ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ބަޔަކާ ހަވާލުކުރުމަށް މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
03 ޖުލައި 2022 - 19:02
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތް ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިލަންދޫގައި ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) July 3, 2022
45،998،170.00 ރުފިޔާ އަށް މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށް. pic.twitter.com/NkfALLBNrU
ދައުލަތުގެ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން 46 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ހަވާލުކުރީ ނުވަ މަސްދުވަހުގެ (270 ދުވަސް) ތެރޭގައި ނިންމާ ގޮތަށެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެ ކަމަށެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށެވެ.
އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހަދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ކޮއި ހަކުރާގެ
05 July 2022
އަޅެ ފަހެ.މި ހަކުރާގޭ ކުދިން ކޮޅު ބޮލާ ފޮށާ އެޅިގެންތަ މިއުޅެނީ.ސަރުކާރުން ސޮއި ކުރާ ކޮންމެ އެގްރީމެންޓެއްގެ ފޮޓޯއަށް ހަކުރާގޭ ކުދިން އަރަންވޭތަ؟ އަރުވަންޖެހޭތަ؟މި ކަންކަމަށް ޚަރަދު ކުރަނީ ރައްޔިތުން ދައްކާ ޓެކްސްފައިސާ.މިވެރިންގެ ޖީބަކުން ލޯ ލާރިއެއްވެސް ޚަރަދެއް ނުކުރޭ.ނުވިތާކަށް ހިންގަނީ ކަރަޕްޝަން.ދެން މިވެރިން ތަނަކުން މީހަކު ސޮއި ކުރާއިރަށް ފޮޓޯއަށް އަރާފަ.މި ފޮޓޯގަ އެގްރިމެންޓު ހޮފައިގެންވެސް ހުންނަން މިޖެހުނީ އެއިން ކުއްޖަކަށް.
އެމްސް
04 July 2022
ޢާއްމު ވިޔަފާރި ތެރެއަށް ސަރުކާރުން ނުވަދެ، ދެކޮޅުޖެހޭ އާމްދަނީގެ ފުރުސަތު ދިވެހިންނަށް ދިނުމަށް ކުންފުނިތަކަށް ބާރު އަޅަންވީ ނޫންތޯ؟ މިހާރު އެފުރުސަތު ބޮޑަށް އޮންނަނީ ލަންކާ/އިންޑިއާ މީހުނަށް! ސަރުކާރު ކުންފުނިތަކުގަ ބިދޭސީން އެއްގޮތަކަށްވެސް ނުގެންގުޅެވޭނެ ކަމަށް ޤާނޫނެއްވެސް ފާސްކުރަންވީ! ކޮވިޑް/ލޮކްޑައުންގަ ހުރިހާ ބޯކޮށާ ތަންތަން ބަންދުވެގެންވެސް އެއްވެސް ފިރިހެނެއްގެ އިސްތަށިގަނޑު ކަކުލާއި ހިސާބަށް ދިގުނުވި ނުވުމުން ޢިބްރަތް ހޯދަމާ!
ތިނޯސް0
04 July 2022
މާލޭ މީހުންނަށް ލިބޭ ގޮތަށް ތޯ އޮތީ، އެންމެންގެ ޓެކްސް ފައިސާ އަދި އެންމެންގެ ދަރަނީގަ ތޯ؟ ހާދަ ކޮމެންޓެއް ނެތޭ.
ާސދ me know 12234
03 July 2022
މާލެ މީހަކަށް ލެވޭނެބާ!! ?
ރަދީފްއޮފިޝަލް
04 July 2022
''ފިތުނަ ބައްތެލި'' ދުއްވަން އުޅުން އެއީ ދެރަކަމެއް.ސުލްހަ ނުވަތަ އެކުވެރިކަމުގެ ބައްތެލި ނުވަތ ލޯންޗެއް ދުއްވަން އުޅެބަލަ.ލަދު ކޮބާ؟
ދެފުށްކެހެރި
04 July 2022
ރަދީފްއޮފިޝަލް ވަރަށް ފެނޭ މާލޭ މީހުންނޭ ކިޔައިގެން ފިތުނަ ކޮމެންޓްތައް ކޮށްފަ ހުންނަތަން. ވައިބަރގަ ވެސް ތިބޭފުޅާގެ ފިތުނަ ކޮމެންޓުތަކުގެ ސްކްރީންޝޮޓުތައް މީހުން ދައުރު ކުރޭ. އެގޮތް އޯކޭ ތޯ؟
ހިބިރިންބެއްޔާގެ ކުޑަސޮރު
03 July 2022
ކޮންމެރަށެއްގާ ފުލެޓު، ބަނދަރު، ކުއްލިއްޔާ، ހޮސްޕިޓާ ކިހިނެއް އަޅާނީ؟ ހައްލަކީ ޖަޒީރާނިޒާމުގެ ބަދަލުގާ އެއްފަސްނިޒާމު.