ކާތިކްގެ ކާރު ކައިރީ ފޮޓޯއަކަށް ހުއްޓިގެން.
25 ޖޫން 2022 - 07:15
"ބޫލް ބުލައްޔާ 2" ކާމިޔާބުވުމުން ޒުވާން އެކްޓަރު ކާތިކް އާރިޔަން އަށް މެކްލަރެން ބްރޭންޑްގެ ޖީޓީ ކާރެއް ހަދިޔާއަކަށް ލިބިއްޖެ އެވެ.
ލަގްޒަރީ ސްޕޯޓްސް ކާރެއް ކާތިކަށް ހަދިޔާކުރީ ޕްރޮޑިއުސަރު އަދި އެ ފިލްމު އުފެއްދި ޓީ ސީރީޒްގެ ޗެއާޕާސަން ބޫޝަން ކުމާރެވެ. ބޫޝަން އަކީ "ބޫލް ބުލައްޔާ 2"ގެ އެއް ޕްރޮޑިއުސަރެވެ.
މެކްލަރެން ޖީޓީ ކާރެއް ކާތިކަށް ހަދިޔާކުރިއިރު، އޭނާ ވާނީ އިންޑިއާގައި އެ ކާރު ބޭނުންކުރާ ފުރަތަމަ މީހާ އަށެވެ.
ކާތިކް ވަނީ އެ ކާރު ކައިރި ހުއްޓިގެން ނަގާފައިވާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އަދި އޭގެ ކެޕްޝަންގައި ބުނީ ބުރަ މަސައްކަތުގެ ނަތީޖާ ފޮނިވާނެ ކަމަށާއި އެކަމަކު އިންޑިއާގެ ފުރަތަމަ މެކްލަރެން ޖީޓީ ލިބޭނެ ކަމަށް ހިތަށް ވެސް ނާރާ ކަމަށެވެ.
ކާތިކްގެ އިތުރުން އެ ފިލްމުގެ ލީޑު ރޯލުން ފެނުނީ ތާބު އާއި ކިއާރާ އަދްވާނީ އަދި ރާޖްޕަލް ޔާދަވް އެވެ. އެ ފިލްމު ރިލީޒްކުރި ފަހުން މިވީ ފަސް ހަފުތާގެ ތެރޭގައި ވަނީ 184 ކްރޯޑް ރުޕީސް ލިބިފަ އެވެ.
އެ ފިލްމަކީ 2007 ގައި ނެރުނު ހޮރޯ ކޮމެޑީ "ބޫލް ބުލައްޔާ"ގެ ދެވަނަ ބައެވެ. ފުރަތަމަ ބައިން ފެނުނީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އަދި އަމީޝާ ޕަޓޭލް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
26 June 2022
ދެން ކޮން ތުއެއް ތަޅުވާކަށް ކާރު ދައްކައިގެން! އިންޑިޔާގެ ކިހާ ބަޔެއްތަ އެ އުޅެނީ ބަނޑު ފުރާނަ މުއްތި ކުރާނެ ފަދައެއްވެސް ނެތިގެން! ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ!
ވަޖްނާ
26 June 2022
އިންޑިއާގަ މީހުން ބަނޑުހާ ހާލުގަ އުޅޭތީ އެހެން މީހުން އުފާތަކުން މަހުރޫމު ވާންތަ ވީ؟ ތިމާ މީހާ ކުރިކަމެއް ބުނެބަލަ ފުރަތަމަ؟ ދިވެހިންގެ އޮންނާނީ ބޮޑު އަނގަޔެއް ބޯ ހަލާކު!!
ޢިހްސާސް
25 June 2022
ދެންތިބި ކުދިންނަށް ލިބުނުތޯ ޗެކްކޮށްލަދީބަލަ. ނުލިބެންޏާ ކޮންފަދަ އިންސާފުވެރިއެއްތޯ ބުޝަން އަކީ!
ކިއާރާ
25 June 2022
ހީވާ ކަހަލަ ތިޔަ ބުނާ ފިލްމުގަ އުޅުނީ “ކާ ތިކި” އެކަންނޭ