އޭޑީކޭ އިން އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާ އޮޕަރޭޝަނެއް ކުރަނީ--ފޮޓޯ: އޭޑީކޭ
16 ޖުލައި 2022 - 20:07
ލޭ ހޮޅިތައް ފުއްޕުމާއި ގަނޑުލުން ފަދަ މައްސަލަތައް ދިމާވުމުން އޯޕަން ސާޖަރީއަކަށް ނުގޮސް ހައްލު ކުރެވޭ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ކޮށްފި އެވެ.
ރާއްޖޭގައި އަބަދުވެސް ލޭ ހޮޅިތަކަށް ދިމާވާ މައްސަލަ ހައްލު ކުރަނީ ފަޅާލައިގެން ބޮޑު އޮޕަރޭޝަނެއް ކޮށްގެނެވެ. ނަމަވެސް އޭޑީކޭ އިން މިދިޔަ ބުދަ ދުވަހު ފުރިހަމަ ކޮށްފައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިގެ ނާރަކަށް ހޮޅިއެއް ލައްވައިގެން ކުރާ "އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާ" އޮޕަރޭޝަނެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އައްފާލް "މިހާރު" އަށް މިއަދު ވިދާޅުވީ ފަޅާލައިގެން ކުރާ ސާޖަރީތަކުގައި ބަލިމީހާ އަށް އޮންނަ ރިސްކު ވީހާ ވެސް ކުޑަ ކުރުމުގެ ގޮތުން އެ ނޫން ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދެވޭ ހިދުމަތްތައް އޭޑީކޭ އިން ތައާރަފު ކުރަމުން އަންނަ ކަމަށެވެ.
Alhamdhulillah.
— ADK Hospital (@ADKHospital) July 16, 2022
First EVAR (Endovascular aneurysm repair) in Maldives.
Another, new life-saving minimally-invasive cardio-vascular procedure made available in Maldives.#BringingTechnologyHome #ADK35 pic.twitter.com/boFqecGRuJ
އެންޑޯވެސްކިއުލާ އެނިއުރިޒަމް ރިޕެއާއަކީ އޭގެ އެއް ހަރުފަތް ކަމަށާއި ހިތް ނޫނަސް ހަށިގަނޑުގެ އެހެން ހިސާބުތަކުގައި ހުންނަ ބޮޑެތި ވެސަލްތަކަށް ދިމާވާ މައްސަލަތައް ވެސް ފަޅައި ނުލައި މިހާރު ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޭ ހޮޅި ފުފިގެން އެ ފަޅައިގެން ގޮސްފިއްޔާ ގައި ތެރެއަށް ލޭ ގޮސް ފޭޓަލް ކަންކަން ދިމާވާނެ. މި އޮޕަރޭޝަނުން އެ ގޮތަށް ހުންނަ މައްސަލަތައް ހައްލު ވެގެން ދާނެ އެހާ ބޮޑަށް ފަޅައި ނުލައި ފައިގެ ވެސަލްއެއް މެދުވެރިކޮށް،" އަފްއާލް ވިދާޅުވި އެވެ.
އެ އޮޕަރޭޝަންކުރީ އޭޑީކޭގެ ކާޑިއޯ ވެސްކިއުލާ އެންޑް ތޮރެކިކް ސާޖަރީ ޓީމުންނެވެ.
އޭޑީކޭގެ ކެތުލެބުން މިހާރު ވެސް އެންޖިއޮގްރަފީ އާއި ބެލޫނިން އާއި ސްޓެންޓިން ހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީނައީމް
18 July 2022
އެކި ވަށްތަރުގެ މޮޅެތި އޮޕަރޭޝަން ރާއްޖޭގައި ކުރިއަސް ގިނަ ދިވެހިން އަތުގަ ލާރި ނުހުރޭ އޭޑީކޭއިންް ޓެސްޓެއް ހެދޭވަރަށް ވެސް. ރާއްޖެތެރެއިން އަންނަ ގިނަ ބޭފުޅުން މަލޭގައި ބޮޑު ޚަަރަދުގައި ތަންތަން ހިފީމަ ލާރިކޮޅެެއް ނުހުރޭ ޑޮކްޓަރަށް ދެއްްކެނީ އައިޖީއެމްއެޗް އަށް. ސާޖަރީ ހަދަން ދަނީ އާސަންދަ ހޯދާއިގެން އިންޑިއާއަށް. އެއީ އޭޑީކޭ އާއި މާލޭގެ ކުލިއަށް ވުރެ އަގުހެޔޮ ވީމަ ނޫންތޯ؟
ދެނޯ
17 July 2022
މަރުހަބާ. އެކަމު ކާމިޔާބުނުވަނީ ކިތައް ޕަސެންޓް އޮޕަރޭޝަންބާ؟
ލެނޯ
18 July 2022
ޝިފާ ދެއްވަނީ ޑޮކްޓަރެއް ނޫން.
ބަލިމީހާ
17 July 2022
އައިޖީއެމްއެޗް ގަ އޮތީ އެންމެ އުސޫލެއް. ހުރިހާ ޑިޕާޓްމަންޓެއް އިންޑިއާގެ ހޮސްޕިޓަލްތަކަށް އައުޓްސޯސް ކޮއްފަ ބަލިމިހާ ޖެހެނީ ކަމެއް ވާއިރަށް ފުރައިގެން ދާން.
ހަސަނުއޭ
17 July 2022
އާން. އަގު މިލިއަނަކަށް ދޯ!
ޑޮކްޓަރު
17 July 2022
އައި.ޖީ. ޢެމް. ޢެމް.އެޗް އޮތީ ނިދާފައި. އެތަނުގައި ތިބި ކޮރަޕްޓް ވެރިން ބޭރު ނުކޮށް ނެތް ވާކަށް. ސަރުކާރުގެ މައި ހޮސްޕިޓަލް ހުރި ގޮތަށް ހުއްޓާ އަމިއްލަ ހޮސްޕިޓަލްތައް މިދަނީ މާ ކުރިއަރައިގެން.
އެއީ
17 July 2022
އިންޑިއާއިން ބޭނުންވާ ގޮތް.
ދުރުމި
16 July 2022
އޭ.ޑީ.ކޭ ހޮސްޕިޓަލް ގެ އަގުތައް ހުރީ އަތްފޯރާ ފަށަކުނޫން. އެހެންނަމަވެސް ސަރުކާރުން އެތަން ކުއްޔަށްދީފަ ހުންނަނީ ހިލެޔޭ ބުންޏަސް ދޮގސކަށް ނުވާނެ.
އެމްސް
16 July 2022
ރާއްޖޭގަ އެއްވެސް ކަމެއް ހުންނަނީ އަތްފޯރާ ފަށަކު ނޫން! ބޯހިޔާވަހިކަމަކީވެސް ފައިސާވެރިންގެ މިލްކެއް!
ތެދުބަސް111
16 July 2022
އަލަކަށް ނޫން ހެން ހީވަނީ. އައިޖީއެމް ހޮސްޕިޓަލް ގަ ތިކަން ކުރާތާ ކިތަންމެދުވަހެއް. އެންޖިއޯ ޕްލަސްޓީގެ ވާހަކަޔެއް ނޫންބާ ތީކީ…
ށަވިޔަނި
16 July 2022
ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއް. ތި އޮޕަރޭޝަންކުރި ހުރިހާ ޑޮކްޓަރުންނަށް މަރުހަބާ.