މޫސުން ވަރަށް ބޮޑަށް ގޯސްވެ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އުދަ އަރާނެ ކަމަށް މެޓުން ލަފާކުރޭ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 ޖުލައި 2022 - 14:23
ހއ. އާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިއަދު އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އެ ސަރަހައްދަށް މިހާރު ވަނީ މެންދުރު ފަހު 2:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓުން ލަފާކުރާ ގޮތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެ އެވެ.
Alert for swell surges pic.twitter.com/wcfXhtfcBU
— Maldives Meteorology (@MetMaldives) July 3, 2022
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު ފާއިތުވި ދެ ދުވަހު ވެސް ވަނީ ރާއްޖޭގެ އެތައް ރަށަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ވެފަ އެވެ. ބައެއް ރަށްރަށަށް އާދަޔާ ހިލާފަށް ބޮޑަށް އުދަ އެރި އެވެ.
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން 11 އަތޮޅެއްގެ 35 ރަށަކަށް އުދަ އަރައިގެން ރިޕޯޓްކުރި އެވެ. އޭގެ ތެރޭގައި 451 ގެއަކަށް އެކި ކަހަލަ ގެއްލުންތައް ލިބިގެން ވެސް ރިޕޯޓްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވާލު
03 July 2022
ރިސޯޓުތަކަށް އުދަ މީ ނާރާ އެއްޗެއްތޯ؟؟؟
މައްކާރު
03 July 2022
ހއ އިން ތ އަށް އެލާޓް ނެރުނު އިރު ކ.އަތޮޅު މާލެ އަށްވެސް ނެރެފައިތޯ އޮތީ؟ މިހެން މިބުނީ ވަރަށް ގިނަ ފަހަރަށް ރާއްޖޭގެ އެހެން ރަށްރަށާއި މާލެއާއި ވަކިކޮށް ކަންކަމުގެ ވާހަކަ ދައްކާތީ.
ތިނޯސް0
03 July 2022
ކޮންމެ ކަމެއް ވިޔަސް މާލެ، މާލެ ކިޔާތި. މާލެޔަށް ނަފުރަތުކޮށްފަ އެހެން ކަމެއް ކުރަން ވަގުތު ވޭތޯ؟