ހިޔާ ފްލެޓު ސަރަަހައްދު: އެ ސަރަހައްދުގައި ދެ ހޮސްޕިޓަލް އަޅަން ނިންމާފައިވޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
29 ޖޫން 2022 - 12:22
ހުޅުމާލެ 2 ގައި ދެ މެޑިކަލް ފެސިލިޓީ ާއި ތިން ކްލިނިކް ހަދަން ނިންމާފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ 71،127.92 އަކަފޫޓްގެ ފްލޮޓު (K9-N) އަދި 67،522.01 އަކަ ފޫޓުގެ ޕްލޮޓު (N5-50) ގައި ދެ މެޑިކަލް ފެސިލިޓީ އިމާރާތްކުރާނެ ކަމަށެވެ. އޭގެ ތެރެއިން N5-50 ޕްލޮޓުގައި މެޑިކަލް ފެސިލިޓީ އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ ޖެނުއަރީ 24 ގައި އެޗްޑީސީން ވަނީ އިއުލާންކޮށްފަ އެވެ.
އޮފިޝަލް ވިދާޅުވީ، އޭރު ކުރި އިއުލާނަށް ކުރިމަތިލި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް، ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯ އިން ކޮމާޝަލް ޔުނިޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުގައި ވެސް ތިން ކްލިނިކް އަދި ހަތަރު ފާމަސީއެއް ހަދާނެ އެވެ. އޭގެ ތެރެއިން ފުރަތަމަ ކްލިނިކް މި މަހުގެ 15 ގައި ވަނީ ހުޅުވައިފަ އެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ވިނަރެސް ފްލެޓުތަކުގެ ތިރިން ވެސް ކްލިނިކް ހިންގަން ޔުނިޓް ވަނީ ކަނޑައަޅައިފަ އެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމާއެކު ހުޅުމާލޭގެ އާބާދީ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއާއެކު، އެންމެ ބޮޑު ޑިމާންޑެއް އައިސްފައިވާ އެއް ތަނަކީ ހުޅުމާލެ ހޮސްޕިޓަލެވެ. އެޗްޑީސީން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ބޭނުންވާނެ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓްތައް ހުޅުވައި ހަތަރު ސްކޫލެއް އިމާރާތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
01 July 2022
ހިޔާ ސަރަހައްދެކޭ ކިޔާނެ ކަމެއް ނެތް ކޮތަރުކޮށި ސަރަހައްދޭ ކިޔާ. ތީ އެއްކަލަ މިހާރު ނޫހެއްނު.
ނެތެމުންދާ ފަރުކޮޅުފުށިން
29 June 2022
ސަރުކާރުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ހިޔާރައްޔިތުން މަހްރޫމް ކޮށްފަ އޮތް އޮތުން އެއީ ވަރަށް ނާއިންސާފު ކަމެއް ސަރުކާރުގެ ޞިއްޙީ މަރުކަޒުތައް ހިޔާ ސަހަރުގައި ނުހަދާ ރޮލާ ޙަވާލުކުރި ތަން ހަދަން ނެގި ލޯނު ދައްކަމުން ހިޔާގެ ބޮޑުކުރި ކުލި ދައްކަމުން ވިޔާފާރި އުޞޫލުން ހިޔާގަ ހަދާ ކުލިނިކުތަކުން ޚިިދުމަތް ހޯދަން ދައްކާނެ ފައިސާއެއް މަމެންގެ ނެތް
މުޤައްދަސް ރަށްކޮލު.
30 June 2022
މު ޤައްދަސް ރަށްކޮޅުގެ މީހުނަށް ހުރިހާ ކަމެއް ބަރާބަރަށް ކޮށްދޭންވާނެ. ވަރިހަމަ އެހެން ރަށްރަށުގެ މާބަނޑު މީހުން ވީލަބަރޯގައި ރަށު ސެންޓަރަށް އުފުލަން ޖެހުނު ކަމުގައިވިޔަސް.
ރާއްޖެ
29 June 2022
މިދިޔަ ޖެނުއަރީގަ އިއުލާނު ކުރީ، މި ނިމެނީ ޖޫން މަސް އަދި މިއުޅެނީ އިވަލުއޭޓް ނުވެގެން. ކަމެއް ވީމަ ދޯ ސްލޯ އޭ މިކިޔަނީ.
މަސްކާށި.
30 June 2022
ތިޔަތަނެއްގައި ތިބެފައި އައިޖީއެމްއެޗް ހުރިހިސާބަށްދާން ވިއްސަކަށް ގަނޑި އިރު ނަގާތަ ؟
މެޑިކަލް މާފިއާ
29 June 2022
އެއްކަލަ މެޑިކަލް މާފިއާ ހިޔާފުލެޓަށް ވައްޓާލަނީ. ހިޔާ ފުލެޓު މީހުން ކުލިނުދެއްކިގެން އުޅޭ އިރު ދެން ތަންމިނަށް އެމީހުން އަތުން ތިކްލިނިކް ތަކުން ފައިސާ ނަގާނެ. ހަމަ ލޫޓުވުން އެމީހުން ކަމަކީ ދޭ ހިދުމަތާ ނުގުޅޭ ވަރުގެ ބޮޑެތި އަގު ނަގައިން. ގިނަ ތަންތާ ޑޮކްޓަރެއްގެ ފީ އަކީ 300 އިން މަތި. މިޔަކީ އާއްމު ރައްޔިތުންނަށް ކެތްވާ ވަރު ކަމެއްނޫން. ސަރުކާރުން ނެތް މިކަންވެސް ކޮންޓުރޯލް ކުރުމުގެ އެއްވެސް ނިޔަތެއް ސިއްހީ ހިދުމަތަކީ އަސާސީ ކަމެއް ވިއަސް.
ބްރޯ1
30 June 2022
އެތަނަށް އަންނާނީ އެފޯޑް ކުރެވޭމީހުން. ހުޅުމާލެ ހޮސްޕިޓަލް އެބަހުރި ތިމީހާ ބޭނުންނަމަ ދައްކަން. ހަމަ ހުރިހާ ހަރަދެއް ނުޖެހޭ ސަރުކާރުން ދޭކަށްވެސް. އަދިނުވީތާކަށް ޖެހޭ ކްލިނިކް ތަކަށްވެސް ހިލޭ ދެއްކެން. އަޖައިބެއް. ކަމެއް ކުރިޔަސް ކުރާމީހާ ކުށްވެރިކުރާވިސްނުން.
ނާދިޔާ.
30 June 2022
ތިޔަ ފުލެޓް ތަކަކީވެސް ބޮޑު މާފިޔާ އެއް. ކ.އަތޮޅު މާލޭ މީހުން އޮޅުވާލައިގެން މަކަރާއި ހީލަތް ހަދައިގެން ފުލެޓްތައް ހޯދާފައި ތިތަންތަން ތުހުރޫ ޤަވާއިދާއި ޙިލާފަށް އެހެން މީސްމީހުނަށް ކުއްޔަށްދީފައި. މިއަށްވުރެން ވަކި ބޮޑު މާފިއާ އެއްކޮބާ.
ސައިންޓިސްތު
29 June 2022
އާން ތިތަންތަނަށް ހޮސްޕިޓަލްތަކާ ހުރިހާ އެއްޗެއް އަޅާ..ދެން މާލޭ ރައްޔިތުންނަށް އެކަނި ގޯތިދީ..ރާއްޖޭގެ އެހެން އެއްވެސް ރަށަކު ތަނެއް ހަދާނެ ކަމެއްނެތް..
މުޤައްދަސް ރަށްކޮޅު.
30 June 2022
ސައިންޓިސްތު ތިބުނީ މާލޭ ސަރުކާރުގެ އެއްރަށް ދައުލަތް ސިޔާސަތު އޮތްގޮތުގެ ވާހަކަ.
ސޮލިއުޝަން
29 June 2022
ކީއްކުރަން ދެހޮސްޕިޓަލް އަޅަންވީ؟ ބޮޑު އެއްތަން އެޅީމަ ޚިދުމަތް ފުޅާކޮށް ހިންގުމުގއ ހަރަދު ކުޑަކުރެވޭނެ. އަދި އެއްތާކުން ހުރިހައި ޚިދުމަތެއް ދިނުމުގެ ފުރުސަތު ބޮޑުވާނެ.
މުޖޭޝް
29 June 2022
ހުޅުމާލޭ ފޭސް އެކެއްގައި ހަދާފައިވާ ހޮސްޕިޓަލުން ދޭ ހިދްމަތް ރަގަޅުކުރިއްޔާ މާތާހިރު. އެއްވެސް އިތުރު ކަމެއް ކުރާނެކަމެއްނެތް.
ބެއްޔާބެގެ ދަަރި
29 June 2022
އަޅެ މިހާރު ވެސް މި އުޅެނީ ބިން ނެތިގެން. ސެކަންޑް ފޭސް ވެސް ދާދި އަވަހަށް ފުރޭނެ. ދެން އެކި ތަންތަނުގައި ގިނަ މިސްކިތްތަކާއި ހޮސްޕިޓަލްތައް އެޅުމުގެ ބަދަލުގައި އެ އަޅާ ބިމެއްގައި ބޮޑު ތަނެއް އެޅީމާ ނިމުނީނު. މާ ދުރުގައި ހުރި ތަންތަނެއް ނޫން ވިއްޔަ. ސައިކަލްގައި 5 މިނިޓުން ނުދެވޭ ހިސާބެއް ހުޅުމާލޭގައި ނުހުންނާނެ.
މަޖީ.
30 June 2022
މާލޭ ގޮލާމެންނަކީ ވަރަށް ބޮޑާ ތިމާމެންވަރު އިއްޒަތްތެރި ބައެއް ނެތްކަމަށް ހެދިގެން އުލޭ ބައެއް.