައި ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މަޖިލީހުގައި ކުރިން ރިޔާޒު ވިދާޅުވި ގޮތުގައި އެ ގާނޫނަށް ހުށަހަޅައިގެން އަމަލު ކުރަމުން ގެންދާ އިސްލާހެއްގައިވާ ގޮތުން އެހެން ޕެންޝަން ސްކީމަކުން ލިބޭ ފައިސާގެ އަދަދު އަސާސީ ޕެންޝަން ސްކީމަކަށް ވުރެ ކުޑަ ނަމަ އަސާސީ ޕެންޝަނަށް ލިބެން ޖެހޭނީ އެ ޕެންޝަނުން ލިބޭ އަދަދުގެ 50 ޕަސަންޓު ކެނޑުމަށް ފަހުގަ އެވެ. އެއީ ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 3000ރ. ލިބޭ ނަމަ މިހާރު ލިބޭނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުން އެ 3000ރ. ކެނޑުމަށް ފަހު ބާކީ 2000ރ. އާއި ރިޓަޔަމަންޓުގެ ގޮތުގައި ލިބޭ 3000ރ. އާއެކު ޖުމުލަ 5000ރ. އެވެ.
އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާވެފައިވާ މީހުންނާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ މީހުންނާ މާބޮޑު ތަފާތެއް ނޯވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިރިސިރިސޭ
18 June 2022
ޕެންޝަނާ ގުޅޭ މައްސަލަ ހައްލުވާނީ މިހާރު ރިޓަޔަރވެގެން އުޅޭ ސަރުކާރު މުވައްޒަފުން ރުހޭގޮތަށް، ސަރުކާރުގަ ނޫޅޭ، އެކަމު ގައިބާރު ދޫވެ، މުސްކުޅިވެފައިވާ މީހުނަށް ދެމުން އަންނަ 5،000 ރުފިޔާ ކަނޑާލީމަ. އެއީ އެއްވެސް އެއްޗަކަށް ނުވެގެން އުޅެނީ، އެހެން މީހުނަށް ދޭތީ. ވަރަށް އަމިއްލަ އެދުން ބޮޑު ދަހިވެތި ބައެއް! ހަނދާނެއް ނުހުރޭ ތިމާ ފައިސާ ޖަމާކުރީ ކިތައް އަހަރު ކަމެއް، 5،000 ވެސް "ހައްގު"ވާން
2000
17 June 2022
އުމުރު ހުސްވަންދެން ސަރުކާރަށް ގުލާނު ކުރީމާ ލިބޭ އެއްޗެއް ނެތް. 65އަހަރު ވީމާ ގެއަށް ދިޔައިމާ ލިބެނީ 5ހާސް ރުފިޔާ. އެއީ މަގުމަތީ ޑްރަގު ބޮއި ގައުމަށް ދުއްޕާނަކަށް ވެފައި ހުންނަ މީހާވެސް 65އަހަރު ވީމާ ދޭ ވަރަށް އެއްވަރު. މަޖިލީސް މެމްބަރުން 5 އަހަރު ހަމަ ވީމާ މުސާރަ 30ޕަސެންޓް. މިއީ ސަޅި ޑިމްކްރަސީގެ ވައްތަރު ދޯ. އިންސާފެއް ހަމަ ހަމަ ކަމެއް ނެތް ގައުމެއް މިއީ. އިޖްތިމާއީ އަދާލަތު ނެތްތަނެއްގައި ދެން އޮންނާނީ ކޮން އަދާލަތެއް ބާ.. ވޯޓޭ ކިޔާނެ
ބަތޭލި
17 June 2022
މި ނޭނގިގެން މިއުޅެނީ މަދުލާރިކޮޅެއް މުސާރަޔަށް ލިބޭ ސިވިލްސާވަންޓުން 40 އަހަރު ދައުލަތަށް ޚިދުމަތްކޮށްފައި 65 އަހަރުވީމަ މިލިބެނީ ކޮންމެ މީހަކަށްވެސް އޮންނަ 5 ހާސް ރުފިޔާހޭ؟ އެވެސް އެމީހާ މުސާރައިންް ކެނޑިލާރިންނޭ އެދެނީ. މަޖުލީހު މެންބަރު 5 އަހަރުގެ ދައުރެއް ފުރިހަމަ ކުރީމަ މުޅި އުމުރަށް މުސާރައިގެ 30 ޕަސެންޓް މިދެނީ އޭނަ ވަޒީފާގައި ހުރެ ލާރި ޖެހީހޭ. ވަކި ބަޔަކަށް ވަކިގޮތެއް ނެހެދޭނެޔޭ. އެންމެނަށް އެއްގޮތް ހަދާށޭ.
ވަމުންދާ ގޮތް
17 June 2022
އެމްޑިޕީން ގެ ހިތަށް ފިނިކަން ލިބެނީ ސިވިލްސަރވަންޓުންނާ ކުޅެލެވުނީމަ އެވެ މިހާރު އުޅެނީ 55 އަހަރަުވުމުން ރިޓަޔަރކުރާ މީހުންނަށް ހާތަށް ދުވަހު ދެމުން އައި ޢިނާޔަތް ކުޑާކޮށްލާ 40% އިން 30% އަށް ދައްކޮށްލާ މުށަށް ކުޑަ އެއްޗެއް ލައިދީފަ ކަނޑާލާ ގޮތަށެވެ މަހުން މަހަށް ދޭ އެއްޗެއް އުނިކޮށްލާ ކެހިވެރިކަމެއް ދޭށެވެ މިކަންކަމުގެ ބަދަލް 2023 ގެ އިންތިޚާބު ތަކުގައި އެމްޑީޕީއަށް ފެނިގެންދާނެއެވެ އެމްޑީޕީ ރާޢްޖޭގެ ވެރިކަމަށް ދެން އައުމެއް ނެތެވެ
ބަޑިތަކުރު
17 June 2022
ވަޒީފާއަށް ވަނީއްސުރެ މުސާރައިން ޕެންޝަނަށް ފައިސާ ކަނޑައިގެން ވަޒީފާއިން މުސްކުޅި ކުރެވޭ މީހުންނާއި އެއްވެސް މިންވަރެއް ފަންޑަށް ނުދައްކައި ވަކި އުމުރެއް ހަމަވީތީ ޕެންޝަންދޭ މީހުންނާއި ދެބައިމީހުންނަށްވެސް ދާދި އެއްމިންވަރެއް ލިބުމަކީ ކޮންމެ ބަޔަކު ބުންޏަސް އިންސާފެއް ނޫނެވެ. ޕެންޝަން ތަޢާރަފް ކުރިއިރު ވާހަކަ ދެކެވުނު ފަދައިން ފައިސާ ދައްކާ މީހުންނަށް އެންމެ ކުޑަމިނުން ވަކިވާއިރު ހުންނަ ބޭސިކް މުސާރަ ނުވަތަ އެމުސާރައިގެ %75 ވަރު ލިބެންޖެހެއެވެ.
@ބާދި
17 June 2022
ބަންގާޅުގަ ދޭ ވަރަށް ވުރެ މަދު މިތަނުގަ ޕެންޝަނަށް ދޭވަރު
ސެންރާ
18 June 2022
އެކަމު ޕެންޝަން ފަންޑަކީވެސް ވަކި އިރަކު ފެށުނުކަމެއް ނޫންތަ. ސަރުކާރަކު ނުހުންނާނެ އެންމެނަށް ވަޒީފާ ދޭނެ މަގާމެއް. އެނޫނަސް އެމީހަކު ރައްކާކުރި އެއްޗެއް ދިނުމުގެ ބަދަލުގަ މިހާރުގެ ޖީލަށް މުސާރަދޭ ފައިސާ، ހަމަ މުސާރައިގެ ގޮތުގަ ވަކި ބަޔަކަށް އުމުރަށް ދޭން ހައްގުވާ އުސޫލަކީ ކޮބާ؟
ިަހަސާނު
17 June 2022
ކަރަޕްޝަން ސާބިތުވާ މުވައްޒަފުން ފިޔަވައި ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް 20 އަހަރާއި 40 އަހަރު ޚިދުމަތް ކުރުމުން ޕެންޝަން ދޭންވާނެ. ގާނޫނު ބަދަލުވުމުގެ ކުރިން ތިބި މުވައްޒަފުން ވެސް ހިމަނަންވާނެ. މިގޮތަށް މިކަން ނުކޮށްފިއްޔާ ދާދި އަވަހަށް ރައްޔިތުންގެ ވަޒީފާތަކަށް މުވައްޒަފުން ލިބުމުގެ ދަތިކަމާއި ކުރިމަތި ލާންޖެހޭނެ. ވަކި އިދާރާއެއްގައި އުޅުނީމާ ޕެންޝަން ލިބިފައި އަނެއް އިދާރާއެއްގައި އުޅުނީމާ ޕެންޝަން ނުލިބޭގޮތެއް އޮވެގެން ނުވާނެ.
ރައްކާތެރިކަން
18 June 2022
ސަރުކާރު ވަޒީފާތަކަށް މުވައްޒިފުން ވަދޭ ގަނޑުކޮށް. ވަޒީފާ މަދުވެފަ ހުންނަނީ
މުހައްމަދު
17 June 2022
20 އަހަރާއި 40 އަހަރުން ލިބޭ ޕެންޝަން މުސާރަ އާއި އެއް ގޮތަށް ބޮޑުވާން ޖެހޭނެ. ގައުމުގެ އިގުތިސާދު ރަގަޅުވާވަރަކަށް އަސާސީ މުސާރަ ބޮޑުވާން ޖެހޭނެ. ގައުމަށް މުހިއްމު މަސައްކަތްތަކެއްކޮށް 55 އަހަރުގެ ޕެންޝަން ނުލިބެނީސް 32 އަހަރު ފަހުން ވަޒީފާ ދޫކޮށްފައި އަންނަން ޖެހުނީ ވައްކަން ކުރަން އެެއްބަސްނުވީތީ ކުރި ޖެއްސުމުގެ ސަބަބުން ވަޒީފާ އަދާކުރާނެ ފުރުސަތު ނެތިގެން. އެކަމުގައި އިސްކޮށްތިބި އެންމެން ބައިވެރިވެ ނަފުސާނީ ގޮތުން އަނިޔާކުރި.
ދަންތޫރު
17 June 2022
އެހެންވީމާ ވަކި ހިސާބަކުން ސަރުކާރުން ނުޖެހޭނެތާދޯ ތިޔަ 5،000 ހަމަކޮށްދޭކަށް. އެއީ އެންމެނަށްވެސް އެހާވަރަށް ފަންޑުން ލާރި ދޫކުރެވޭވަރަށް ރައްކާކުރެވިފަ ހުންނާނެތީ. އެހެންވީމާ ދިރާސާ ހަދަންވީ ތިޔަ ބަހާކަށް ނޫނެއްނު. ދެމެހެއްޓެނިވި މިންވަރަކަށް ގެންނާކަށްނު. މިހާރު ޖަމާކުރަންޖެހޭ ވަރަށްވުރެ އިތުރު ކުރާކަށްނު. ޖަޕާނުގައި ވާހެން ދަރިމައިވުމުގެ ރޭޓު ދައްވެ މީހުންގެ ޢުމުރު ދިގުވެ މަރުވާ ރޭޓު ދައްވީމާ ނުތިބޭނެ މަސައްކަތްކުރާނެ ޒުވާނުނެއް. އެދުވަސް އޮތީ
ފިރިހެނާ
17 June 2022
ގޭގަ ތިބޭ މީހުނާ އެއްވަރޭ ބުނާއިރު 65 އަހަރުގެ އެ މުސްކުޅިން މަސައްކަތްކުރި އިރަކު ވުޖޫދުގަ އޮތް އެއްޗެއް ނޫނޭ ޕެންޝަން ފަންޑަކީ. ކޮންމެ މަހަކު މީހަކު ލާ ރުފިޔާޔާ އެއްވަރުގެ އަދަދެއް ލާންޖެހޭ ވަޒީފާ ދޭ މީހާވެސް، ވަޒީފާ އަދާކުރާ މީހާޔަށްޓަކާ. ދެން އެ ފައިސާ އިންވެސްޓުކޮށްގެން އެ ގިނަކުރަނީ ޕެންޝަން ފަންޑުން. ދިވެހީންގެ ކިބައިގައި ފަހަށް ރައްކާކުރުން ނޯންނާތިއްޔޭ އެ ހެދީ. އެއްޗެއް އޮތްކަން އެނގޭތަނުން އެ ދަވާލަން ތިޔަ އުޅެނީ
ސަންދީ
17 June 2022
ތިޔަ "ދިރާސާ" އެއް އެބަޖެހޭ އެމްއެންޔޫ ކަހަލަ ތަނަކުން އިވެލުއޭޓް ކޮށްލަދޭން. ހާދަ ހީވެޔޭ ރޯ ނުބައިކޮށް ހަދާފާ މީހަކު ދިއްކޮއްލި އެއްޗެއް ހިފައިގެން ދުވާހެން، ބީކޮށް ވޯޓު ލިބޭނޭ ބުނީމާ