އެމްއޭސީއެލް އާއި އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
05 ޖުލައި 2022 - 19:43
ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހޭ ކަމަށާއި އެ ޑިމާންޑާ އެއްވަރަށް ތެޔޮ ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އަށް ފަސޭހަ ކަމެއް ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، އެ ޑިމާންޑް އުފެދުނީ ލަންކާގެ އެއާޕޯޓްތަކުން ފްލައިޓްތަކަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ.
"ސިލޯނުން ރިޓާން ހަދާ ގާތްގަނޑަކަށް ހުރިހާ ފްލައިޓަކުން މި އަންނަނީ މި ގައުމަށް ތެޔޮ ބަރުކުރަން. އިތުރަށް ވެސް ތެޔޮ] އެބަ އަޅާ. ޑިމާންޑް ވަރަށް ބޮޑަށް އިތުރު. އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އެއީ،" އޭނާ ވިދާޅުވި އެވެ.
ތޯހާ ވިދާޅުވީ، ލަންކާއިން ތެޔޮ ހޯދުމަށް ދަތިތައް ކުރިމަތި ވެފައިވާތީ، ލަންކާ އެއާޕޯޓުތަކަށް ޖައްސާ ގިނަ ފްލައިޓުތަކަކަށް ވެސް ތެޔޮ ފޯރުކޮށްދޭން ޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އުފެދިފައިވާ ބޮޑު ޑިމާންޑާ އެއްވަރަށް ފްލައިޓުތަކަށް ތެޔޮ ފޯރުކޮށްދީ، ހާލަތު މެނޭޖްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެ އަކީ ލަންކާ އާ އެންމެ ކައިރީގައި އޮތް ގައުމެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު މިއަދުގެ ޕްރެސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އޭނާ ވިދާޅުވީ، ރާއްޖެ އަށް އަންނަ ފްލައިޓުތަކަށް ތެޔޮ ނުލިބި، ނުފުރި ނުދާނެ ކަމަށާއި، ފުރަން ބޭނުންވާ ހުރިހާ ފްލައިޓަކަށް ވެސް ޖެޓްފިއުލް ލިބޭނެ ކަމަށެވެ. އެކަމަކު ލިމިޓެއް ނެތް ވަރަށް އެއްވެސް ފްލައިޓަކަށް ތެޔޮ ފޯރުކޮށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވީ، ތެޔޮ ލިމިޓް ކުރަން ޖެހުނީ، ބައެއް ފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖެޓްފިއުލް ގަންނާތީ ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ތިން މަސް ކުރިން ވެސް ކޮންމެވެސް ވަރަކަށް ތެޔޮ ކޮންޓްރޯލް ކޮށްގެން ވިއްކަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ފްލައިޓުތަކަކަށް އެފަހަރު ޖެޓްފިއުލް ވިއްކުން ކޮންޓްރޯލް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްއިން ތެޔޮ ކޮންޓްރޯލް ކޮށްގެން ވިއްކަން ފެށީ، ތެލުގެ ސްޓޮކް އައުން ޑިލޭވެގެންނެވެ. އެ މައްސަލަ ހައްލުވާނީ، ސްޓޮކް އައުމުން ކަމަށް އެމްއޭސީއެލް އިން އިއްޔެ ވަނީ ބުނެފަ އެވެ.
އެމްއޭސީއެލް އަށް ޖެޓްފިއުލް ފޯރުކޮށްދެނީ އެސްޓީއޯ މެދުވެރިކޮށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ވިދާޅުވީ، ތެލުގެ ސްޓޮކް އައުމުގައި ލަސްތަކެއް އުޅެނީ އޯޑަރަށް ވުރެ ގިނައިން ތެޔޮ ބޭނުންވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއް މަސް ކުރިން ތެލަށް އޯޑަރު ދޭން ޖެހޭ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ-- ފޮޓޯ: މިހާރު
"މިކަން މިހެންވީ ސްރީލަންކާ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން. އެހެންވީމަ ކޮލަމްބޯއިން އަންނަ ފްލައިޓުތައް ވެސް ދޫނުކޮށްލައި ތެޔޮ ފޯރުކޮށްދެން އެބަ،" އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ރަޝިއާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ފްލައިޓުތައް ޑައިވާޓްކުރަން ޖެހުމުން އެއާޕޯޓުގައި ފްލައިޓުތަކުގެ ބާރު ވަރަށް ބޮޑުވާ ކަމަށެވެ. އެހެންވެ، ތެޔޮ އެޅުމުގެ ޕްރޮސެސްގައި ވެސް ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ، ތެލުގެ ބަފާ ސްޓޮކެއް އަބަދުވެސް ހުންނަ ކަމަށާއި ސްޓޮކް އައުން ތިން ހަތަރު ދުވަސް، ލަސްވިޔަސް މައްސަލަ ދިމާ ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޕްޗެޑް
06 July 2022
އެމއޭސީއެލް އިން އެސްޓީއޯއަށް ބަރޯސަވާކަށް ނުޖެހޭ އެމްއޭ ސީއެލްއަކީ ކުރިން ވެސް އަމިއްލައިން ތެޔޮ ގެނަސް މާއަގު ހެޔޮކޮށް ވިއްކި ކުނަފުންޏެ އެސްޓީއޯ އިން މިފަހަރު އަލިމަސް ހުސްނުކުރެވިގެން އިތުރު ބޯޓެއް ގެނައުން ލަސްވީ 1111111111111
ބަކުންބޭ
06 July 2022
އެސްޓީއޯ އިން ތެޔޮ ގަނެފައި ލަންކާ އިން ޖެޓް ފިއުލް ލިބޭގޮތް ހަމަޖައްސައިފިނަމަ ރަގަޅު ފައިދާ އެއް ލިބޭނެ، އެއަރލަްިންސްތަކަށްވެސް ފަސޭހަވެ ފައިދާވާނެ، ޑިޕްލޮމެޓިކް އެރޭންޖްމަންޓެއް މިކަމަށް ބޭނުންކަމަށް ދެކެން
އަސްރަފް
06 July 2022
ގައުމެއް ނެތޭ ކުދިންނޭ ގައުމުގެ ދުވަސް ހިނގައްޖޭ
1206
06 July 2022
ލަންކާ މިހާލަތަށް ދިޔާ ދުވަހެއްގެ އިރާ ކޮޅަކުނޫ. ކަންކަން ނިންމަން ރާއްޖޭގައި ހަވާލުވެފައި ތިބި މީހުން ގަމާރީތަ؟ ނޫސްވެރިންނަށް ކީއްވެތަ ނުކެރެނީ ކުރަންޖެހޭ މުހިންމު ސުވާލު ކުރަން. ލަންކާ އެ ހާލަތު އެބަ އަންނަކަން އެނގޭ. ރާއްޖެއަށް އެކަމުގެ އަސަރު ކުރާނެކަން ކިރުތުނބުން ނުވީއްލޭ ތުއްތު ދަރިއަށްވެސް އެނގޭ. ކަންކަން ގޯހުންގޯހަށް، ހޯދާބަލައި ޚަބަރު ދޭ މީހުންނަށް، ރަނގަޅު ސުވާލު ކުރަންވެސް ނޭނގޭތީ.
ޢެޑްމުންޑޯ
06 July 2022
ބަލަ ތިލިބުނު ރަނުގެ ފުރުސަތުގެ ބޭނުންހިފާ ކުންފުނީގެ މުއްސަދިކަން 10 ގުނަ ކޮއްލަންވީނު ! މީކޮންކަހަލަ ގަމާރު ނާގާބިލު ބައެއްތަ !
އުދުހޭ
06 July 2022
ފުރުސަތު ލިބުނަސް އެ ފުރުސަތުގެ ބޭނުން ކުރަން ނޭންގޭ ގުނބޯތަކެއް ބޮޑެތި މަގާމުތަކަށްލާފަ ބޭތިއްބީމާ ވާނީ މިހެން. ޔާމީނު 5 އަހަރު ނިންމާފަ ދިޔައިރު ގައުމުން ދުވަހަކުވެސް ތެޔޮ ހުސްނުވޭ. މިވެރިކަމުގައި މިހާރު މީ 2 ވަނަ ފަހަރު. ކުރީފަހަރު އެއީ ގައިމުވެސް ލަންކާއިން ތެޔޮ ނުލިގިގެނެއްނޫން. ހިސާބަށްވުރެ ދޯހަޅީ.
ކީކެތޯ
06 July 2022
ޔާމީނު މި ޤައުމުގާ ވެރިކަންކުރީ، މީގެން ޒަމާނެއްގާވެސް ދުނިޔެ ނުދެކޭފަދަ އިޤްތިސާދީގޮތުން ފަހި ދުވަސްވަރެއްގާ، އެއްވެސް ކަހަލަ ދަތިކަމެއް އެއްވެސް ކަމެއްގާނެތް، ބޭންކްތަކުންނާ މުއްސަދިން ލާރިއަށް ހަދާނެގޮތް ނެތިގެން އުޅުނީ، އެހެނަސް، 2019އިން ފެށިގެން ދުނިޔެ މިއުޅެނީ، މީގެން ޒަމާނެއްގާވެސް ނުދެކޭފަދަ ދަތިކަމުގާ، ކަލޭމެންގެ ސިކުޑީގަ ކަމެއް ނެތަސް، ޤައުމުގެ ވެރިން ކަލޭމެނާ ހަމައަށް އެފަދަ ކަންކަމުގެ އަސަރު ކުރިޔަނުދިން، ޤަމާރަސް ބޮޑުވަރު.
ޝޮކްތެރަޕީ
06 July 2022
އެހެންވެ މީގެ ފައިދާނަގަންވީނުން
އާރީ
06 July 2022
ޔާމިނު ހޯދި ތެޔޮވަޅުކޮބާ?
ކޮރަލް
05 July 2022
ބޭރުގެ މަސްރަހު ބަލާ ތައްޔާރު ނުވެވެނީ އެވެ .
48343
05 July 2022
ފުރުސަތުގެ ބޭނުންކޮށްގެން ނިކަންރަނގަޅަށް ގައުމު ހިންގާލަބަލަ.