ޚަބަރު / ފުލުހުން

އަލަމްގީރް އާއި ކާނަލް ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި

ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު-- މިހާރު ފައިލް ފޮޓޯ

ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރް އާއި އޭނާއާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އެނގިފައިވާ ގޮތުގައި ނަޝީދާއި އަލަމްގިރިގެ ޕާސްޕޯޓު ހިފެހެއްޓީ، އެ ދެ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމަށް ފަހުގަ އެވެ. އެކަމުގެ ތަހުގީގަށް ބިދޭސީ ފިރިހެން މީހާ މީގެ ކުރިން ފުލުހަށް ވެސް ހާޒިރުކުރި އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.

އެއް ޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކްކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފްތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި މި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށްވެ އެވެ. ނަމަވެސް މި ވީޑިއޯތައް ފަހުން މި އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.

ދައުރުވަމުންދާ ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ބިދޭސީއަކާ އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތުކުރާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)ގެ ބަރަހަނާ ފޮޓޯއެއް ހިމެނެ އެވެ. އަދި އަލަމްގިރިއާއެކު ނަޝީދު ކޮޓަރިއެއްގެ ތެރޭގައި ހުންނަވާ ވީޑިއޯ ވެސް ލީކްވެފައިވެ އެވެ.

54 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 13%
icon angry icon angry 26%
icon wow icon wow 9%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޗީ

06 July 2022

އަހަރުމެން ކުޑައިރު އަހަނީ އަލީބާބާ އާއި ސާޅިސް ވަގުން ގެ ވާހަކަ ... މިހާރު މިއިވެނީ އަލަމްގިރީ އާއި އޭނާގެ ސާޅީސް ފިރިހެން ލޯބި ވެރިންގެ ވާހަކަ ...

The name is already taken The name is available. Register?

އެހެންވީމަ

06 July 2022

އެމީހުން ހިފެހެއްޓޭނެ ދުވަހެއް އަދި ނޭނގޭ. އަދި ކިރިޔާ ޕާސްޕޯޓް އެ ހިފެހެއްޓުނީ.

The name is already taken The name is available. Register?

ޙިނި

06 July 2022

އެބުނާ ވީޑިޔޯތަކުން ފެންނަ 40 މީހުން ހިފާހައްޔަރުކޮއް ޝަރީއަތް ކޮއްބަލަ، އަދިވެސް އަލަމްގީރާ އެ 40 މީހުން ދިވެހި ޅަދަރިން ހަލާކުރަން މުޖުތަމާ ތެރެއަ ދޫކޮލާފަތިބީ ކޮން އުސޫލަކުނަބާ

The name is already taken The name is available. Register?

ޣޮތް

06 July 2022

މިހާރު މި އެނގެނީ ކުރީގަ ދަރުމަވަންތަ ސުކޫލް ތެރޭ ކާނަލްއޭ ކިޔަގެން ދެކެވޭ ވާހަކަތަކުގެ އަސްލު..

The name is already taken The name is available. Register?

ކުރުކޮށް

06 July 2022

ލަދު ހީވަނީ މިހާރުބާ؟

The name is already taken The name is available. Register?

8887

06 July 2022

ނަޝީދު ބުނުއްވަނީ މި ރޯޅިގަނޑުގެ އަޑު ކެޑެންދެން މަޑުކޮއްލަން ޖެހޭނެ ކަމަށް.

The name is already taken The name is available. Register?

މުޖުތާޒު

06 July 2022

މިހާރު އެދަނީ ރަގަޅަށް ތިމީހުން ހިފާހައްޔަރުކުރަންވީ އަދީ ހައްގު އަދަބު ދޭންވީ މިގައުމު ލިވާތުކުރުމާ ޒިނޭކުރުމާ އެބާވަތުގެ ފާހިޝްއަމަލުތަކުން ސަލާމަތްކުރަންޖެހޭނެ މިފުރުސަތުގަ ފުލުހުންނާ އެމްއެންޑީއެފްއަށް ގޮވާލަން ނާޒިމްއަބުދުއްސައްތާރާ ކާނަލް ނާޒިމާ އަދުން ހުސެއިނުއާ އަލްމަގިރީ ބަނއދުގަ ބައިތިއްބައިގެން މަސްއަލަ ބަލާ އެމީހުންނަށް ގާނޫނުގަކަޑައަޅާފައިވާ ހައްގު އަދަބުދޭން

The name is already taken The name is available. Register?

ކޮލަމާފުށީ

06 July 2022

ކާނަލް ނާޒިމުގެ ނަން މިތާ އެއޮތީ އޮޅިގެންކަމަށް ބެލެވެނީ. ރަނގަޅުގޮތްކަމަށް ފެންނަނީ ކާނަލް ނަޝީދު. ޝުކުރިއްޔާ

The name is already taken The name is available. Register?

ބޮޑުމީހާ

06 July 2022

މީ އާދައިގެ ދިވެހި ރައްޔިތުންތަކެއް ހިންގި އަމަލެއް ނަމަ މިހާރު ހިފާހައްޔަރުކުރީސް. ނުވިތާކަށް ރައްޔިތުންވެސް ނުކުމެ އެ ބަޔަކު ހޯދާ ހަވަރަށްދޭނެ. ދެން ބޭފުޅުންވީމަ އެއްވެސް ބަޔަކަށް ކަމެއް ނުކުރެވިގެން މިއުޅެނީ..

The name is already taken The name is available. Register?

އިތާގިރި

06 July 2022

އެހާރާމިހާރުގެ ތަފާތު މިފެންނަނީ ބިޒިނަސްމީޓިންތައް ފަދަ ކަންކަމުގާ

The name is already taken The name is available. Register?

ޖަންގިޔާ

06 July 2022

ކުރިން ވެއްޖިިއްޔާ ޓިއުޝަން ދެނީ. ޕްރޮމޯޓް ވީ ދޯ

The name is already taken The name is available. Register?

އަލަމް ގިރު

06 July 2022

ބިޒިނެސް އިމްތިހާނު ބޭއްވީ ގުޅިގެން

The name is already taken The name is available. Register?

ޕްރިންސިޕަލް

06 July 2022

އިމްތިހާންގެ 1 ވަނަ ވަރަށް ފުރިހަމަ %100 އާއި އެކު ކާމިޔާބު ކުރެށްވީ ނާޒިމް. ކާނަލް އަަށް ލިބިވަޑައިގަތީ ޑީ ރިޕޯޓް އެކޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454