ޖަމީލް (ކ) އަދި ހަސަން: ގޭގެ މިލްކުވެރިކަން ބަދަލުކުރަން ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި.
31 ޑިސެމްބަރ 2016 - 11:53
ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދުގެ ނަމުގައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗެއްގެ މައްސަލާގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ދައުވާ ކުރެއްވި ނަމަވެސް ޖަމީލްގެ ހައްގަކަށް އަރައިގެންފައި ނުވާނެ ކަމަށް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ހަސަންގެ ނަމުގައި އޮތް ގޯތީގެ ރަޖިސްޓްރީ ހަސަނާއި ޖަމީލްގެ ނަމަށް ބަދަލު ކުރުމަށް ކޯޓަށް ހުށަހެޅުމާ ގުޅިގެން މީޑިއާ އިން ފެތުރި ޚަބަރަށް ފަހު ހަސަން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދައުވާގައި ބުނާ ގޯތި ހަސަންގެ ނަމުގައި ރަޖިސްޓްރީކޮށްފައި ވަނީ ޖަމީލުގެ އާއިލީ މެންބަރެއްގެ ނަމުގައި ގަނެފައިވާ އެ ގޯއްޗަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި، އެއްބަސްވުން ބާތިލްކޮށް އެގޯތި އަނބުރާ ނެގުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ގޯއްޗަށް ފައިސާ ދެއްކުމަށް ޖަމީލް އެދިވަޑައިގަތުމުން 2012 ވަނަ އަހަރު އެކަން އެގޮތަށް ކުރުމުން ކަމަށެވެ.
"އެހިސާބަށް ނުދެއްކި ހުރި އެންމެހާ ފައިސާ އާއި އިތުރަށް ދައްކަން ޖެހޭ އެންމެހާ ފައިސާ އަޅުގަނޑުމެން ދެ މީހުން ހިއްސާވި ރާއްޖެ ޗެމްބަރސް އިންނާއި އަދި އަޅުގަނޑު ދެއްކީމެވެ. ބިމުގައި 10 ބުރީގެ ފައުންޑޭޝަނެއް އަޅާ 4 ބުރީގެ އިމާރާތެއްގެ އެންމެހާ މަސައްކަތް ކުރުވާ އެކަމަށް ކުރަން ޖެހެނު ޚަރަދުގެ ވަރަށް ބޮޑު ބައެއްމެ ކުރީ އަޅުގަނޑެވެ." ޖަމީލްގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ވަރަށް ކުރިންސުރެ އުޅުއްވަމުންގެން ގެންދެވި ހަސަންގެ ބަޔާނުގައިވެ އެވެ.
ގޯތީގެ ރަޖިސްޓްރީ ރާއްޖެ ޗެމްބާސް އަށް ބަދަލުކުރަން ހުށަހެޅުއްވި ކަމަށާއި އެކަމަކު ގާނޫނީ ޝަހުސެއްގެ މައްޗަށް ކަމާ ބެހޭ އިދާރާތަކުން އެ ގޯތި ރަޖިސްޓްރީކޮށް ނުދިން ކަމަށާއި ރަޖިސްޓްރީ ކުރެވޭނީ ވަކި ފަރާތެއްގެ މައްޗަށް ކަމަށް އެންގި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ. ހަސަންގެ ނަމުގައި ގޯތީގެ ރަޖިސްޓްރީ އޮތީ އެ ސަބަބާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ ގޯތީގައި ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ޖަމީލް ވެސް ހިމަނަން ނިންމައި ހަސަންގެ ފަރާތުން ޖަމީލަށް ޕަވަ އޮފް އެޓާނީ ވެސް ދެއްވި ކަމަށެވެ. އަދި ބިމުގެ މިލްކުވެރިކަން ހަމަހަމަ އުސޫލުން ބަދަލުވަންދެން ވެސް ތަނުގެ ފުރިހަމަ މަންފާ ހާސިލްކުރެވޭނެ ގޮތް ޖަމީލަށް ހަމަޖައްސައިދީފައި ވާނެ ކަމަށާއި އެގޮތުން ތަނުގެ ދެބައި ކުޅަ އެއްބައިގައި ގެސްޓްހައުސްއެއް ހަދައި ޖަމީލްގެ އާއިލީ ބޭފުޅުން މިހާރު ގެންދަވަނީ ގެސްޓްހައުސް ހިންގަވަމުން ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިމުގެ ހަމަހަމަ ހިއްސާދާރެއްގެ ގޮތުގައި ޖަމީލު ހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން ނުވަތަ އެ މަސައްކަތް ކުރިއަށް ގެންދާއިރު ތަނުގެ މުޅި އިމާރާތާއި ގޯތީގެ މެއިންޓަނަންސާއި އިންޝުއަރެންސްގެ ކަންކަން ދުރާލާ ހަމަޖެއްސުމުގެ މުހިންމުކަން ޖަމީލަށް ދަންނަވާފައިވާނެ ކަމަށެވެ.
"...ބިމާއި ތަނުގައި ކުރެވިފައިވާ ޢިމާރާތަށް ޖުމްލަ ހިނގި ޚަރަދާއި އެ ޚަރަދުކުރި ފަރާތްތަކާއި އެއްފަރާތުން އަނެއް ފަރާތަށް ދޭން ޖެހޭ ފައިސާއެއް ވާ ނަމަ އެކަންކަން ދުރާލާ ނިންމުމުގެ މުހިންމު ކަން އަޅުގަނޑު ވަނީ، ޑރ. މުހައްމަދު ޖަމީލު އަޙްމަދުގެ އާއިލީ ބޭފުޅުން މެދުވެރިކޮށް އެފަރާތަށް ދަންނަވާފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާ ނުއުޅުއްވާ އެއްބަސްވުމާ ޚިލާފުވިކަމަށް ބުނެ އަޅުގަނޑު މައްޗަށް ދަޢުވާ އުފުލުމުން ވަރަށް ބޮޑަށް ހައިރާންވި އެވެ،" ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ނެރުއްވި ބަޔާނުގައި ހަސަން ވިދާޅުވި އެވެ.
ބަޔާން ނިންމަވާލައްވަމުން، އޭނާ ވިދާޅުވީ، މީހެއްގެ މުދަލަކަށް ވެރިވެ ހައްގަކަށް އަރައިގަތުމަކީ ދުވަހަކު ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަމީލް ހުށަހެޅުއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުގައި ހޯމަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ހަސަން އާއި ޖަމީލާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުމަށް ފަހު ރާއްޖެ ޗެމްބާސް ވެސް މިހާރު ވަނީ އުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހުމަތު
02 January 2017
ޑރ. ޙަސަން ސަޢީދަކީ ތެދުވެރި އިޚުލާސްތެރި އަދި އަޚުލާގް ރަގަޅު ބޭފުޅެއް
ަޢާދަން އަލީ
02 January 2017
ކަމެއް ދިމާވީމަ އެކަމާ ބެހޭގޮތުން ބައެއް މީހުންނަށް އެނގޭނީ ހަޑިހުތުރުބަހުން އެއްޗެހިގޮވަން. އެކަމުން އިބުރަތެއް ލިބިގަންނަން އުޅޭބަޔަކު ވަރަށް މަދު. މިތަނުގަ ކޮމެންޓް ކޮށްފަ ހުރި މީހުންގެ ތެރެއިން ގިނަމީހުންގެ ކޮމެންޓުތައް ހުރީ އެގޮތައް. ފައިސާއާއި މުދަލުގެ މުއާމަލާތްކުރަންޖެހޭ ހިސާބުން ކުޑައިރުއްސުރެ އޮންނަ ގާތްކަމަށް ބަދަލު އަތުވެދާނެކަން އެނގޭ ފުރިހަމަ ނަމޫނާއެއް މިއީ. އެކަކުއަނެކަކު ކާރިން މަޝްވަރާ ނުކޮށް ދިރިއުޅުމުގެ އެއްވެސް ކަމެއް ނުނިންމާ ދެމީހުން މިއަދު މިއޮތީ މުދަލުގެ މައްސަލައެއްގަ ކޯޓައް ދާންޖެހިފަ.
ހަޑިގިއްލާ
01 January 2017
ޑރ.ޖަމީލްގެ ދައުވާ ޑރ.ހަސަންގެ އަމިއްލަ އިޢުތިރާފުން ސާބިތުވީއެވެ. ދަައުވާގައިބުނާ ގޯއްޗަކީ ހަސަނުގެ އެކަނިގޯއްޗެއް ނޫންކަމުން ދެބޭފުޅުންގެ ނަމަށް އެގީތީގެ ރަޖިސްޓްރީ ބަދަލުކުރަންޖެހެއެވެ. ބަދަލުކުރުމުގެ ކުރިން ޑރ.ހަސަން އެވިދާޅުވާ 'ދުރާލާ' ކުރަންހުރިކަމާ ހިޔާލުތަފާތުވީތާއެވެ. އެހެންވެ ޑރ.ޖަމީލު ކޯޓަށްވަޑައިގަތުމަކީ އެންމެ އިންސާފުވެރިވެސް ގޮތެވެ. ރަޖިސްޓްރީ އޮތްބޭފުޅާއަށް މިކަންދިގުލައިދިއުން އޭ ރިސްކެއް އޮތްކަމަކަށްނުވާތީ ހިމޭނުން ހުނަނަވަނީ ކަމަށް ވެދާނެއެވެ. މިމައްސަލާގައި އެއްވެސް ބޭފުޅަކު 'ބޭޒާރު' ވީކަމަކަށް ބެލެވޭކަށް ނެތެވެ.
ސަރުކާނު
01 January 2017
ޖަމީލާ މެދު ހީކުރިގޮތާ މުޅިން ޚިލާފް. އެހެންވީމާ ރައީސް ޔާމިން އެ ވިދާޅުވި ބަހުގައިވެސް ހަޤީޤަތެއް އެބައޮތްހެން ހީވަނީ. ބާރާ އާރާ ފައިސާ މާ ބޮޑަށް ބޭނުންވާހެން ހީވަނީ ޖަމީލު.
މޫސާ އަބުދުﷲ
01 January 2017
އެދޭނަމަ ލޯބި ވާނީވެސް ހިތައްކުޅަދާނަ މިންވަރަކަށް. އަދާވާތް ތެރިވިޔަސް ވާނީ ހިތައްކުޅަދާނަމިންވަރަކަށް. ----- ނިދާފައި މިތިބެނީ މަރުވީމައޭ ކިރިޔާ އެ ހޭލެވެނީ.. ނިދާނެ އެދެއް ވިދާހެދުމެއް ނުގެންދެވެޔޭ އެ ދާތަނަކަށް..
ބަންޑާރަ
01 January 2017
ނާދިރު ލޯހުޅުވާބަލަ ގޯތި ލިބުނު ގޮތުގެ ވާހަކަ ލިޔެފަ އޮތް ތަން ނުފެނޭތަ؟ ހަމަ ނިދިނައިސްގެން ކޮމެންޓެއް ކޮއްލާހިތުން ކޮމެއްޓެއް ކޮއްލީ ދޯ!
ނާދިރު
01 January 2017
އިހަށް ދުވަހު ސަލަފިއްޔާގައި އެއްރޫމެއްގައި އުޅުނު ދެމީހުންނަށް ފައިސާއާ ދުނިޔެ ފެނުނީތާ!؟ ދެން އަނެއްކާ ކިހިނެއް ލިބުނު ގޯއްޗެއްބާ؟!
ހާނިމް
01 January 2017
މިހާރު ބަލަންވީ ގިނަ ރައްޔަތުންގެ ކުރިމަތީގައި އަގުވެއްޓުނީ ކާކުގެތޯ. ސްޓަންޓެއް ހެދިނަމަ އޭތި ކާމިޔަބުވިތޯ ނުވަތަ ފޭލްވިތޯ....
އެކުވެރިޔާ
31 December 2016
ނޫސް ބަޔާން ނެރެން ވަރަށް ކުޅަދާނަ ބޭފުޅެއް ޑރ. ޙަސަނަކީ.
ރައްޔިތުމީހާ
01 January 2017
ނޫސްބަޔާން ވެސް ނެރެވޭނީ އުރައްޕަތެއް ހުރެގެން ދެއްތޯ އެކުވެރިޔާ އަކަށް އެވަރުވެސް ނުވާނެ ދޯ
ހޯގޮޅާ
31 December 2016
އޭރުގަ ޑ.ހަސަން ވެރިކަމަށް އިންތިހާބު ކުރިނަމަ ރާއްޖެ މިއަދު އޮންނާނީ ހަމަޖެހުމެއްގެ ތެރޭގަ...