އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކުން ގްލެންއީގަލްސް ގްލޯބަލްގެ ހޮސްޕިޓަލްގެ އެހީ ހޯދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ.-- ފޮޓޯ: އައިޖީއެމްއެޗް
05 ޖުލައި 2022 - 15:49
އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކުން ގްލެންއީގަލްސް ގްލޯބަލްގެ ހޮސްޕިޓަލްގެ އެހީ ހޯދައި ހޮސްޕިޓަލް ތަރައްގީކުރަން މިއަދު ސޮއިކޮށްފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވަޝިޕާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެ އިތުރުން އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒުތައް ގާއިމްކޮށްފައިވާ ގްލެންއީގަލް ޗެއިންގައި އައިޖީއެމްއެޗަށް ތަފާތު އެކި ދާއިރާތަކުން އޮބްޒާވަޝިޕް ހެދުމުގެ ފުރުސަތު ވެސް ދޭނެ އެވެ. ހާއްސަކޮށް، ގޭސްޓްރޮސައިންސާއި ނިއުރޯސާޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އެހީތެރިކަން ދޭނެ އެވެ. އެކަން ކުރިއަށްގެންދާނީ ވޯލްޑިވްސް ކުންފުންޏާ ގުޅިގެންނެވެ.
Signing ceremony of MOU towards capacity building at IGMH with Gleneagles Global Health City in collaboration with @WaldivesLtd pic.twitter.com/6arq7ijWVz
— IGMH (@igmhmv) July 5, 2022
ބަލި މީހުން ބެލުމާއި ސާޖަރީކުރަން ފެށުމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް އެ އެމްއޯޔޫގެ ދަށުން ހަމަޖެހިގެންދާނެ އެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލަކީ އައިއެޗްއެޗް ހެލްތުކެއާގެ ދަށުން ހިންގާ ހޮސްޕިޓަލްތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގްރޫޕްގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ހިންގަ އެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދޭ ހޮސްޕިޓަލްތަކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބަރު
05 July 2022
އޮބްޒާވާޝިޕްގަ ހަމަ އެކަނި ބަލަން ތިބެން ޖެހޭނީ...
ހިތަދު 2
05 July 2022
އެހީގެ ނަމުގަ ބޭރު ކުންފުނިތަކަށް އައުޓްސޯސް ކުރުން ހުއްޓާލާ. ލޯން ނަގައިގެން ބްރިޖް އެޅެންޔާ އެހެން ކަންކަން ވެސް ކުރެވޭނެ. މިމީހުން އަދި އުޅެފި ގައުމުގެ އެއާޕޯޓްވެސް ވިއްކާލަން. މިމީހުން ކުފޫ ހަމަނުވޭ ވެރިކަމުން ބާލަން ޖެހޭ،
ާއަސްތަ
05 July 2022
ހިތަދޫއަކީ މިވެރިކަންގެންނަން އެންމެ ފޯރިއެރުވިކުދިން އޯކޭ! ބީ ލޯޔަލް!
ކޮރަލް
05 July 2022
އިންޑިޔާ ބައެކެވެ.
ބަލާ
05 July 2022
އިންޑިޔާ ވީމަ މައްސަލައަކީ ކޮބައިބާ!
ކޮރަލްމެން
07 July 2022
ކޮރަލްމެންނަށް ތިވާގޮތަކީ އިންޑިޔާއާއި ޖައްސާލިގޮތަށް އެކަމުންނޭރި ތާށިވެގެން، ކޮންމެކަމެއްގަވެސް ތިބެލެނީ އިންޑިޔާއާއި ކިހާވަރެއްގެ ގުޅުމެއް އޮތްތޯއެވެ. ޢެވަރިހަމަ ދުނިޔޭގެ އެންމެ ސިއްޚީ ދިރާސާތަކަށް ބަލައިގެން ހިންގާ ދުނިޔޭގެ އިހުތިރާމް ލިބިފައިވާ ސަރުކާރަކާއި ގުޅުމެއްނެތް އަމިއްލަ ކުންފުންޏަކަށް ވިޔަސް، ހަމަތިބެލެނީ ފޮޓޯއިން ފެންނަ އެކަކުގެ ހަމުގެ ކުލައަށާއި، އިންޑިޔާ ގެމުވައްޒަފުން އެކުންފުނީގަ ތިބޭތޯއެވެ. ނަސްލީ ތަފާތުވެވޭނީ ތިވަރަށްދޯ.