ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 400 މިލިއަން ވަނީ ލިބިފައި--ފޮޓޯ:މިހާރު
16 ޖުލައި 2022 - 15:27
އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 400 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އަދަދަށް ވުރެ ދެ ގުނަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނީ 200 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މި އަހަރު 760 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. މިދިޔަ ހަ މަހަށް ބަލާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އަށް، މި އަހަރު އަންދާޒާކުރި އާމްދަނީގެ ގޮތުގައި 50 ޕަސެންޓް ވަނީ ލިބިފަ އެވެ.
އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެފައި ވަނީ ރާއްޖެ އިން ބޭރުން ފުރާ މީހުންގެ އަތުން ނަގާ ފީ މި އަހަރުގެ ޖެނުއަރީން ފެށިގެން ބޮޑުކުރުމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ސާވިސް ޗާޖު ނެގުން ހުއްޓާލައި، ޑިޕާޗާ ޓެކްސް ވަނީ ނަގަން ފަށައިފި އެވެ.
މި ބަދަލާއެކު، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީންގެ އަތުން ނަގާ ޓެކްސް އިތުރުވާނެ އެވެ. އަދި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންގެ އަތުން އެ ޓެކްސް ނުނަގާނެ އެވެ.
- އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 30 ޑޮލަރު.
- ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 60 ޑޮލަރު.
- ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު.
- ޕްރައިވެޓް ޖެޓް: ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 120 ޑޮލަރު.
ގާނޫނަށް ގެނައި އިސްލާހުގައިވާ ބުނެފައިވާ ގޮތުގައި އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ދައުލަތަށް ދެއްކުމަކީ އެ އެއާލައިނެއްގެ ޒިންމާއެކެވެ. އެ ޓެކްސް ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދޫ
17 July 2022
ތިވެސް ޙަރަދުވާނީ ތިސިޔާސީ ބައިގަނޑަށް ބުޑުމުސާރަތައް ދޭން. ގައުމުތަރައްގީ ކުރަން ޚަރަދުކުރާތަނެއް ނުފެނޭ
ލިބުނީމަ
17 July 2022
ތިޔަ ލިބުނު އެއްޗެއްސަށް އެންމެފަހުން ވީ ގޮތެއް އެނގޭނެ ގޮތެއް އޮންނާނެބާ؟ މޮޅެތި ސުރުހީތައް ފެނޭ ބިލިއަނުން އެކި ދިމާލަށް ވަންނަ ވާހަކައިގެ. އެކަމު ގައުމުގެ ރިޒާވް ދަށްވެ ގައުމު ދަރަނީ.
ހަސަދު
17 July 2022
ދެން އެއާޕޯޓް ދެވެލޮޕް ވެއްޖެބާ!!!
ހަސަނުއޭ
17 July 2022
އަދިވެސް އެއާޕޯޓް ވިއްކާލާ!
ވާނުވާ.
17 July 2022
ކަލޭމެންގެ ލަދު ހަޔާތް ކޮބާތަ ތިހިސާބުތައް ދައްކާއިރު؟ އަދިވެސް ވާރޭވެހިއްޖެއްޔާ ތިތަން ހީވަނީ ފުރޭނިގަނޑެެއްހެން، ޑޮމެސްޓިކައް ހިނގާފަ ދާން އެއިންނަ މޮޅު ވޯކްވޭއުން ދާންޖެހެނީ ތެމި ފޯވެގެން، އެންމެ އާދައިގެ އަގުހެޔޮ ޓައިލްސް ޖަހާފަ ހުންނަނީ، ކިރިޔާ ކައްސާނުލާ އެތަނުން ހިނގެނީ....5އ ވީއިރުވެސް ކަލޭމެން ހަމަ ތިތަން ހަދާލަ ހަދާލާ..
އހ
17 July 2022
އަދިވެސް ބޯނަސް ނުދޭ 4 އަހަރުވަނީ. މިލިޔަނުން ފައިދާވޭ
ތިހުރިހާ
16 July 2022
ހެހެ، ތީގެން ގިނަލާރިއެބަ ނަގާ އެއާރލައިންތަކުން، ދިވެހިން އަތުން ނަގަން ނުޖެހޭލާރިވެސް ޓިކެޓުގައި ހިމަނައި އެ ރިފަންޑުކުރެވޭނޭ ކިޔައި އެއްވެސް ދިވެއްސަކު ބޭނުމެއް ނުވޭ ފޯމްފުރައިގެން އެ ރިފަންޑުހޯދާކަށް،
ބޮލޯ
16 July 2022
ޕްރައިވެޓް ޖެޓްގައި ދަތުރުކުރާނީ މަހުޖަނުން އެވެރިން އަތުން 120 ވީމާ މާ ބޮޑުތަނުން ކުޑަ
އޮނަރަބްލް އަފީފު ދީދީ
16 July 2022
ކ.އަތޮޅު މާލެ ނޫން ރަށެއް މާލެ ނޫން ސަރަޙައްދެއް ތަރައްޤީ ވުމަށް ހުރަސް އެޅޭގޮތަށް ވެރިކަމުގެ ބާރުގައިތިބި އެރަށުމީހުން ހަދާ ޤަވާއިދުތަކު ސަބަބުން މާލެ ނޫން ސަރަޙައްދެއް ތަރައްޤީވުމަށް އޮތީ ހުރަސް އެޅިފައި. # މިކަމުގައިވެސް މިމީހުން އަމަލު ކުރިގޮތަކީ ދައުލަތް ދަރަނިކޮށް 3 ބިލިޔަން ޑޮލަރު ނަގައިގެން ތަރައްޤީކުރި މާލޭ އެއަރޕޯޓެކޭ އެއްގޮތަށް ހަނިމާދުއާއި ގޭން އެއަރޕޯޓުންވެސް އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ފަދަ ޗާރޖެސް ނަގަނީ އެއްވަރަކަށް.
ވަހީދާ
16 July 2022
ތިލާރިންވެސް ތިތަން ނިއްމޭތޯ ބަލާބަލަ.