ގއ. ދާންދޫގައި އިމާރާތެއް ރޭނުމުގެ މަސައްކަތް ކުރަނީ: އެ ރަށުގައި އުޅޭ ބިދޭސީންނަށް އުޖޫރަ ދެވޭނެ ގޮތުގެ އުސޫލެއް މިހާރު ވަނީ ހަދައިފައި -- ފޮޓޯ: ދާންދޫ ކައުންސިލް
17 ޖޫން 2022 - 15:31
ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އުޖޫރަ ދޭން ޖެހޭނެ ގޮތުގެ އުސޫލެއް އެ ރަށު ކައުންސިލުން ހަދައިފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހެދި އެ އުސޫލު އިއްޔެ އާންމުކޮށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ދާންދޫގައި ދިރިއުޅޭ ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވީ ގޮތް އެ އުސޫލުގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެ އެވެ.
އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު، ދާންދޫގައި ކުރާ ހުރިހާ މަސައްކަތްތަކެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން ދެން މަނާވާނެ އެވެ.
ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަންކުރާނެ މިންގަޑުތަކާއި ކެޓަގަރީތައް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކުރާ މަސައްކަތުގެ ކުޑަބޮޑު މިނަށް ބަލައި، އުޖޫރައިގެ ގޮތުގައި ފައިސާ ދެވޭނެ އަދަދުތައް ވެސް ހިމަނާފައިވެ އެވެ.
• ގެދޮރު އިމާރާތްކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250ރ. - 300ރ. އާ ދެމެދުގެ އަދަދެއް.
• އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250ރ. - 800ރ. ދެމެދުގެ އަދަދެއް.
• އާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް ދެވޭނީ ދުވާލަކު 20ރ. - 150ރ. އާ ދެމެދުގެ އަދަދެއް.
• ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10ރ. - 300ރ. އާ ދެމެދުގެ އަދަދެއް.
• ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް ދެވޭނީ ދުވާލަކު 300ރ.
ހުއްދަ ހޯދައިގެން ދާންދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތަށް ދޮންވެލި، ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިންކުރެވިފައިވާ ގޮތް ވެސް އު އުސޫލުގައިވެ އެވެ. އެއީ؛
• ކޮންމެ ދޮންވެލި ބަސްތާއެއް ވިއްކޭނެ 8ރ. އަށް
• ކަށިވެލި ބަސްތާއެއް ވިއްކޭނީ 25ރ. އަށް
• ކޮންމެ ދޮންވެލި އަދި ކަށިވެލި ބަސްތާއަކަށް 1ރ. ގެ ފީއެއް ކައުންސިލަށް ދޭން ޖެހޭނެ.
އެ ރަށުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވޭނީ، ކޮންމެ މަސައްކަތު ދުވަހެއްގައި އެއް ގަޑިއިރުގެ ބްރޭކެއް ލިބޭ ގޮތަށް، ޖުމްލަ އަށް ގަޑިއިރު ކަމަށް ވެސް އެ އުސޫލުގައި ބުންޏެވެ.
އެ އުސޫލާ ހިލާފުވެއްޖެ ނަމަ، 500ރ. އާއި 5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށާއި އަދި ގަވާއިދާ ހިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި ފުލުހުންނާ ވެސް ހަވާލުކުރެވޭނެ ކަމަށް ބުންޏެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
ދާންދޫ ކައުންސިލަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލި ފުރަތަމަ ކައުންސިލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޝީރުބެ
21 June 2022
އަސްލު ޙައްލަކީ ތިޔެއްނޫން. ޙައްލަކީ މަސައްކަތް ފެށުމުގެ ކުރިން ދެފަރާތުން މަސައްކަތުގެ އަގު ކަނޑައަޅައި އެއްބަސްވުން. ކުރުވާ ފަރާތުން ދޭން އެއްބަސްވާ އަގާ ބިދޭސީ މީހާ އެއްބަސް ނުވަންޏާ އޭނަ އެމަސައްކަތް ނުކުރާނެ. އޭނަ މިއަދު މިވަރު ލިބޭނެ ކަމަށް ވިސްނައިގެން ބުރިބިދޭވަރަށް މަސައްކަތްކޮށް ނިންމާލާ ވެރިމީހާ ގާތަށް އަގު ހޯދަންދިޔާމަ ތީ މާ ބޮޑު އަގެކޭ ކިޔާ ފައިސާ ނުދިނީމަ އޭނައަށް ކުރެވޭ ވަރަށް ބޮޑު ބޭ އިންސާފެއް އެއީ.
ޠުން
19 June 2022
ޙާދަ ބޮޑު މުސާރައެކޭ
އެޑަމް
19 June 2022
ރަގަޅައް ލާމަރުކަޒީވާން އަދިތިޔަފެށެނީ!ތިޔަޤަވާޢިދު ހެދިއިރު ތިޔައީކޮންތަނެއްގެވޯކުވިސާގަ އާސްތިބިބައެއްތޯ? ކައުންސިލްގެއިދާރާގެނަމުގަ އެތެރެވެފަތިބިބައެއްތޯ?އެމީހުންއެތެރެކުރިފަރާތުންއެމީހުނައްދޭނެމުސާރަ ކަޑައެޅިފަކާނެއްތޯރައްރަށުގެފަޅުތަކުންވެލިނަގައިގެންވިއްކުމުގެހުއްދަ,އެންވަޔަރުމިނިިސްޓުރީން,ދާންދޫގައުޅޭބިދޭސީންނައްދެއްވީތޯ?މިކަހަލަޤަމާރުކަންތައްކުރީމަ އަޅަންޖެހޭފިޔަވ.ަޅުނޭޅުމުގެސަބަބުން ދެންފާވާނީއަހިވަކާޖެހިއަހިވަކެވެ.
އަނެއްބައި
18 June 2022
މޮޅު އުސޫލެއް އެކުލަވާލިއިރު ހުރިހާ ބިދޭސީންނާ ހަމައަށް ތިކަމުގެ މައުލޫމާތު އެންމެ ފުރިހަމައަށް ދާނެ ގޮތެއް ހެދިބާ..
ކަންރާޖާ
21 June 2022
މަޢުލޫމާތު ހޯދުމަކީ އެމީހެއްގެ ކަމެއް. ޤާނޫނެއް ހަދާފަ ކޮންމެ ގޭބިސީއަކަށް އެޤާނޫނު ފޮނުވާތަ މިޔަށް ޢަމަލު ކުރާށޭ ކިޔާފަ؟ ހުކުން ކުރާ އިރު އެންމެ ފަހަރަކުވެސް އަހާތަ މިވެނި ޤާނޫނެއް ކިޔާ ދަސްކޮށްފަހޭ އޮތީ؟
ބިދޭސީން
18 June 2022
ބިދޭސީންގެ އަމިއްލަ ނަމުގަ އަމިއްލައަށް މަސައްކަތް ނެގޭނެގޮތް އިކޮނޮމިކް މިނިސްޓްރީން ހަދާފައޮވޭތަ؟
އެމްސް
18 June 2022
ބިދޭސީން މިޤައުމުން މަދުކުރަންވެސް ކަންކަމަށް ބިލްކުރެވޭނެ އުސޫލުތަކެއްވެސް ހެދެންޖެހިއްޖެ! ހުޅުމާލޭ ސިނާޢީ ސަރަޙައްދުގަ ހިންގޭ ހުރިހާ ގަރާޖްތަކަކީވެސް ދިވެހިންގެ ނަމުގަ ބިދޭސީން ކުރާ ވިޔަފާރިތަކެއް! މާލޭގަ ކަންކަން ކުރާ އަގުގެ ތިން ހަތަރު ގުނަވެސް އެތަންތަނުން ޗާރޖް އެބަކުރޭ! ފައިސާ ޓްރާންސްފަރ ކުރުވަނީވެސް ސީދާ ބިދޭސިމީހާގެ އެކައުންޓަށް! އިކޮނޮމިކް މިނިސްޓްރީ/އެޗްޑީސީ/މާލޭ ސިޓީ ކައުންސިލް/ފުލުހުންނަށް ރަޢިއްޔަތުންގެ ޓެކްސް ފައިސާ ހޭދަ މިވަނީ...
9091
18 June 2022
އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި މަސައްކަތްކުރެވޭފަދަ އުސޭލެއް ހެދުން ރަނގަޅު ކަމަށްފެނޭ. މަސައްކަތުގެ ތިހެން ކޮންޓްރޯލް ކުރުމަކީ ހަމަޖެހޭކަމެއްނޫން. މީކޮމިއުނިސްޓް އުސޫލުތަށް.އަގުކަނޑައަޅަންވާނީ މަސައްކަތްކުރާމީހާއާއި މަސައްކަތްދޭމިހާ އެއްބަސްވާގޮތަކަށް. ރާއްޖޭގަައި ވަޒީފާއާބެހޭ ޤާނޫނެއް އޮންނާނެ. އެއަށްއަމަލުކުރޭތޯ ބަލާބަލަ.
Laamuonline.com
18 June 2022
ވަރަށްރަނގަޅުކަމެއް، އެހެން ކައުންސިލްތަކުންވެސް މިކަންކުރާނެކަމަށްފެނޭ، ދާންދޫ ކައުންސިލުން ހަމަޖެއްސި ރޭޓުތައް ތަންކޮޅެއްބޮޑުކަމަށް ފެންނަނީ، އިތުރަށްރަނގަޅުކޮށްލަން ފެންނަކަމަކީ ގަވައިދާހިލާފަށް އުޅޭ ބިދޭސީންތައް ރަށުންބޭލުން، އެސްޓިމޭޓަށް މަސައްކަތްކުރަން ހުއްދަނެތެއްކަމަކު ގަވައިދާހިލާފަށްއެތެރެވެގެން ތިބިބަޔަކު ރަށުގެރޭގައި އުޅެންފުރުސަތުދިނުމަކީ ހަމަޖެހޭކަމެއްނޫން، މިހެންފުރުސަތުލިބެންޔާ އެއްވެސް ބަޔަކު ގަވައިދަށްއުޅުމުގެ ބޭނުމެއްކޮބާ؟
މުޙައްމާބެއްޔާ
21 June 2022
ކަލެއަށް ރަގަޅުވާނެތާ! ތީ އެއުސޫލު ހެދި މީހުންގެ ތެރޭ އެކަކު ވިއްޔާ.
ޢަރުތަ
18 June 2022
ތިޔަ އުސޫލުތައް ކަނޑައެޅުމުގެ ކުރިން އެއްމެ ފުރަތަމަ ކުރަންވީ ކަމަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ކަމާބެހޭ ފަރާތް ތަކަށްހަވާލުކުރުން ކަމަށް ފެނޭ.
ނަސްސްރު
18 June 2022
ބްރޯ، ދިވެހި ދައުލަތް ނުކުޅެދިފަ އިންކަމެއް ކައުންސިކް ތަކުން ކުރުވަން ނޫޅުއްވާ! ސަރުކާރުތަކުން މިމީހުން ޤާނޫނުގެ ތެރެއަށް ފައްތާކަށް ބޭނުން ނުވާއިރު ކައުންސިލް ތަކަށް އޮތީ ދެފަރާތަށް ފައިދާ ވާހެން މިގޮތަށް ޤަވައިދު ތަކެއްގެ ތެރެއިން ކުރިއަށް ދިއުން.
އަލީ32
18 June 2022
ސުވާލަކީ ހަމައެމީހުންލައްވާހޭ މަސައްކަތްކުރުވަންޖެހެނީ ކުޑައަގުދީގެން ކުރުވޭތީ؟! ކޮބަިއތޯދިވެހީން؟ ކައުންސިލަރުންނަށްވެސް ލާންވީ ބަންގާޅިން ކުޑަމުސަރައިގަލިބެންޏާ!!