ޚަބަރު / ބޯހިޔާވަހިކަން

ގޯތި ދޭން އިއުލާންކުރުމާ އެކު އަނެއްކާ ވެސް މާލެ-ރާއްޖެތެރޭގެ ބަހުސް!

ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ސަރަަހައްދު-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލު އިއްޔެ އާންމުކުރުމާ އެކު، އާންމުންގެ ޝަކުވާތަކާ އެކު، މާލެ-ރާއްޖެތެރޭގެ ބަހުސް ފެށިއްޖެ އެވެ.

ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅުން 2،000 ގޯތި ދޫކުރަން ނިންމައި އިއްޔެ ސަރުކާރުން ވަނީ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

އުސޫލުގައިވާ ގޮތުން، މާލެ އިން ގޯތި ދޫކުރާ މީހުންގެ ޝަރުތުތަކުގެ ތެރެއިން އެއް ކަމަކީ އެއްވެސް އިރެއްގައި މާލެ ނޫން ތަނެއްގައި ރަޖިސްޓަރީ ވެފައި ނެތުމެވެ. އަދި މާލޭގެ ދަފްތަރުގައި އެތައް ޒަމާނެއް ކުރިން ފެށިގެން ޖެހިފައިވާ މީހުންނަށް ގޯއްޗަށް އެދުމުގެ ފުރުސަތެއް ނުލިބެ އެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތީ އެ ދެ ޝަރުތާ މެދުގަ އެވެ. އެ މީހުން ބުނަނީ އެއީ ވަކި ބަޔަކަށް ގޯތި ދޫކުރުމަށް ނިންމި ގޮތެއް ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

"އަސްތާ.. މާލޭގެ ދަފްތަރުގައި ޖައްސައިގެން މާލޭގެ އާބާދީ އެތައް ގުނައަކަށް ބޮޑުކޮށް މާލެ އަށް 15 ގޮނޑި މަޖިލީހުގައި ކަނޑައަޅައި އިތުރުކޮށް، މި އެންމެން ލައްވައި ވޯޓު އަޅުވާފައި އެ ގޮނޑިތަކަށް މެމްބަރުން ހޮވާ، އެންމެ ފަހުން ވަރުގަދަ ބޮނޑިއެއް ދީފި. ގޯތި ބަހަންވީމާ ދަފްތަރުގައި ޖެއްސި މީހުން ބާކީ،" މާލޭގެ މީހުންނަށް ގޯތި ދޫކުރުން އިއުލާންކުރުމާ ގުޅިގެން ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓްގައިވެ އެވެ.

އަނެއް ބައެއްގެ ކަންބޮޑުވުމަކީ މާލޭގެ މީހުންނަށް، ހާއްސަކޮށް ގުޅިފަޅު ހިއްކައި އެ މީހުންނަށް އެ ރަށުން ވެސް ބިން ދޭން އުޅުމެވެ. ރަށްރަށް ފުރުނަސް ޖެހިގެން އޮންނަ ރަށުން ގޯތި ދޫނުކުރާ ކަމަށް ބުނެ މީހުން ޝަކުވާ ކުރި އެވެ.

"ހުރިހާ ދިވެހި ރައްޔިތުންގެ ލާރި މާލެ މީހުންނަށް ބަހާ ހުސްކުރޭ. އަހަރެމެން ރަށް ފުރުނީމަ ޖެހިގެން އޮންނަ ރަށަކުން ގޯއްޗެއް ނުދޭ،" ގޯއްޗާއި ފްލެޓް ދޫކުރަން އިއުލާންކުރުމާ ގުޅޭ ގޮތުން "މިހާރު" ގައި އިއްޔެ ޖެހި ޚަބަރަށް ކޮމެންޓް ކުރި މީހަކު ބުންޏެވެ.

މާލެއިން 40 އަހަރު ފަހުން ގޯތި ދޫކުރަން ނިންމާފައިވާއިރު މާލޭގެ މީހުން ވަނީ އެ މީހުންގެ ދިފާއުގައި ތެދު ވެފަ އެވެ.

ބައެއް މީހުން ބުނީ މި ހުރިހާ ދުވަހު މާލޭ ސަރަހައްދުގައި އިމާރާތްކުރި ފްލެޓްތަކުން "ރާއްޖެތެރޭ މީހުންނަށް" ބައި އަޅާފައިވާ ކަމަށެވެ. ރަށްރަށުގައި ގޯތި ބެހިއިރު މާލޭ ސަރަހައްދުގައި އޮތީ ހަމައެކަނި ފްލެޓް ކަމަށާއި ބިމެއް ދޫކުރިޔަސް އަނެއްކާ އެންމެންނަށް ބަހަންވީތޯ އެ މީހުން ސުވާލު އުފައްދަ އެވެ.

"...މިހާރު އިއުލާނުކޮށްފައި ފްލެޓް ވެސް މުޅި ރާއްޖެ އަށް؟ ހިޔާ ފްލެޓްތަކުން 40 ޕަސެންޓް ކުރިޔާ މާލެ މީހުންނަށް. ފުދޭ..؟" މީހަކު ސުވާލު އުފެއްދި އެވެ.

"ރަށުން ގޯތި ދޫކޮށްގެން ނުވޭ. މާލެ އިން ގޯތި ބޭނުންވޭ. މާލޭ މީހުންނަށް ވީމާ މާލެ އިން ގޯތި ލިބިގެންނެއް ނުވޭ. ރަށަކުން ވެސް ގޯތި ލިބިގެން ނުވޭ."

އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނީ މާލޭ މީހުންނަށް ގޯތި ދޫކުރަން ވީމަ އެހާ ގިނަ ޝަރުތުތައް އޭގައި ހުރި ކަމަށް ބުނެ އެވެ.

ގާނޫނީ ވަކީލު ޝިހާދު އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށާއި އެހެންކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތައް ހަނިނުކުރެވޭނެ ކަމަށް ވިދާޅުވެ، ގޯތި ދޫކުރުމުގެ އުސޫލުގައި މާލެ ރަށްވެއްސެއްގެ ގޮތުގައި ބަޔާންކުރާ ބައި ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އެ މައްސަލާގައި ވެސް މީހުންގެ ކަންބޮޑުވުމަކަށްވީ މިވީހާ ދުވަހެއްގައި ރަށްރަށުން ގޯތި ދޫކުރިއިރު އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު މާލޭ މީހުންނަށް ނޯންނައިރު އެ މައްސަލަ ކޯޓަށް ނުވެއްދީ ކީއްވެތޯ އެވެ.

ގޯތީގެ އިތުރުން ފްލެޓްގެ މައްސަލާގައި ވެސް ވަނީ މާލޭ މީހުންނާއި ރަށްރަށުގެ މީހުންގެ މެދުގައި ދެބަސްވުން ބޮޑުވެފަ އެވެ. މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑުއިރު އެ ފްލެޓްތައް މާލޭ މީހުންނަށް ހާއްސަކުރުމުގެ ބަދަލުގައި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ ނަަމަ، ފްލެޓަށް ކުރިމަތިލެވޭތީ ކަންބޮޑުވުން ބޮޑެވެ.

އަނެއް ކަމަކީ ފްލެޓަށް ޕޮއިންޓް ދޭ އުސޫލުގައި ދަރިން ތިބޭ މިންވަރަށް ޕޮއިންޓްދޭން ހިމަނާފައިވާތީ އެވެ. ކައިވެނިކޮށްގެން އެތައް ޒަމާނެއްވެފައިވާ ދަރިން ނުލިބޭ މީހުންގެ ހައްގަށް އުނިކަން ލިބޭ ކަމަށް ބުނެ ބައެއް މީހުން ނުރުހުން ފާޅުކުރި އެވެ.

"މިނިސްޓަރު އަސްލަމަށް، މާތް ކަނލާގެ ރަސްކަންފުޅަށްޓަކައި، އަބަދު ދަރިންގެ ޕޮއިންޓް ނުލާބަލަ، އަހަރެމެން ދެމަފިރިން ލިބޭހާ ފައިސާއެއް ބޭހަށް ހަރަދުކޮށް އަތްމަތި ހުސްވެއްޖެ. ދަރިއަކުނު ލިބިގެން، ފްލެޓު ވެސް ނުލިބޭ. މިހާރު މިހިރަ މުސްކުޅިވަނީ. ދިރި އުޅޭނެ ގޯއްޗެއް ރަށަކުން ނުލިބޭ. ފްލެޓެެއް ނުލިބޭ. އުމުރު ހުސް މިވަނީ ހަމަ ގާނޫނާ ގަވައިދާ އެއްގޮތަށް އުޅެ، އަތުންފައިން މަސައްކަތް ވެސް ކޮށްގެން، މުސްކުޅިވެ ގައިބާރު ދޫވާ ދުވަހު ވަންނާނެ ގެޔެއް ނެތް." މީހަކު ބުންޏެވެ.

މިހާރު ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އަންނަ އަހަރުގެ ތެރޭގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށް، އަދި ފްލެޓް ލިބޭ މީހުންނަށް ލިޔުން ހަވާލުކުރާނެ އެވެ.

62 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 7%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާނަ

29 June 2022

ކޮންމެ ސަރުކާރަކުންވެސް ކަންކަން ކުރަނީ ބޭނުންގޮތަކަށް، މާލެއާއި އަދި ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަނީވެސް ސަރުކާރުން. ވޯޓްލާންވިމާ މާލޭ ރައްޔިތުން. ބޯހިޔާވަހިކަމާއި ޖެހުނީމާ އެބައިމީހުން ނިސްބަތްވާ ގައުމެއް ރަށެއްނެތް. ބަލަންތިބެއްޗެ ދެންހަދާނެގޮތަކައި ކިޔާނެ އެއްޗެއް.

The name is already taken The name is available. Register?

އެލެކްސިއަސް

28 June 2022

މާލޭ މީހުންނަށް އެކަނި ގޯތި ކަނޑާފަ ދޭން ބިންހިއްކާ ތަރައްގީ ކުރާ ގުޅީފަޅަކާއި އެހެންފަޅެއް ގުޅުވަން އަޅަން ހަމަޖެހިފައިވާ ބުރިޖެއް ހަދަން އަހަރެމެން ރާއްޖެތެރޭމީހުން ކީއްކުރަންބާ މި ޓެކްސް ޕޭ ކުރަނީ. މާލޭ މަހުޖަނުން މިއޮއް ހުރިހާދުވަހު، ގެ ކުއްޔާއި އެޕާޓްމަންޓް ކުލީގެ ގޮތުގައި (މާލޭ ބޭފުޅުންގެ ބަހުން ތިކިޔާ) ރާއްޖެތެރޭ މީހުންގެ ކަރަށް އަތްބާނައިގެން ހޯދި ފައިސާއިން ތިޔަ ކަނެކްޓިވިޓީ ބުރިޖް އަޅަންވީނު.. ދަހިކަމާއި ބޮޑާކަން އިންތިހާއަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2022

ޤާނޫނު އަސާސީގައި "ރައްޔިތުންގެމެދުގައި ތަފާތުނުކުރުމަށް" ބުނެ ގަދައަމުރުން އަމުރުކޮށްފައި އޮތްކަމުގައިވިޔަސް މާލޭގެބޮޑުންނާއި ސަރުކާރަށް އެކަން ޤަބޫލުކުރަންދަތިވެ ބޭނުންވަނީ އަންޒަމާނުގައި ގެންގުޅުނު "ކުޑަސިޓީ" ފަދަ އަޅވެތިކަމެއްގެތެރޭގައި އެހެން ރަށްރަށުގެ މީހުން ގެންގުޅެން. # ލޯޔަރު ޝިހާދު އިބްރާހިމް ގެ އިސްނެންގެވުމަކީ ދައުލަތުގެ ބަންޑާރަނައިބާއި ޕީޖީ ފަދަ ބޭފުޅުން ލަދުގަންނާންޖެހޭފަދަ ކަމެއް. ވީހާގިނަ ވަކީލުން މިކަމަށް އެއްބާރުލުން ދޭންޖެހޭ.

The name is already taken The name is available. Register?

ހުޝާމް

28 June 2022

1200 އަކަފޫޓުގެ 3000 ގޯއްޗަކީ މާލެ ސަރަހައްދުން ކޮމާޝަލް ރޭޓް ގައި 36 ބިލިއަން ރުފިޔާ. އެއީ 36000 އާއިލާ އަށް ބޯހިޔާވަހިކަން ހިލޭ ދެވޭނެހާ ފައިސާ. އަދި އެއީ އަހަރު ދުވަހުގެ މުޅި ދައުލަތުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެއް. 3000 މީހުނަށް ކޮންމެ ބޮލަކަށް 12 މިލިއަން ރުފިޔާ. ރާއްޖޭގެ ގިނަރަށްތަކުން ބިން ހިލޭ ދޫ ނުކުރާތާ 20 އަހަރު.

The name is already taken The name is available. Register?

އަސްލުމާލެމީހާ

28 June 2022

ހުޅުމާލޭން މިދިޔަ ސަރުކާރުގަ ދޫކުރި ގޯތިތަކާ ހިޔާ ފުލެޓްތަށް ދޫކުރި އިރު އެއްވެސް ސަކުވާއެއް ނުކުރޭ ރަށްރަށުގަ ގެދޮރުހުރި އަމިއްލަ މުހުތާދެއް ފުއްދަން ނޫންގޮތަކަށް މާލެ ދުވަހަކުވެސް ނާންނަ މީހުންނަށް ފުލެޓް ލިބުނީމަވެސް ހަމަ ބަރާބަރު މިފަހަރު މާލެ މީހުންނަށް ވަކިން ދޭގޮތަށް ނިންމީމަ ގޯސް.ފަލަސްތީން މީހުންވެސް އެހިފަނީ އެމީހުންގެ ބިމާ މާލެއުފަން މީހުންވެސް އެބީދައިން އުޅެންވީ.ހަމަ ރާރަށްވެސް ހިއްކަނީ މާލޭމީހުނގެވެސްފައިސާިން ނޫންތަ؟ރަށަކުންނުލިބޭ

The name is already taken The name is available. Register?

އަހަރެން މީ

28 June 2022

މާލެއިން ގޯތި ދޭން ޖެހޭނީ ހަމަ މަލެމިހުންނަ ކޮމެހެން ރަންޖެ ތެރޭ މިހުންނަކަ ދެކައް ނުޖެހޭ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

28 June 2022

މާލޭގެ ރެޖިސްޓްރީއަށް ބޯ އިތުރުކުރަނީ މަޖިލިސް ގޮނޑި އިތުރުކޮށް މާލޭމީހުންގެ ބާރާއި ނުފޫޒު ސަރުކާރުގެމައްޗަށް ބޭއްވުމަށް. # ސަރުކާރުން މިފަދަތަފާތުކުރުން ގެންގުޅޭނަމަ މަޖިލީހުގެ ގިނަގޮނޑި މާލޭމީހުންގެ ކޮންޓްރޯލްގެދަށަށްނުދަނީސް އަވަހަށް ޤާނޫނުއަސާސީ އިސްލާޙްކޮށް ގުޅުންހުރި އިތުރު ޤާނޫނުވެސް ހަދާ 2023 ގެ ބަޖޭޓުންފެށިގެން ބަޖޭޓްގެ %85 މިކަމަށްކަޑައަޅާ ރާއްޖޭގެ ވެރިރަށަކީ ލ.ގަން ކަމަށްނިންމާ މިބަދަލުގެނައުމަށް ސަރުކާރުގެ މައްޗަށް އަމުރު ކުރަންޖެހޭ.

The name is already taken The name is available. Register?

ހުސެންް

28 June 2022

ތިޔައީ މައުމޫނު ޖެއްސި ދަންތުރައެއް. ރާއްޖެތެރޭ މީހުން މާލެގެނެސް އެމީހުންލައްވާ ގުލާނުކޮށް މާލޭ ބޭފުޅުންގެ ގޮދޮރު ކުއްޔަށް ހިފަން އެމީހުންލައްވާ މަޖުބޫރު ކުރުވީ. އަދި ރާއްޖެތެރޭ މީހުންގެ ދަރިންލައްވާ މާލޭ ބޭފުޅުންގެ ގޭގޭގައި ގުލާނުވެސް ކުރުވީ.

The name is already taken The name is available. Register?

އަތޮޅު އުދާސް

28 June 2022

1.އަހަރެމެން ރާއްޖެތެރޭ މީހުންގެ ޖަމިއްޔާ ވީހާއަވަހަކަށް ހަދަން ވެއްޖެ. 2.މަލޭމީިހުްގެ ޖަމިއްޔާ އިން ހިލޭ ގޯތި ހޯދަން ކުރާ ޕުރެޝަރު.. 3.އަހަރެމެން ޤަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތުގެ ޙަަރަދުގައި މާލޭ ފިޔަވާ އިތުރަށެއް ހިއްކައިގެން ގޯތި ހިލޭ ދޭ ނަމަވެސް އަދި ވިއްކާ ނަމަވެސް ރާއްޖޭގެޝަރުތު ހަމަވާ ހުރިހާ އެއްމެންނަށް ޙައްޤު އޮންނަނަވާނެ. 4. މީހާރުވެސް ރާއްޖެތެރޭން މާލޭ މީހުނަށް މާލެގަ ގޯތި އޮތަސް އަދި ނެތަސް ލިބޭ .ނުދަނީދޯ.

The name is already taken The name is available. Register?

މޭންޑޭޓަކީކޮބާ

28 June 2022

ހައުސިން މިނިސްޓަރުގެ މޭންޑޭޓު މިހާރު އޮޅިއްޖެ. އޭނަ މިއީ މާލޭގެ ރަށްވެހިން ކަނޑައަޅައި އެމީހުން ގިންތިކުރަން ހުރި މީހެއްތަ. އަހަންނަށް ކުރިން ހީވެފައިއޮތީ މީނަގެ ޒިންމާއަކީ ހަމަހަމަކަމާއިއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454