ރިޔާޒް ޕެންޝަނާ ބެހޭ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ: ބަލައިގަންނަ ވަރަށް މެމްބަރުންގެ ތާއީދެއް ނުލިބުނު -- ފޮޓޯ: މަޖިލިސް
18 މެއި 2022 - 12:10
ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ފާހެއް ނުވި އެވެ.
ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަަތައް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.
ރިޔާޒް ވިދާޅުވީ އެ ގާނޫނަށް ހުށަހަޅައިގެން އަމަލު ކުރަމުން ގެންދާ އިސްލާހެއްގައިވާ ގޮތުން އެހެން ޕެންޝަން ސްކީމަކުން ލިބޭ ފައިސާގެ އަދަދު އަސާސީ ޕެންޝަން ސްކީމަކަށް ވުރެ ކުޑަ ނަމަ އަސާސީ ޕެންޝަނަށް ލިބެން ޖެހޭނީ އެ ޕެންޝަނުން ލިބޭ އަދަދުގެ 50 ޕަސަންޓު ކެނޑުމަށް ފަހުގައި ކަަމަށެވެ.
މިސާލަކަށް ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 3000ރ. ލިބޭ ނަމަ މިހާރު ލިބޭނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތުން އެ 3000ރ. ކެނޑުމަށް ފަހު ބާކީ 2000ރ. އާއި ރިޓަޔަމަންޓުގެ ގޮތުގައި ލިބޭ 3000ރ. އާއެކު ޖުމުލަ 5000ރ. ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"މިއީ އިންސާފު ވެރި ގޮތެއް ނޫން. ސަބަބަކީ ރިޓަޔަމަންޓް ސްކީމާއި އުމުރުން ދުވަސްވުމުން ދޭ އިނާޔަތާ މުޅިން ތަފާތު ދެ ސްކީމަކަށްވެފައި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަން ޖެހޭނެ އުޒުރެއް ނޫން،" ރިޔާޒް ވިދާޅުވި އެވެ.
އެ މާއްދާ އެހެން އޮތުމުގެ ސަބަބުން ގިނަ ދުވަހު ވަޒީފާ އަދާކޮށްގެން ރިޓަޔާ ވެފައިވާ ފަރާތްތަކާއި ވަޒީފާ އަދާނުކޮށް އުމުރުން ދުވަސްވުމުން އިނާޔަތް ލިބޭ ފަރާތްތަކާ މާ ބޮޑު ތަފާތެއް ނޯންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެވެ. އަދި 19 މެމްބަރުން ވޯޓު ދެއްވީ ބަލައިގަންނަން ނުފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
19 May 2022
ކޮންމެވެސް މީހަކު ޖަވާބުދީބަލަ؟ ސުވާލް އަކީ އުމުރުދުވަހު ވަޒީފައިގައި އުޅެގެން ކޮންމެ މަހަކު ލިބޭމުސާރައިން ޕެންސަން ދައްކާމީހައި އަަށް ލިބޭ ޕެންސަން ފައިސާއާއި ދައުލަތުން ކަމެއްނުކުރިއަސް ދޭ 5000 ރުފިޔާ ލިބޭ މީހައި އާއި ތަފާތު ވާނެތޯ، މިކަން ސާފްނުވެގެން މިއުޅެނީ
ޖާނު
22 May 2022
ތަފާތު ވާނެ. މަހު މުސާރައިން ކޮންމެ މަހަކު އެ ކެނޑޭ 14% ގެ ކޮންމެސް ވަރެއް ލާފައި އެމީހާ ރިޓަޔާ ވުމުން ލިބެމުންދާނެ. **ސަމާލު: ޕެންޝަން ސްކީމު އޮންނާނީ ޑިފޯލްޓުކޮށް ރިބާ އެކުލެވޭ ގޮތަށް. އޭތި ޝަރީޢަތާ އެއްގޮތަށް ބަދަލުވާނީ ފޯމެއް ލައިގެން. އަވަހަށް އެކަން ކުރޭ!
ބޮޑު ފަންޑިތަ
18 May 2022
ސިޔާސީ ރޯނުއެދުރުންގެ އެޖެންޑާ ހިތުދަސްކޮށްގެން ބަޔަކު އަރާ ޕޯޑިއަމްތަކުގައި ގުރާގޮވާހެން ގޮވީމާ، އަވާގައި ޖެހިގެން ވޯޓްދިނީމާ ވާނެ ހައެތި މިވަނީ.
ފެންސަން
18 May 2022
މިވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ. އަޑު އަހާނެ ބަޔަކުނެތް
ޖާބެ
18 May 2022
ކޮބާތަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ހުރިހާކަމެއް އިންގިހުރެ މިހާރު އިންސާފައް ވަކާލާތުކުރާމީހުން… މިވެސް ބައެއްތާ އަމިއްލަޔައް އިނގޭކަމައްވެސް ނުހަދާމިހާރު
ރީތާ
18 May 2022
މަ ހީކުރީ ރިޓަޔަމަންޓު ސުކީމު ދުނިޔެއަށް އައި އިރު މަސައްކަތް ކުރަންތިބޭ ބަޔަކަށް ފައިސާ ޖަމާކޮށްގެން، މުސްކުޅިވާންވާއިރަށް، 5،000 ރުފިޔާވަރު މަހަކު ލިބޭވަރަށް ފައިސާ ޖަމާނުކުރެވޭނެތީ ކަމަށް، އެ އަދަދު ދައުލަތުގެ ބަޖެޓުން ނަގާފަ އުމުރުން ދުވަސްވީ މީހުނަށް ދޭ ފައިސާގެ ނަމުގައި އެ ދެނީ. ދެ ތިން ތަނުން ރިޓަޔަމަންޓު ފައިސާ ލިބޭގޮތަށް އޮތުން އެއީ ދެމެހެއްޓެނިވި ހަމަޖެހޭ ގޮތެއްނޫން.
އަލްހޫން
18 May 2022
ރާއްޖޭގަ ހިންގާ އެއްމެ ބޮޑު ޕޮންޒީ ސްކީމް. އަހަރުމެންގެ އަތުން ލާރި ނަގައިގެން 65 އަހަރުވެފެ ހޮޅުއަށީގަ އަޗާ ތަޅަން ތިބޭ މީހުންނަށް ސަރުކާރުގެ ހެޔޮފުޅުކަމޭ ކިޔާފަ ދެނީ
1206
19 May 2022
ތިޔައީ ކަން އޮތް ގޮތް ނޭނގޭތީ ވާހަކަ ދައްކާ ގޮތް. ރިޔާޒް ބުނިހެން އެއީ މުޅިން ތަފާތު ދެ ސްކީމެއް. ރިޓަޔަރމަންޓް ސްކީމަކީ މުވައްޒަފާއި ވަޒީފާދޭ މީހާ ވަކި ވަރެއް ދައްކައިގެން އެ ފައިސާ ކަނޑައެޅިފައިވާ ވަކި އުސޫލަކުން އިންވެސްޓްކުރެވިގެން ހިންގޭ ސްކީމެއް. ދޮށީއުމުރު މީހުންނަށް ޕެންޝަން ދެނީ ދަައުލަތުން ޓެކްސް ފައިސާއިން ކަނޑައަޅާ ބަޖެޓަކުން ދޭން ހަމަޖެހިފަައިވާ އަދަދެއް މީހާ މަރުވަންދެން ދެނީ. ޕެންޝަން އޮފީހުން މި ކަމުގެ މަޢުލޫމާ ހާމަކުރައްވާ. 1/2
1206
19 May 2022
2/2.. ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ރިޓަޔަރމަންޓް ސްކީމްގެ އޮޑިޓް ކުރި މާލީ ހިސާބުތަައް ގަވާއިދުން ދަނީ ހާމަކުރަމުން. އަދި އަހަރެން ހަނދާން ކުށް ނޫން ނަމަ، އަސާސީ ޕެންޝަނުގެ މަޢުލޫމާތާއި ތަފާސްހިސާބު ވެސް، އެ އޮފީހުގެ އަހަރީ ރިޕޯޓުގައި ހާމަކުރައްވާ. ހަމަ ޖެހުނުތާކު ހިތު ހުރިހާ އެއްޗެއް ލިޔުނަކަސް ތެދަކަށް ނުވާނެ. މި ކަހަލަ ދޮގު ފަތުރަން ފުރުސަތު ނުދެއްވާ. ނޫސްވެރިން އެބަ ޖެހޭ މިހާރަށް ވުރެ ޒިންމާދާރުވެ ހަގީގަތް ބަލައި އެނގިގެން ހާމަކުރައްވަން.
ދަތްނެތްކުއްޖާ
18 May 2022
ދަޢުލަތުގެ ބަޖެޓަށް ބުރައެއްނުވާނެ ތިބޭފުޅުންގެ ދައުރު ހަމަވުމުން އޭގެފަހުން ތީގެތެރެއިން މެމްބަރު ކަމަށް 2ވަނަ ދައުރަކަށް ނުހޮވޭ މީހުންނަށް ދޭންޖެހޭ އިނާޔަތްތައް. މީގެ ތެރޭގައި އޮފިސަލް ޕާސްޕރޓާއި، ރާއްޖޭން ބޭރުން ދޭންޖެހޭ ބޭސްފަރުވާ ތަކާއި، އެހެނިހެން އެލަވަންސްތައް ކަނޑާލީމާ ދަޢުލަތަށާއި، ރައްޔިތުމީހާގެ ޖީބަށް ބޮޑު ތަނުން ލުއިވެގެންދާނެ. ހިތާމައަކީ މިވަރުކަމެއްވެސް ތަމެން ރައްޔިތުންގެ ޙައްޢުގައި ނުކުރާނެކަން ޔަޤީން.
ސެންސުލަސް
18 May 2022
އަދި ސިފައިންގެޔާ ފުލުހުގަ އުޅުނު ދުވަސްތަކަށްވެސް ލިބޭނެ ދޯ މަޖިލީހުގެ އިތުރުން ރިޓަޔަމަންޓު، މި ބޭފުޅުންނަށް
ބައި
18 May 2022
ރައްޔަތުންނަށް އެއިން ފައިދާއެއްކޮށްފާނެ ކަމެއް ތިތާކުން ނުކުރާނެ. މަޖުލީހުގައި ދައުރެއް ފުރިހަމަކޮށްފައި މުސާރައިގެ ތިންބައިކުޅައެއްބައި ނަގަނީ ތިތާގައި އުޅޭމީހުން. ދައުލަތުގެ އެހެން ވަޒީފާތަކުގެ މީހުން 40 އަހަރުވަންދެން ވަޒީފާގައި ތިބުމަށްފަހު ރިޓަޔަރކޮށް ހުސްއަތާ ދާންޖެހެނީ. 65 އަހަރުވުމުން މުސާރައިން ޕެންޝަން ފަންޑަށް ޖަމާކުރި ފައިސާކޮޅު މިދެނީ 5 ހާސް ހަމަކޮށްފައި. ޕެންޝަން ފަންޑަށް ލޯލާރިއެއް ނުލާމީހުންނަށްވެސް 5 ހާސްދޭ. މިއީ އިންސާފު
ފައިވާން
18 May 2022
ރަނުން ރަނަށް
ޑިމޮކްރަސީ
18 May 2022
ރިޓަޔަރ ކޮހްގެން ދޭލާރިއަކީ އެމީހާވަޒީފާގަ ހުރެ އޭނަގެ މުސާރައިން ޕެންޝަންފޮއްޓައް ކަޑާފަ އެޅިފައިސާ 65 އަހަރުވުމުންދޭފައިސާއަކީ ދަވްލަތުން 65 އަހރުވީމަދޭއެއްޗެއް މިދޭތި އެއްކޮށްގެންދިނީމަ މިވަނީކޯއްޗަކަށް މީހަކު ގިއްގެޅެންދެން މަސައްކަތްކޮށްގެން އެއްކޮށްފަހުރި ލާރިންދޭ ޕެންޝަނާ 65 އަހަރުވުނުންދޭ ޕެންޝަނާ މީމުޅިންތަފާތުދޭއްޗެއްނު ރަގަޅު ކަމެއް ރައްޔިތަކަށް ކޮށްދޭން މީހަކު އުޅެފިއްޔާ އޭއްޗެއް ބޭރުކުރާނެ